ޕީއެންސީގެ ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ކަމުން ތޯރިގު އިސްތިއުފާ ދީފި

މަހިބަދޫ ދާއިރާގެ މެންބަރު ތޯރިގު: އޭނާ ވަނީ ވެރިކަންކުރާ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަމުން އިސްތިއުފާދީފަ - ފޮޓޯ: މަޖިލިސް އިދާރާ

މަހިބަދޫ ދާއިރާގެ މެންބަރު ތޯރިގު: އޭނާ ވަނީ ވެރިކަންކުރާ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަމުން އިސްތިއުފާދީފަ - ފޮޓޯ: މަޖިލިސް އިދާރާ

ވެރިކަންކުރާ ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ނައިބު ލީޑަރު ކަމުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު އިސްތިއުފާ ދެއްވައިފި އެވެ.

އެ މަގާމުން ތޯރިގު އިސްތިއުފާ ދެއްވިކަން ޕީއެންސީގެ އިސް ބައެއް ބޭފުޅުން ވަނީ "އަދަދު" އަށް ކަށަވަރުކޮށްދީފަ އެވެ. އޭނާ އިސްތިއުފާ ދިނީ މިއަދު އެވެ. މިކަމާ ގުޅިގެން ތޯރިގުގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ ބަހެއް ނުލިބެ އެވެ.

"އަޅުގަނޑު އިސްތިއުފާ ދިނީ، މިވަގުތު އަމިއްލަ ކަންކަން ހުރިގޮތުން އެ މަސްއޫލިއްޔަތު އަދާކުރުމަށް ވަގުތު ދެވެން ނެތުމުގެ ސަބަބުން," މި ހަބަރު ޝާއިއުކުރި ފަހުން އެކްސްގައި ތޯރިގު ވިދާޅުވި އެވެ.

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ މެންބަރުންގެ ތެރޭގައި ވެސް އޭނާ ހިމެނިވަޑައިގަންނަވަ އެވެ. އެއީ, މަޖިލީހުގެ މެންބަރުކަން ކުރައްވާތާ އެންމެ ފަސްވަނައަށް އެންމެ ގިނަ މެންބަރުގެ ހައިސިއްޔަތުންނެވެ. އޭނާ މަހިބަދޫ ދާއިރާގެ މެންބަރުކަމަށް ފުރަތަމަ ހޮވުނީ އި 28، 2014 ގައި 17 ވަނަ މަޖިލީހަށެވެ.

ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމަށް ތޯރިގު އައްޔަންކުރައްވަން ނިންމެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މެއި 22، ގައި އެ ޕާޓީގެ ޕީޖީ ގްރޫޕާއެކު ބޭއްވި ބައްދަލުވުމެއްގައި އެމަނިކުފާނެވެ. އޭނާގެ އިތުރުންވެސް ތިން ޑެޕިއުޓީން އައްޔަންކުރެއްވި އެވެ.

ޕީއެންސީގެ މަގާމުން ތޯރިގު އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ޔަގީން ނުވި ނަމަވެސް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްގެ މަގާމަށް އައުމަށް އޭނާ ކެމްޕޭން ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާކަން ވަނީ އެނގިފަ އެވެ.

އެ މަގާމުގައި ކުރިން ހުންނެވި ބައްސާމް އަދީލް ޖަލީލް މަގާމުން ދުރުކޮށް، ހިންގުން ނޯމަލައިޒިން ކޮމިޓީ އަކާ ހަވާލުކުރަން ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ވަނީ ނިންމާފަ އެވެ. އަދި، އެ އެ ކޮމިޓީގެ އިސް ފަރާތަކަށް، ވިޔަފާރިވެރިޔާ، މުހައްމަދު އަލީ ޖަނާ (ޖަނާ) ހަމަޖައްސަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ޖަނާހު އަކީ ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ދާއިރާއިން ރައީސް މުއިއްޒު އަށް ލަފާ އަރުވާ އިސް އެޑްވައިޒަރެވެ.

އެފްއޭއެމްގެ ހާލަތާ ގުޅޭގޮތުން ޖުލައި 23، ގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވަނީ ދިވެހި ފުޓްބޯޅަ ސަލާމަތްކުރުމުގެ އެއް މަސައްކަތް ނިމުނީ ކަމަށާއި މޫލާފައިވާ ވަކިތަކުން ފުޓްބޯޅަ ސަލާމަތްކުރަން އިތުރު މަސައްކަތްކުރަން ޖެހޭ ކަމަށްވެސް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝާހިދު ހައްޔަރުކޮށްފައި ވަނީ ކުއްޖާގެ ބަހެއް ނެތި: ވަކީލުން

ވަކީލުންގެ ބަޔާނުގައި މި މައްސަލަ ތަހުގީގު ކުރަނީ އާންމު އުސޫލުތަކާ ހިލާފަށް ކަމަށާއި، މިއީ ސިޔާސީ މަގްސަދެއްގައި ހިންގާ ކަމެއްގެ ގޮތުގައި ތުހުމަތުކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ކެރެޓު އަގުބޮޑުވި މައްސަލަ ހައްލުކުރެވިއްޖެ: ސައީދު

ބާޒާރުގައި ކެރެޓުގެ އަގު އުފުލުނީ ސަޕްލައި ކުރުމުގައި ދިމާވި މައްސަލައަކުން ކަމަށާއި، މިހާރު އެކަން ހައްލުކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވީ މުދާ ކްލިއާ ކުރެވިފައިވާތީ މާދަމާއިން ފެށިގެން ބާޒާރުގައި ކެރެޓުގެ އަގު ހެޔޮވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އަސްކޮއިގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ 109 މީހެއްގެ އަތުން 2.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި އަސްކޮއެ ޓްރެވަލްސްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އެ ކުންފުންޏަށް ދީފައިވާ އުމްރާގެ ހުއްދަ މުއްދަތެއް ނެތް ގޮތަށް ހިފަހައްޓާފައެވެ.

ރިއަލް އެސްޓޭޓް ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ބިލާ މެދު ކަންބޮޑުވުން ހުރި ފަރާތްތަކުން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ކުރިން ޚިޔާލު ހުށަހެޅުމަށް އެދިފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލަމުންނެވެ.

އެމްޑީޕީން ކުރާ މުޒާހަރާއަށް އެއްބާރުލުން ދޭން ގޮވާލައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވާ ބޮޑު އެއްވުން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ރެއަށް އަވަސްކޮށް، އެމްޑީޕީން ހުކުރު ދުވަހު ބާއްވާ މުޒާހަރާގައި ބައިވެރިވުމަށް އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

ޝާހިދު ހައްޔަރުކުރި އަމުރު ހައި ކޯޓުން ދަމަހައްޓައިފި

ޝާހިދުގެ ފަރާތުން މި އަމުރު އިސްތިއުނާފު ކުރި ނަމަވެސް، ހައިކޯޓުން ނިންމީ ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ މި ތުހުމަތުތައް ދޮގުކުރައްވައި، މިއީ ސިޔާސީ ގޮތުން ހިންގާ އަމަލެއް ކަމަށް ވިދާޅުވެފައެވެ.

ރަސްމާލެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ފުރުސަތު އަންނަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށާއި، ކަމާގުޅޭ މިނިސްޓްރީތަކާއި އިދާރާތައް ކޮމިޓީއަށް ހާޒިރުކޮށްގެން ލަފާ ހޯދުމަށް ވެސް ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox