ފުރަތަމަ ތިން މަސް: ޒުހޫރު ވިދާޅުވީ އެފްއޭއެމް މަޑުމަޑުން ނަމަވެސް ކުރިއަށްދާ ކަމަށް

ފުރަތަމަ ތިން މަސް: ޒުހޫރު ވިދާޅުވީ އެފްއޭއެމް މަޑުމަޑުން ނަމަވެސް ކުރިއަށްދާ ކަމަށް

ފީފާ އިން އައްޔަންކުރި ނޯމަލައިޒިން ކޮމިޓީން އެފްއޭއެމްގެ ހިންގުމާ ހަވާލުވިތާ މި މަހުގެ 19 ވަނަ ދުވަހަށް ތިން މަސް ހަމަވެފައިވާއިރު، ނޯމަލައިޒިން ކޮމިޓީން ކަންކަން ކުރަން އުންމީދުކުރާ އެންމެ އެކަށީގެންވާ ދުވެލީގައި ކަންކަން ނުދިޔަ ކަމުގައި ވިޔަސް އެފްއޭއެމް މަޑުމަޑުން ކުރިއަށްދާ ކަމަށް ނޯމަލައިޒިން ކޮމިޓީގެ ޗެއާމަން، އަހުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.

އޮގަސްޓް 19 ވަނަ ދުވަހު، ފީފާ އިން އެފްއޭއެމް ހިންގުން ނޯމަލައިޒިން ކޮމިޓީއާ ހަވާލުކުރިއިރު، ރާއްޖޭގެ ފުޓްބޯޅަ އޮތީ އިދާރީ ގޮތުން ބޮންސުންލައި، މާލީ ގޮތުން ބަލާއިރު ބަނގުރޫޓުވާ ހާލަތުގަ އެވެ. ނޯމަލައިޒިން ކޮމިޓީއާ ހަވާލުވެ އެއް މަސް ފަހުން، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޒުހޫރު ދެއްކެވި ވާހަކައިގައި ފާހަގަކުރެއްވި އެއް ކަމަކީ އެއީ އެވެ.

"ތިން މަސް ތެރޭ ދެން، އެކްސްޕެކްޓެޑް މިންވަރަކަށް އެއްވެސް ކަމެއް ނުދާނެ ބޭނުންވިޔަސް، އެކަމަކު ރައިޓް ޕްރޮގްރެސްތަކެއް އެޗީވްވެއްޖެ، އެއީ، ތެދުތެދަށްބުނާނަމަ އެއްވެސް އޮފީހެއް. އެއްވެސް ޑޮކިއުމެންޓެއް ނެތި ތަނަކާ ހަވާލުވެެގެން ސްޓްރީމްލައިންކޮށް، ހުރިހާ އެކައުންޓްތަކެއް ނޯމަލައިޒްކުރެވި، ފީފާ އާއި އޭއެފްސީއާ ގުޅުން އެސްޓަބްލިޝްކޮށް، ދެން، ކޮންމެ ވެސް ވަރަކަށް ފައިނޭންޝިއަލް ފްލޯ ރާއްޖެ އަށް ގެނެވޭގޮތްވީމަ، އެއީ ދެން، ވަރަށް ބޮޑު އެޗީވްމަންޓެއް މި ވަގުތަށް،" އެފްއޭއެމް ނޯމަލައިޒިން ކޮމިޓީގެ ފުރަަތަމަ ތިން މަސް ދުވަހާ ގުޅޭގޮތުން، ސުވާލުކުރުމުން ޒުހޫރު ވިދާޅުވި އެވެ.

ފީފާ އިން އެފްއޭއެމް ހިންގުން ނޯމަލައިޒް ކުރާއިރު، ނޯމަލައިޒިން ކޮމިޓީގެ މުއްދަތު ކަނޑައަޅާފައި އޮތީ، އަންނަ އަހަރުގެ ޖުލައި 31 އަށެވެ. އެކަމަކު، އެ މުއްދަތަށް ކުރަން ހުރި ކަންކަން ނުނިމިއްޖެނަމަ، މުއްދަތު އިތުރުކޮށްދޭނެ އެވެ.

ނޯމަަލައިޒިން ކޮމިޓީ ހަވާލުވެ، އެންމެ ބޮޑު ޒިންމާއެއްގެ ގޮތުގައި އަދާކުރަން އޮތީ، އެފްއޭއެމްގެ މާލީ މައްސަލަތަކެވެ. އޭގެ ތެރެއިން އެއް ކަމަކީ، ސްޓާފުންނަށް ނުދީ ހުރި މުސާރައިގެ ކަންކަމެވެ. ޒުހޫރު ވިދާޅުވީ މިހާރު އެފްއޭއެމަށް މުސާރަ ނުދެވުމުގެ މައްސަލަ ދިމާވެގެން ނުވާނެ ކަމަށާއި އެކަމަކު، އެކަންކަން ކުރަން ވެސް ހުރި ގޮންޖެހުންތައް ގިނަ ކަމަށެވެ.

"ދެން، އެހެން ނަމަވެސް، ކުރިއަށް އޮތްތަނަށް ބަލާއިރު، މުސާރަ ނުދެވި ހުރެގެން ނުވާނެ، އެހެން ނަމަވެސް، ތަންކޮޅެއް ރެސްޓްރިކްޓެޑް ޑިފިކަލްޓީސް ތެރޭގައި މި ވަގުތު އޮޕަރޭޝަން އޮންނަން ޖެހޭނީ. ކޮންމެ ކަމެއް އަޅުގަނޑުމެން އެބަޖެހޭ ފީފާ އެޕޮއިންޓެޑް އޮޑިޓް ފާމްތަކުން އެޕްރޫވްކުރަން. ދެން، އެއީ ކަންތައްތައް ހިނގާފައި އޮތްގޮތުން، ޕްރޮގްރެސް ސްޓާޓެޑް،" ޒުހޫރު ވިދާޅުވި އެވެ.

ޖެނުއަރީ 24 ވަނަ ދުވަހު، ފުޓްބޯޅަ ސީޒަން ފެށޭތޯ ކްލަބްތަކުގެ ހިޔާލު ހޯދަން އެފްއޭއެމް އިން ވަނީ ޑްރާފްޓް ކަލަންޑަރު ޓީމުތަކަށް ފޮނުވައިފަ އެެވެ. ޒުހޫރު ވިދާޅުވީ، މަޑުމަޑުން އެފްއޭއެމްގެ ކަންކަން ރަނގަޅުކުރަން ފެށި، ދެން އޮތީ ފުޓްބޯޅަ މުބާރާތްތައް ކުޅެން ފެއްޓުން ކަމަށެވެ.

ފުޓްބޯޅަ ސީޒަން ފަށަން ބަލާއިރު، އެފްއޭއެމްގެ ކުރީގެ ލީޑަޝިޕުން ދޭން ވައުދުވި ފައިސާނުދޭތީ، ގިނަ ކްލަބްތަކެއް އޮތީ މާލީ ގޮތުން އުނދަގޫ ހާލަތެއްގަ އެެވެ. ޒުހޫރު ވިދާޅުވީ، މި ކަންކަމުގެ ތެރެއިން ވެސް ސީޒަން ފެށޭތޯ އެކި ގޮތްގޮތުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ، އެފްއޭއެމްގެ ކުރީގެ ލީޑަޝިޕުން މަގާމަށް އައުމަށްޓަކައި ކްލަބްތަކަށް ފައިސާ ދޭން ނިންމާފައި އޮތްއޮތުމަކީ އަސްލު އެކަން ކުރަން ޖެހޭނެ ގޮތެއް ނޫން ކަމަށެވެ.

"އެފްއޭއެމްގެ ކުރީގެ ލީޑަޝިޕް ބާރަަކަށް އައުމަށްޓަކައި، ނޫނިއްޔާ މަގާމު ހޯދަންވެފައި އެ ހުރި ޕްރޮމިސްތަކަކީ އެފްއޭއެމް އަށް ފުލްފިލް ކުރެވޭނެ ކަންތައްތަކެއް ނޫން، އުސޫލަކީ އެފްއޭއެމް އަކީ ކްލަބްތަކަށް ފައިނޭންސް ކޮށްގެން ކްލަބްތައް ރަން ކުރާގޮތަށް އޮންނަ ތަނެއް ނޫން. އެހެން ނަމަވެސް އެފްއޭއެމަށް މަސައްކަތްކޮށްދެވޭނީ އެފްއޭއެމަށް ސްޕޮންސަކޮށްދޭ ފަރާތްތަކުން އެހީތެރިކަމެއް ހޯދައިދެވޭތޯ. އެކަމަކު، ކުރީގެ ލީޑަޝިޕް ޕްރޮމިސް ކޮށްފައި އެބައޮތޭ އެހެން ބުނާބުނުމަކަށް އަޅުގަނޑުމެންނަށް ޖަވާބެއް ނުދެވޭނެ،" ޒުހޫރު ވިދާޅުވި އެވެ.

"ކުރީގެ ލީޑަޝިޕް އަދާކުރި ގޯސްތަކަކީ ވެސް އަޅުގަނޑުމެން އެ ގޮތަށް އެންޑޯޒްކޮށްދޭނެ ކަމެއް ނޫނީ ކޮމިޓް ވެވޭނެ ކަމެއް ނޫން. ކުރީގެ ލީޑަޝިޕް ހަދާފައި އެބަހުރި ބައިވަރު ގޯސްތައް. އެ ގޯސްތަކާ އެކީގައި މި އުޅެނީ އެކަންކަން ރަނގަޅުކުރެވޭތޯ، އެ ގޯސްތަކައިގެން ކުރިއަށް ނުދެވިގެން މި އުޅެނީ. ރަނގަޅަށް ހުރިހާ ކަމެއް ހިނގާފައި ހުރިނަމަ އެފްއޭއެމް މި ހާލަތުގައި އޮންނާކަށް ނުޖެހުނިސް،"

ޒުހޫރު ވިދާޅުވީ، އެފްއޭއެމްގެ ހާލަތު ދެނެގަންނަން ކުރި މަސައްކަތްތަކުގެ ތެރެއިން ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެފްއޭއެމަށް އިންތިހާ އަށް ގެއްލުންވާ ގޮތަށް ކަންކަން ނިމިފައި ވެސް އެބަހުރި ކަމަށެެވެ. އެ ގޮތުން، އެ ކަންކަން ރަނގަޅުކުރެވޭތޯ ސަރުކާރާ އެކީ ވެސް މަޝްވަރާތަކެއް ކުރެވެމުން އަންނަ ކަމަށް ޒުހޫރު ވިދާޅުވި އެވެ.

"ލޯންގް ވޭ ފޯވާޑެއް އަދި އޮތީ ހުރިހާ ކަމެއް ނޯމަލައިޒްވާން. ނޯމަލައިޒޭޝަން ޕްރޮސަސް ރަނިން، ކޮންމެވެސް ވަރެއްގެ ރަފްނަސްއާ އެކީގައި ސްމޫތޭ ބުނެވޭނީ،" ޒުހޫރު ވިދާޅުވި އެވެ.

އެފްއޭއެމް ކަންކަން ހިންގުމުގައި، އެންމެ އިސްކަމެއްގެ ގޮތުގައި ފުރަތަމަ ދުވަހުން ފެށިގެން ވެސް ކުރަމުން އަންނަ މަސައްކަތަކީ ފައިނޭންސް ހޯދުން ކަމަށް ޒުހޫރު ވިދާޅުވި އެވެ.

މީގެ އިތުރުން، އެފްއޭއެމްގެ ސްޓާފުން އެކި ތަންތަނަށް ވަޒީފާ އަށް ބަދަލުވެފައިވާތީ، ސްޓާފުންގެ ދަތިކަން ވެސް އެބަހުރި ކަމަށާއި މަޑުމަޑުން އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، މި ވަގުތު އަދި ފައިނޭންސް ކަންކަން ކުރަން ރަނގަޅު ފަރާތެއް ހަމަޖެހިފައިނުވާކަން ޒުހޫރު ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox