ޑޮލަރުން ފީ ނަގައިގެން ދިވެހި ވިޔަފާރިތަކަށް ކުރާނެ އަސަރެއް ނެތް ކަމަށް އެމްޕީއެލްއިން ބުނެފި

މާލޭ ވިޔަފާރި ބަނދަރު: ޑޮލަރުން އަގު ނަގާ ގޮތަށް އެމްޕީއެލްއިން ބަދަލުކުރީ އޭޕްރީލްގައި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މާލޭ ވިޔަފާރި ބަނދަރު: ޑޮލަރުން އަގު ނަގާ ގޮތަށް އެމްޕީއެލްއިން ބަދަލުކުރީ އޭޕްރީލްގައި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބަނދަރުތަކަށް އަންނަ އާގުބޯޓުތަކުން ނަގާ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގާ ގޮތަށް ބަދަލުކުރުމުން ދިވެހި ވިޔަފާރިތަކަށް ކުރާނަ އަސަރެއް ނޯންނާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގުތިސޯދީ ކޮމިޓީގައި ބޭއްވި ބައްދަލުވުމެއްގައި އެމްޕީއެލްގެ މެނޭޖުމަންޓުން މިހެން ބުނީ، ޑޮލަރުން އަގު ނަގާ ގޮތަށް ބަދަލުކުރުމުން ވިޔަފާރިތަކަށް ގެއްލުންވާ ކަމަށް ބުނެ މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) އިން މަޖިލީޖަށް ހުށަހަޅާފައިވާ މައްސަލައިގައި މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެމުންނެވެ.

އެގޮތުން، މި ބަދަލާ ގުޅިގެން ވިޔަފާރިތަކަށް ކުރާނެ އަސަރަކާ ގުޅޭ ގޮތުން މެމްބަރަކު ސުވާލު ކުރުމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހިމް ވަނީ މީގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް ކުރާނެ އަސަރެއް ނޯންނާނެ ކަމަށް ވަރަށް ތަފުސީލުކޮށް، ސަބަބާއެކީ ކޮމިޓީގައި ކިޔައިދެއްވާފަ އެވެ.

ވަޖީހު ވިދާޅުވީ ބޭރުން ގަންނަ މުދަލަށް މިހާރު ވެސް ގިނަ ވިޔަފާރިތަކުން ފައިސާ ދައްކަމުން އަންނަނީ ޑޮލަރުން ކަމަށާއި އެހެންކަމުން ރާއްޖެ އަންނަ މުދަލަކީ، އާގުބޯޓުގެ ވެރިފަރާތަށް ނުވަތަ އެޖެންޓަށް ދިވެހި ވިޔަފާރިތަކުން ޑޮލަރުން އަގު އަދާކޮށްގެން ސީއައިއެފް (ކޮސްޓް، އިންޝުއަރަންސް، ފްރައިޓް) ކޮށް އަންނަ މުދާ ކަމަށެވެ.

"އަޅުގަނޑުމެން ކުރިން ވެސް ފާހަގަކުރި ގޮތަށް، މިހާރު ދިވެހިރާއްޖެއަށް ކާގޯ މުދާ އެތެރެކުރާ ފަރާތްތަކުން މުދާ ގެނައުމަށްޓަކައި ބައެއް ފަރާތްތަކުން، ވަރަށް ގިނަ، ގާތްގަނޑަކަށް 90، އަޅުގަނޑުމެންގެ ރެކޯޑުތަކުން ދައްކާ ގޮތުގައި 90 ޕަސެންޓު މީހުން ޔޫއެސްޑީން އެ މީހުންނަށް ހުންނާނީ ކޮންޓެއިނަރުގެ އަގު ދައްކާފައި. ޔޫއެސްޑީން ޕޭކޮށްފައި ހުންނަނީ." ވަޖީހު ވިދާޅުވި އެވެ.

ދެން މުދާ ގެންނަން އޮންނަ ގޮތަކީ ރާއްޖޭގައި ހުންނަ އެޖެންޓަށް ލާރި ދައްކާ ގޮތަށް އެފްއޯބީކޮށް ކަމަށް ވަޖީހު ވިދާޅުވި އެވެ. އަދި އެގޮތަށް ގެންނަ މުދާ ރާއްޖޭގެ އެޖެންޓަށް ބަލައިގަންނަނީ 15.42ރ. ގެ މަގުން ހިސާބުކޮށްފައި, އޭގެ މައްޗަށް އިތުރު 18 ޕަސެންޓު ލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ދިވެހި އެޖެންޓުން އިންވޮއިސްއަށް އިތުރުކުރާ 18 ޕަސެންޓަކީ، ވަޖީހު ވިދާޅުވި ގޮތުގައި، އެ ވިޔަފާރިތަކުން ކަޅު ބާޒާރުން ޑޮލަރު ގަންނަން ޖެހޭތީ ކަމަށް ބުނެ އިތުރުކުރާ އަގެކެވެ.

"ރާއްޖޭގައި ހުންނަ އެޖެންޓަށް ލާރި ދައްކާ ގޮތަށް ގަންނަ މުދާ ރާއްޖޭގެ އެޖެންޓަށް ބަލައިގަންނަނީ 15.42ރ. ގެ ރޭޓުން ހިސާބުކޮށްފައި، އިތުރު 18 ޕަސެންޓު ލާފައި. އެ ބޭފުޅުންގެ އެ ޗާޖަސްއަކީ ބްލެކް މާކެޓުން ތިމަންނަމެން ޑޮލަރު ގަންނަން ޖެހޭތީވެ، ލާ އިތުރު ޕަސެންޓެކޭ ކިޔާފައި 18 ޕަސެންޓު އެޑްކޮށްފައި، އިންވޮއިސްކޮށްފައި އިންނަނީ." ވަޖީހު ވިދާޅުވި އެވެ.

އެމްޕީއެލްގެ ނިންމުން ކޮމިޓީގައި ދިފާއުކުރައްވަމުން ވަޖީހު އިތުރަށް ވިދާޅުވީ، ދިވެހި ވިޔަފާރިތަކުން ބޭރުގެ ވިޔަފާރިތަކަށް ޑޮލަރުން އަގު އަދާކޮށްފައި ހުންނަ މުދަލަށް ދިވެހި ފައިސާއިން އަގު އަދާކުރާ ގޮތުން ގެއްލުން ވަނީ ދިވެހި ގައުމަށް ކަމަށެވެ.

"ދިވެހި ގައުމަށް މި ގެއްލުން ވަނީ ދިވެހި ސަރުކާރަށް ނުވަތަ އެމްޕީއެލްއަށް ލިބެންޖެހޭ އާމްދަނީއެއް އެހެން ބަޔަކު ގެންދަނީ. އެހެންމަ އެކަމަކީ ވަރަށް ސާފު ކަމެއް." އޭނާ ވިދާޅުވި އެވެ.

އެމްޕީއެލްއިން މިހެން ބުނި ނަމަވެސް ރޭ ބޭއްވި އިގުތިސޯދީ ކޮމިޓީގެ ބައްދަލުވުމުގައި އެމްޓީއޭއިން ބުނީ ޑޮލަރު ތާށިކަމެއްގެ ތެރޭގައި މުޅި ގައުމު އޮތް އިރު، ޑޮލަރުން އަގު ނަގާ ގޮތަށް ހެދުމުން ވިޔަފާރިކުރުމުގެ ހަރަދުތައް އިތުރުވެފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ވިޔަފާރިވެރިން ވަނީ ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން މި ބަދަލާ މެދު ގިނަ ކަންބޮޑުވުންތަކެއް ހުރި ކަމަށް ފާހަގަކޮށްފަ އެވެ.

އެމްޓީއޭގެ މި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މެމްބަރަކު ސުވާލުކުރުމުން ވަޖީހު ވިދާޅުވީ އެއްވެސް ޖަމިއްޔާއެއްގެ ފަރާތުން ކަންބޮޑުވުމެއް އޮވެގެން އެމްޕީއެލްއަށް ސިޓީއެއް ފޮނުވިކަން ދޮގުކުރައްވާފަ އެވެ. އަދި އޭނާ ވިދާޅުވީ، އެމްޕީއެލްއިން މި ނިންމުމާ ހަމައަށް ވާސިލުވީ ރާއްޖޭގައި މި ވަގުތު ހަރަކާތްތެރިވާ އެންމެ ބޮޑެ ދެ ޝިޕިން އެޖެންޓުންނާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

އެ ދެ ކުންފުންޏަކީ އެސްޓީއޯގެ ސަބްސިޑަރީ، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އާއި ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް (ޓީޓީއެސް) ގްރޫޕެވެ.

ވަޖީހު ވިދާޅުވީ މި ބަދަލު ގެނައީ އެ ދެ ކުންފުނި ރުހިގެން ކަމަށާއި މިކަމާ ކަންބޮޑުވެގެން އުޅެނީ އާގުބޯޓުތަކުން ކޮންޓެއިނަރު ޖާގަ ހޯދައިގެން ބްރޯކަރުންގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ދިވެހި އެޖެންޓުން ކަމަށެވެ. އޭނާ ވަނީ މި ދިވެހި ކުންފުނިތައް އުފެދިގެން އަންނަ ގޮތާއި ހަރަކާތްތެރިވާ ގޮތް، ބޮޑު ތުހުމަތެއް ވެސް ކުރައްވައި، މެމްބަރުންނަށް ވިދާޅުވެދެއްވާފަ އެވެ.

ވަޖީހު ކިޔައިދެއްވި ގޮތުން ނަމަ މިކަމުގެ ތެރޭގައި އުޅެނީ ޓީޓީއެސްގައި މަސައްކަތްކުރުމަށް ފަހު، ވަކިވާ ލަންކާ މުވައްޒަފުންތަކެކެވެ.

ޓީޓީއެސް ގްރޫޕް މޯލްޑިވްސް އަކީ ލަންކާގެ ބިޔަ ކޮންގްލޮމަރޭޓު ހޭލީސް ގްރޫޕުގެ، ސިވާރޯ އިންޓަނޭޝަނަލް ލިމިޓެޑާއި ދިވެހިންތަކަކާ ގުޅިގެން ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެކެވެ. އެހެންވެ ލަންކާ މެނޭޖުމަންޓެއް އޮންނާތީ، ވަޖީހު ވިދާޅުވީ، މި ކުންފުނީގައި ގިނައީ ލަންކާ މުވައްޒަފުން ކަމަށެވެ.

"ސްރީލަންކާއިން އަންނަ މީހުން އެ ކުންފުނީގައި މަސައްކަތްކޮށްފައި ތިން އަހަރު ދެ އަހަރު ވުމަށް ފަހުގައި އެ ކުންފުނީގެ ވަޒީފާ ދޫކޮށްލާފައި އެ ބޭފުޅުން އަމިއްލައަށް ކޮންމެވެސް ދިވެއްސަކާ ގުޅިގެން ކުދިކުދި އެކި ނަންނަމުގައި ކުންފުނި ހަދައިގެން ގޭގޭގެ ރޫމުތަކުގައި މަސައްކަތް ކުރާ ކަން ވެސް އެނގޭ،" އޭނާ ވިދާޅުވި އެވެ.

ވަޖީހު ތުހުމަތުކުރެއްވި ގޮތުގައި ޑޮލަރުގެ ބާޒާރަށް ގެއްލުން ވަނީ ވެސް މި ކުންފުނިތަކުގެ ސަބަބުން ކަމަށާއި، މިކަމުގައި އިސްކޮށް ހަރަކާތްތެރިވަނީ ވެސް ލަންކާ މީހުންނެވެ.

ކޮމިޓީ ފައްޓަވަމުން މައްސަލައިގެ ތައާރަފު ދެއްވަމުން ވެސް ވަނީ ވަޖީހު ވަނީ މިހެން ވިދާޅުވެފަ އެވެ. އަދި، އެމްޕީއެލްއިން މި ބަދަލު ގެނައި ސަބަބުތަކުގެ ތެރޭގައި ކަޅު ބާޒާރަށް ޑޮލަރު ފޯރުވުން ހުއްޓުވުމާއި އެމްޕީއެލްއަށް ލިބެން ޖެހޭ އާމްދަނީ އެހެން ބަޔަކު ބޭނުންކުރުން ހުއްޓުވުން އޭނާ ފާހަގަކުރެއްވި އެވެ.

އިގުތިސޯދީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެމްޕީއެލްއާ އެކީ ބައިވެރިވި އިކޮނޮމިކް މިނިސްޓްރީން ވަނީ މިއީ އެ ވުޒާރާއިން ރުހިގެން ގެނައި ބަދަލެއް ކަމަށް ކޮމިޓީގައި ބުނެފަ އެވެ. އެގޮތަށް އެ ބަދަލު ގެންނަން އެމްޕީއެލްގެ މެނޭޖުމަންޓަށް ފުރުސަތު ދޭން ނިންމީ އެއީ އެ ކުންފުނީގެ ވިޔަފާރީގެ ނިންމުމަކަށް ވާތީ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އެމްޕީއެލްއިން މި ފީތައް ކުރިން ވެސް ޑޮލަރުން ނެގި އެވެ. މިކަން ބަދަލުކުރީ 2011 ގައި އޭރު ވެރިކަމުގައި އޮތް އެމްޑީޕީގެ ސަރުކާރުން ދިވެހި ވިޔަފާރިތަކަށް ލުޔެއް ދިނުމަށް ކަމަށް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox