ބިދޭސީ މަސައްކަތްތެރިން ބައިތިއްބާ ތަންތަން އަޅަން މެލޭޝިއާ ކުންފުންޏަކާ ހަވާލުކުރަނީ

ބިދޭސީ މަސައްކަތްތެރިން ބައިިތިއްބަން ސަރުކާރުން ބޭނުންކުރާ ތަނެއް: ގިނަ ބިދޭސީ މަސައްކަތްތެރިން މިހާރު ދިރިއުޅޭ ތަންތަނަކީ ދިރިއުޅެން އެކަށީގެންވާ ވަރު ތަންތަނެއް ނޫން -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ބިދޭސީ މަސައްކަތްތެރިން ބައިިތިއްބަން ސަރުކާރުން ބޭނުންކުރާ ތަނެއް: ގިނަ ބިދޭސީ މަސައްކަތްތެރިން މިހާރު ދިރިއުޅޭ ތަންތަނަކީ ދިރިއުޅެން އެކަށީގެންވާ ވަރު ތަންތަނެއް ނޫން -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ބިދޭސީ މަސައްކަތްތެރިން ބައިތިއްބާނެ އެކޮމޮޑޭޝަން ފެސިލިޓީތައް ތަރައްގީކުރުމުގެ މަސައްކަތް މެލޭޝިއާގެ އަލްޓައިޒް ޑިޖިޓަލް ކިޔާ ކުންފުންޏަކާ ހަވާލުކުރުމުގެ މަސައްކަތް ހޯމްލޭންޑް މިނިސްޓްރީން ފަށައިފި އެވެ.

މެލޭޝިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ގައުމުގެ ޖީ3 ގްލޯބަލް ބެރްހާދުގެ ސަބްސިޑަރީ އަލްޓައިޒް ޑިޖިޓަލްއާ ހަވާލުކުރީ ނޭޝަނަލް އިންޓަގްރޭޓަށް މައިގްރަންޓް ވޯކާސް ޑޯމިޓޮރީ މަޝްރޫއު އެވެ.

މި މަޝްރޫއާ ބެހޭ މައުލޫމާތު "އަދަދު" އާ ހިއްސާކުރައްވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މިއީ މެލޭޝިއާ ކުންފުނިން ލިބުނު އަންސޮލިސިޓަޑް ޕްރޮޕޯޒަލްއަކާ ގުޅިގެން ފަށައިގެން އުޅޭ މަސައްކަތެއް ކަމަށާއި، މިކަން ކުރަން ނިންމީ ބިދޭސީ މަސައްކަތްތެރިން ބައިތިއްބާ ތަންތަނުގެ ހާލަތު ރަނގަޅުކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތާ ގުޅޭތީ ކަމަށެވެ.

"އެ މީހުންގެ ޕްރޮޕޯޒަލްއަކީ ޑޯމިޓޮރީތަކެއް ޑިވެލޮޕް ކުރުން. މިކަމަކާ އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތެއް ވެސްމެ. އަޅުގަނޑުމެން ބޭނުން ވަކިން ބިދޭސީ މަސައްކަތްތެރިން، އަންސްކިލްޑް ލޭބާ ކެޓެގަރީގައި މިއުޅޭ މީހުން، ވަކި ތަނެއްގައި ގެންގުޅެން،" އިހުސާން ވިދާޅުވި އެވެ.

"މުޅި ރަށު ތެރޭގައި ގިނަ ވެގެން، ރަށު ތެރޭގައި އެތަން މިތަނުގައި އެއްވެސް ގަވާއިދަކާ ގާނޫނަކަށް ނުފެތޭ މިންގަނޑުތަކަށް ނުފެތާ ކަހަލަ އެކޮމޮޑޭޝަންތަކުގައި މިތިބޭ ތިބުން ހުއްޓުމަކަށް ގެންނަން"

އަލްޓައިޒްގެ ހުށަހެޅުން އިކޮނޮމިކް ކައުންސިލުގައި މަޝްވަރާކުރުމަށް ފަހު މިފަދަ އެކޮމޮޑޭޝަންތައް އެޅުން އެ ކުންފުންޏަށް އެކަނި ކުރެވޭ ގޮތަށް އެކްސްކްލޫސިވިޓީ ދޭން އެއްބަސްވެ، ސަރުކާރުން ވަނީ އެ ކުންފުނީގެ ފަހުގެ ހުށަހެން ތައްޔާރުކޮށް ހުށަހަޅަން އެ ކުންފުންޏަށް އަންގާފަ އެވެ.

މިގޮތަށް އެއްބަސްވުމުގައި ސޮއިކޮށްފި ނަމަ ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ބިދޭސީ މަސައްކަތްތެރިން ތިބެން ޖެހޭނީ އެ ކުންފުނިން އިމާރާތްކުރާ ތަންތަނުގަ އެވެ. މިކަމާ ގުޅޭގޮތުން އިހުސާން ވިދާޅުވީ، އަލްޓައިޒްއަށް އެކްސްކްލޫސިވިޓީ ދޭން ނިންމީ އެ ކުންފުނިން އެގޮތަށް ހުށަހަޅާފައިވާތީ ކަމަށެވެ.

"އެކްސްކްލޫސިވްލީ އޭތި ދޭކަމަށް އެ މީހުން ރިކުއެސްޓް ކޮށްފައި މި އިނީ. އެކްސްކްލޫސިވްލީ ނުދެންޏާމުން ތިމަންނަމެންނަށް މި ވަރުގެ އިންވެސްޓްމަންޓެއް ނުކުރެވޭނެޔޭ،" އޭނާ ވިދާޅުވި އެވެ.

ބިދޭސީ މަސައްކަތްތެރިން ބައިތިއްބާ އިމާރާތްތައް އެޅުމުގެ މަޝްރޫއުގެ މަސައްކަތުގެ ދަށުން މާލެ އާއި ހުޅުމާލޭގައި އެއް ލައްކަ މީހުންގެ ޖާގައިގެ އިމާރާތްތައް ތަރައްގީކުރެވިގެން ދާނެ އެވެ.

އެގޮތުން މި ތަންތަން ފަރުމާކުރުމާއި އިމާރާތްކުރުމާއި މިތަނުގައި ތިބޭ މީހުންގެ ކަންކަން ބަލަހައްޓާނެ ޑިޖިޓަލް ނިޒާމު ގާއިމުކޮށް، މި ހުރިހާ މަސައްކަތަކަށް ފައިސާ ހަރަދުކުރާނީ އެ ކުންފުނިންނެވެ. ނަމަވެސް އެތަނުގެ ހިދުމަތްތައް ފޯރުކޮށްދިނުމާއި ހިންގުމާއި ބެލެހެއްޓުމުގެ ހުރިހާ މަސައްކަތެއް، ލިބޭ އާމްދަނީ ބަހާ ގޮތަށް، ކުރާނީ ދިވެހި ސަރުކާރުން ކަމަށް އިހުސާން ވިދާޅުވި އެވެ.

ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އަލްޓައިޒްއާއެކީ މިތަން ހިންގާނީ ސީދީ މިނިސްޓްރީންތޯ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުންތޯ މުސްތަގުބަލުގައި ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިކަމަށް ހަރަދު ވާނެ ވަރެއް ވެސް އެނގޭނީ އެ ކުންފުނީގެ ފަހުގެ ހުށަހެޅުން ލިބުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

މެލޭޝިއާ ނޫސްތަކުން ރިޕޯޓުކޮށްފައި ވަނީ، އަލްޓައިޒްއަށް މި މަސައްކަތް ދެނީ ބިން ހަވާލުކުރާ ތާރީހުން ފެށިގެން 30 އަހަރު ދުވަހަށް، އަދި އެ މުއްދަތު ނިމުމުން އޮޓޮމެޓިކުން އިތުރު 30 އަހަރު އެތަންތަން ހިންގޭ ގޮތަށެވެ. މި މުއްދަތުގެ ތެރޭގައި އެހެން އެއްވެސް ކުންފުންޏަކަށް ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން ބައިތިއްބާނެ ތަންތަން އަޅައިގެން އެއްވެސް ބަޔަކަށް އެ ހިދުމަތެއް ނުދެވޭނެ އެވެ.

އަލްޓައިޒްގެ މައިގަޑު މަސައްކަތަކީ ޓެލެކޮމިއުނިކޭޝަން ދާއިރާގެ ހިދުމަތްތަކާއި އުފެއްދުންތައް ފޯރުކޮށްދިނުމެވެ. އެހެންވެ އެ ކުންފުނިން ރާއްޖޭގައި އަޅާ ތަންތަން ވެސް ހުންނާނީ އެންމެ ފަހުގެ ޑިޖިޓަލް ވިއުގައަކުން ގުޅާލެވި، އެތަނުގައި ދިރިއުޅޭ މީހުންގެ ހުރިހާ ކަމެއް ފަސޭހައިން ބެލެހެއްޓޭ ގޮތަށް ކަމަށް އިހުސާން ވިދާޅުވި އެވެ.

ބިދޭސީ މަސައްކަތްތެރިން މިހާރު ދިރިއުޅޭ ގިނަ ތަންތަނަކީ އާންމު ދިރިއުޅުމުގެ ހާލަތަށް ނުފެތޭ ތަންތަނެވެ. މިކަން ހައްލުކުރަން ކުރީ ސަރުކާރުގައި އެކޮމޮޑޭޝަން ގަވާއިދެއް އެކުލަވާލި ނަމަވެސް، މިއަދާ ހަމައަށް އެންމެ އެކަށީގެންވާ މިންވަރަށް އެ ގަވާއިދު ތަންފީޒެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox