ޗާޕުކުރި ފައިސާގެ ބޮޑު ބަޔެއް އެމްއެމްއޭގައި ހިފެހެއްޓީ ޑޮލަރުގެ އަގު ހިފަހައްޓަން: ގަވަރުނަރު

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް: ހިފެހެއްޓިފައިވާ ސިޔާސަތެއް ގެންގުޅެން މަޖުބޫރުވީ ކަމަށް އޭނާ ވިދާޅުވެފައިވޭ -- ފޮޓޯ: ރައީސް އޮފީސް

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް: ހިފެހެއްޓިފައިވާ ސިޔާސަތެއް ގެންގުޅެން މަޖުބޫރުވީ ކަމަށް އޭނާ ވިދާޅުވެފައިވޭ -- ފޮޓޯ: ރައީސް އޮފީސް

ބޭންކުތަކުގެ ފައިސާ އެމްއެމްއޭގައި ބަހައްޓަން ބާރު އެޅީ ކޮވިޑުގެ ތެރޭގައި ޗާޕުކުރި ފައިސާއާ އެކީ އިގުތިސޯދުގައި ދައުރުވާ ފައިސާގެ މިންވަރު އިތުރުވުމާ ގުޅިގެން ޑޮލަރުގެ ކޮންޓްރޯލު އަގު ހިފަހައްޓަން އެޅި ފިޔަވަޅުތަކުގެ ތެރެއިން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ ޒިންމާ އަދާނުކުރެވޭ ކަމަށް ބުނެ މަޖިލީހުން ބަލަމުންދާ މައްސަލައިގައި ހާޝިމް މިިކަން ފާހަގަކުރެއްވީ، އޭނާ ވަކިކުރަން ރައީސަށް ލަފާ ދޭން ހުށަހަޅާ ސަބަބުތަކުގެ ތެރޭގައި ބޭންކުތަކާއި މާލީ އިދާރާތަކުން އާންމުންނަށް ލޯނު ދޫކުރާ މިންވަރު ނުސީދާ ކޮށް ހިފަހައްޓަން، ބޭންކުތަކުގެ ރިޒާވު އެމްއެމްއޭގައި ބަހައްޓަން ގަވަރުނަރު ބާރުއަޅާ ކަމަށް ކުރާ ތުހުމަތާ ގުޅިގެންނެވެ.

މާލިއްޔަތު ކޮމިޓީއަށް މި މައްސަލަ ހުށަހެޅުއްވި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވީ ގަވަރުނަރު މިގޮތަށް އަމަލުކުރުމުން އިގުތިސޯދުގައި ދައުރުވާން ހުރި ފައިސާގެ މިންވަރު މަދުވެ، އިގުތިސޯދީ މަސައްކަތްތައް ހުއްޓި، އިގުތިސޯދީ ދުވެލި މަޑުޖެހިފައިވާ ކަމަށެވެ.

މިކަމަށް ގަވަރުނަރު ދެއްވި ޖަވާބުގައި އޭނާ، ހިފެހެއްޓިފައިވާ މަނިޓަރީ ސިޔާސަތަކަށް ބާރުއެޅުއްވި ސަބަބު ތަފުސީލު ކޮށްދެއްވަމުން، ވިދާޅުވީ މިކަން ކުރަން މަޖުބޫރުވީ ދިވެހިި ރުފިޔާގެ ލިކުއިޓިޑީ މަތިވެ، މިހާރު ކަނޑައަޅާފައިވާ ޑޮލަރަކަށް 15.42ރ. ރޭޓުގައި ޑޮލަރުގެ އަގު ހިފަހައްޓަން ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅިގެން ކަމަށެވެ.

"[މާލިއްޔަތު ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑުކޮށް] ޕީބީއޭ އިން އޯވާޑްރޯކުރުމަށް ޖާގަ ލިބުމާ ގުޅިގެން ބޭންކިން ނިޒާމުގައި ދައުރުވަމުންދާ ރުފިޔާ ލިކުއިޑިޓީ ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފަ. މީގެ ސަބަބުން، ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓު ކަނޑައެޅިފައިވާ ބޭންޑް ކަމަށްވާ 10.28 ރުފިޔާ އާއި 15.42 ރުފިޔާ އާ ދެމެދު ހިފެހެއްޓުމަށް ވަނީ އިތުރު ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހިފަ،" އޭނާ ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީއާ އެމްއެމްއޭ އިން ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކޮވިޑުގެ ހާލަތުގެ ކުރި އާއި މިހާރާ އަޅާ ބަލާއިރު، 2019 ގައި އެވަރެޖުކޮށް 2.6 ބިލިއަން ރުފިޔާގައި ހުރި ލިކުއިޓިޑީ 2023 ނިމުނުއިރު ހުރީ 7.4 ބިލިއަން ރުފިޔާގަ އެވެ. މިއީ ހަތަރު އަހަރުގެ ތެރޭގައި 184 ޕަސެންޓު ނުވަތަ 4.8 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ލިކުއުޓިޑީ އިތުރުވުމުން މަރުކަޒީ ބޭންކުތަކުން އާންމުކޮށް ކުރާ ކަންކަމަކީ އޯޕަން މާކެޓް އޮޕަރޭޝަންސް (އޯމޯ) ހިންގުމާއި ސްޓޭންޑިންގ ފެސިލިޓީޒްތަކާއި މިނިމަން ރިޒާވު ރިކުއަމަންޓު (އެމްއާރުއާރު) ގެ މިންގަނޑުތަކަށް ބަދަލު ގެނައުމެވެ.

ނަމަވެސް އޯމޯ ހިންގަން ޖެހެނީ ދައުލަތުން ފައިސާ ހަރަދުކޮށްގެން ކަމަށް ވާތީ، 2014 އިން ފެށިގެން ސަރުކާރުގެ ކޭޝްފްލޯއަށް އައި ތާށިކަމާއެކީ މިކަން ކުރުން ވަނީ ހުއްޓާލާފަ އެވެ. ގަވަރުނަރު ހާޝިމް ވިދާޅުވީ އެމްއެމްއޭއިން މިހާރު ބޭނުންކުރަނީ ސްޓޭންޑިން ފެސިލިޓީޒްތައް ކަމުގައިވާ އޯވަނައިޓް ޑިޕޮސިޓް ފެސިލިޓީ އާއި އޯވަނައިޓް ލޮމްބާޑް ފެސިލިޓީ އާއި އެމްއާރުއާރު ކަމަށެވެ.

ކޮވިޑުގެ ތެރޭގައި އެމްއާރުއާރަށް ގެނައި ބަދަލުތަކުގެ ތެރޭގައި، އެޕްރީލް 23، 2020 ގައި ދިވެހި ރުފިޔާ އެމްއާރުއާރު 7.5 ޕަސެންޓަށް ދަށްކުރުމާއި، އިގުތިސޯދީ ހާލަތު ރަނގަޅުވާން ފެށުމުން ޖޫން 3، 2021 ގައި އަނބުރާ %10 ޕަސެންޓަށް މަތިކުރުން ހިމެނެ އެވެ.

ގަވަރުނަރު ވިދާޅުވީ އެމްއެމްއޭއިން ކުރިން ރާވާފައި އޮތީ މި އަހަރުގެ ފެބްރުއަރީގައި އެމްއާރުއާރު 12.5 ޕަސެންޓަށް މަތިކުރަން ކަމަށެވެ. ނަމަވެސް ފިސްކަލް ރިފޯމުތައް ގެންނަން އުޅޭ ދަނޑިވަޅެއްގައި މިކަން ކޮށްފި ނަމަ، ސަރުކާރުގެ ކޭޝްފްލޯ މެނޭޖުކުރަން ދަތިތަކާ ކުރިމަތިވާނެކަން ފިނޭންސް މިނިސްޓްރީން ފާހަގަކުރުމުން އެ ނިންމުން ތަންފީޒުކުރުން ފަސްކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން އެމްއެމްއޭއިން ފުރަތަމަ ނިންމީ ދިވެހި ރުފިޔާގެ އެމްއާރުއާރު 12.5 ޕަސެންޓަށް މަތިކުރުން ޖުލައި 2024 އަށް ފަސްކޮށް، 15 ޕަސެންޓަށް މަތިކުރުން އަންނަ އަހަރަށް ފަސްކުރުމަށެވެ. މިގޮތް ފިނޭންސަށް ކަމު ނުގޮސްގެން އެމްއާރުއާރު މަތިކުރަން ނިންމި ނިންމުން ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށް ހާޝިމް ވިދާޅުވި އެވެ.

ހިފެހެއްޓިފައިވާ މަނިޓަރީ ސިޔާސަތެއް ގެންގުޅުނު ކަމަށް ގަވަރުނަރު އެއްބަސްވެވަޑައިގެންނެވި ނަމަވެސް، އެ ސިޔާސަތުގެ ސަބަބުން ބޭންކުތަކުން ލޯނު ދޫކުރާ މިންވަރަށް އަސަރު ކުރާ ކަމަށް އޭނާ އިންކާރުކުރެއްވި އެވެ. އޭނާ ވިދާޅުވީ، އެމްއާރުއާރު މަތިކުރުމުން އިގުތިސޯދުން މަދު ވަނީ 747 މިލިއަން ރުފިޔާ ކަމަށާއި އެއީ ސާޕްލަސް ފައިސާގެ ކުޑަ މިންވަރެއް ކަމަށެވެ.

ލޯނު ދޫކުރުމުގައި ބޭންކުތަކުން އަމަލުކުރަނީ، ހާޝިމް ވިދާޅުވި ގޮތުގައި، އެ ބޭންކަކުން އަމިއްލައަށް ކަނޑައަޅާ އިންޓާނަލް އެކްސްޕޯޝާ ލިމިޓްތަކެއްގެ މައްޗަށެވެ. އެހެންކަމުން، ބޭންކިން ނިޒާމުގައި ފައިސާ އިތުރުވިޔަސް ލޯނު ދޫކުރުމާއި ސެކުއިރިޓީތަކަށް އިންވެސްޓު ކުރުމަކީ، އެ ބޭންކެއްގެ އިންޓާނަލް މިންގަނޑުތަކުގެ ތެރޭގައި ހިފަހައްޓައިގެން ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މަރުކަޒީ ބޭންކުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން ބޭންކުތަކުން ދޫކުރާ ލޯނުގެ މިންވަރަށް އަސަރު ނުކުރާ ކަން ދައްކަން ހާޝިމް ވަނީ، ވޭތުވި އަހަރުތަކުގައި ލޯނު ދޫކޮށްފައިވާ މިންވަރުގެ ތަފާސްހިސާބުތައް ވެސް ހިއްސާކުރައްވާފަ އެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވިޔަފާރި ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުގެ ޖުމުލަ އައުޓްސްޓޭންޑިން އަދަދު 2019 ގައި ހުރީ 24.5 ބިލިއަން ރުފިޔާގަ އެވެ. މިދިޔަ އަހަރުގެ ނިޔަލަށް ހުރީ 31.7 ބިލިއަން ރުފިޔާގަ އެވެ. އަދި މި އަހަރުގެ މޭ މަހުގެ ނިޔަލަށް އެ އަދަދު ހުރި 32.7 ބިލިއަން ރުފިޔާގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox