އާލާސްކަންފުޅާ އުޅުއްވަތީ ގަވަރުނަރު ހާޝިމް ކޮމިޓީއަށް ވަޑައިނުގަންނަވާ

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ރައީސް ހުވާކުރެއްވި ރަސްމިއްޔާތަށް ވަޑައިގަންނަވަނީ: އޭނާ ވަނީ މަޖިލީހަށް ވަޑައިނުގެން ނަމަވެސް ލިޔުމުން ޖަވާބެއް ފޮނުއްވާފައިވޭ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ރައީސް ހުވާކުރެއްވި ރަސްމިއްޔާތަށް ވަޑައިގަންނަވަނީ: އޭނާ ވަނީ މަޖިލީހަށް ވަޑައިނުގެން ނަމަވެސް ލިޔުމުން ޖަވާބެއް ފޮނުއްވާފައިވޭ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝީމް ވަކިކުރަން ރައީސްއަށް ލަފާ ދޭން ރައްޔިތުންގެ މަޖިލީހުން ހިންގާ މައްސަލައިގައި ޖަވާބުދާރީވާން ، އާލާސްކަންފުޅާ އުޅުއްވާތީ މިއަދު ހާޒިރުވެވެން ނެތް ކަން މާލިއްޔަތު ކޮމިޓީއަށް އޭނާ އަންގަވައިފި އެވެ.

ގަވަރުނަރުގެ ޒިންމާ އަދާނުކުރެވޭ ކަމަށް ބުނެ ހާޝިމް ވަކިކުރަން ލަފާ ދިނުމުގެ މައްސަލައިގައި ކޮމިޓީގައި މިއަދު އޮތީ އޭނާއަށް ޖަވާބުދާރީވާން ފުރުސަތު ދިނުމެވެ. މިއީ މަޖިލީހުގެ ގަވާއިދުގެ ދަށުން އޭނާއަށް ދޭން ޖެހޭ ފުރުސަތެއް، އަދި ކޮންމެހެން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތެކެވެ.

ކޮމިޓީއަށް ހާޒިރުވެވަޑައި ނުގެންނެވި ނަމަވެސް، ހާޝިމް ވަނީ އޭނާއަށް ޒިންމާ އަދާނުކުރެވޭނެ ކަމަށް މަޖިލީހުން ފާހަގަަކުރި ކަންކަމަށް ޖަބާވުދާރީވެ، މަޖިލީހަށް ލިޔުމުން ޖަވާބެއް ފޮނުއްވާފަ އެވެ.

Advertisement

ހާޝިމްއަށް ޒިންމާ އަދާނުކުރެވޭ ކަމަށް މަޖިލީހުން ބަލަމުންދާ މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމަކީ:

  • ބޭންކުތަކުން ލޯނު ދޫކުރާ މިންވަރު ހިފަހަައްޓަން ނުސީދާކޮށް ބާރުއެޅުއްވުން
  • ޑޮމެސްޓިކް މާކެޓު ރަނގަޅަށް ރެގިއުލޭޓު ނުކުރެވުން
  • މާލީ އަދި ފައިސާގެ ކުށްތައް ހުއްޓުވަން ގަވާއިދުތައް އަދާހަމަ ނުކުރެވުން
  • އެމްއެމްއޭން މި ސަރުކާރަށް ދޭން ޖެހޭ ލަފާ ނުދިނުން
  • ގަވަރުނަރުގެ މަސްއޫލިއްޔަތުތައް އަދާނުކުރެވުން

ގަވަރުނަރުގެ މަގާމުން ހާޝިމް ވަކިކުރަން ރައީސަށް ލަފާއެރުވުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox