ހަބަރުފެކްޓް ޗެކް: ކެބިނެޓުގެ ނިންމުންތަކުގެ އަދަދު ދިމާނުވޭ
މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުންތަކުގައި ނިންމާ ކަންކަން ހާމަކުރަން ރައީސް އޮފީހުގެ ވެބްސައިޓުގައި ޕޭޖެއް ހާއްސަކުރާނެކަން ރައީސް އޮފީހުން އިއުލާނުކުރީ މި މެއި 6، ގަ. އެ ޕޭޖުން ފެންނަ ހުރި ނިންމުންތަކާ ރައީސް ވިދާޅުވި އަދަދާ އަޅާކިޔާލުމުން ފެނުނީ އެހެން މަންޒަރެއް
ހަބަރުމީޑިއާ ކައުންސިލަށް %94 ޝަކުވާ ހުށަހެޅީ ދައުލަތުގެ އިދާރާތަކުން
ނަމަވެސް މި އަހަރު ހުށަހެޅި ޝަކުވާތަކުގެ ތެރެއިން 94 އިންސައްތަ އަކީ ދައުލަތުގެ އިދާރާތަކުން. ބާކީ ހަ ޕަސެންޓުގެ ތެރެއިން އާންމު ފަރާތްތަކުން ހަތަރެއް އަދި ކުންފުނިތަކުން ދެ ޕަސެންޓު ޝަކުވާ ހުށަހެޅި ކަމަށް އެމްއެމްސީއިން ބުނި.
ހަބަރުގިރާވަރު ފަޅު ހިއްކަން ސީއެމްސީސީއަށް 46 މިލިއަން ރުފިޔާ ދީފި
ފައިސާ ދޫކުރުމާއެކު ބޮސްކާލިސް އިން ރާއްޖޭގައި ބިން ހިއްކުމަށް ގެންގުޅޭ ޑްރެޖަރު "ވިލަމް ވެން އޮރެންޖު" ގިރާވަރު ފަޅު ކައިރިއަށް ގޮސްފަ. ކަނޑު އުޅަނދުތަކުގެ ހަރަކާތްތައް ޓްރެކް ކުރާ ސައިޓުތަކުން ދައްކާގޮތުން އެ ޑްރެޖަރުން ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަދި ނުފަށަ.

