ގިރާވަރު ފަޅު ހިއްކަން ސީއެމްސީސީއަށް 46 މިލިއަން ރުފިޔާ ދީފި

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތުގެ ތެރެއިން: އެ މަޝްރޫއު ނިންމުމަށް ސަރުކާރުން ވަނީ ސީއެމްސީސީއަށް 46 މިލިއަން ޑޮލަރު ދީފަ --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތުގެ ތެރެއިން: އެ މަޝްރޫއު ނިންމުމަށް ސަރުކާރުން ވަނީ ސީއެމްސީސީއަށް 46 މިލިއަން ޑޮލަރު ދީފަ --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ މީހުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރު ފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމުމަށް ސަރުކާރުން އެ މަސައްކަތް ކުރާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް 46 މިލިއަން ރުފިޔާ ދީފި އެވެ.

"އަދަދު" އަށް ކަށަވަރުވެފައިވާ ގޮތުގައި ފިނޭންސް މިނިސްޓްރީން މި ފައިސާ ދޫކުރީ ގިރާވަރު ތަރައްގީކުރަން ހަވާލުކޮށްފައިވާ ފަންޑު މެނޭޖުމަންޓު ކޯޕަރޭޝަނާ އެވެ. އެ ކުންފުނިން ޖުލައި 23، ގައި ވަނީ އެ ފައިސާ ބިން ހިއްކުމުގެ މަސައްކަތް ކުރާ ސީއެމްސީސީއަށް ދީފަ އެވެ.

ގިރާވަރު ފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ކުރަނީ ނެދަލޭންޑްސްގެ ބޮސްކާލިސް އިންނެވެ. އެ މަޝްރޫއު ހިންގަނީ ސީއެމްސީސީ އަދި ބޮސްކާލިސް އިން އެކުގައި ހަދާފައިވާ ޖޮއިންޓް ވެންޗާ އަކުންނެވެ.

Advertisement

މި ސަރުކާރުން ހިންގާ އެންމެ ބޮޑު ތަރައްގީގެ މަޝްރޫއު ކަމަށްވާ ފުށިދިއްގަރު ހިއްކުމުގެ މަސައްކަތްވެސް ސަރުކާރުން ފުރަތަމަ ހަވާލުކުރީ ސީއެމްސީސީއާ އެވެ. ނަމަވެސް އެ އެއްބަސްވުން މިހާރު ވަނީ ބާތިލުކޮށްފަ އެވެ. އަށް މަހުން ނިންމާނެ ކަމަށް ބުނެ ފެށި އެ މަޝްރޫއަށް ހަތް މަސްވީއުރު ހިއްކަން ނިންމި ބިމުގެ ތިން ޕަސެންޓުވެސް ނުނިމެ އެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު އަންގައިދޭ ސެޓެލައިޓް ފޮޓޯތަކެއް؛ ކަނާތް ފަޅީގައި އެންމެ ފަހުން ލިބެންހުރި ސެޓެލައިޓް ފޮޓޮއާ ހަމައަށް ހިއްކާ ނިމުނު ވަރު އަދި ވާތް ފަޅީގައި މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ހިއްކާފައިވާ މިންވަރު --- ފޮޓޯ: މެކްސާ ޓެކްނޮލޮޖީސް
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު އަންގައިދޭ ސެޓެލައިޓް ފޮޓޯތަކެއް؛ ކަނާތް ފަޅީގައި އެންމެ ފަހުން ލިބެންހުރި ސެޓެލައިޓް ފޮޓޮއާ ހަމައަށް ހިއްކާ ނިމުނު ވަރު އަދި ވާތް ފަޅީގައި މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ހިއްކާފައިވާ މިންވަރު --- ފޮޓޯ: މެކްސާ ޓެކްނޮލޮޖީސް

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު އަންގައިދޭ ސެޓެލައިޓް ފޮޓޯތަކެއް؛ ކަނާތް ފަޅީގައި އެންމެ ފަހުން ލިބެންހުރި ސެޓެލައިޓް ފޮޓޮއާ ހަމައަށް ހިއްކާ ނިމުނު ވަރު އަދި ވާތް ފަޅީގައި މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ހިއްކާފައިވާ މިންވަރު --- ފޮޓޯ: މެކްސާ ޓެކްނޮލޮޖީސް

ފައިސާ ދޫކުރުމާއެކު ބޮސްކާލިސް އިން ރާއްޖޭގައި ބިން ހިއްކުމަށް ގެންގުޅޭ ޑްރެޖަރު "ވިލަމް ވެން އޮރެންޖު" ގިރާވަރު ފަޅު ކައިރިއަށް ގޮސްފައިވެ އެވެ. ނަމަވެސް ކަނޑު އުޅަނދުތަކުގެ ހަރަކާތްތައް ޓްރެކް ކުރާ ސައިޓުތަކުން ދައްކާ ގޮތުން އެ ޑްރެޖަރުން ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަދި ނުފަށަ އެވެ.

ތިން ފިޔަވައްސަކަށް ބަހާލައިގެން ހިއްކާ ގިރާވަރު ފަޅުގެ ފުރަތަމަ ދެ ފިޔަވަހީގެ މަސައްކަތް ނިންމުމަށް މިހާރު ކުރިއަށް ދަނީ ތިންވަނަ ފިޔަވަހީގެ ދަށުން ހިއްކަން ޖެހޭ 90 ހެކްޓަރު ހިއްކުމުގެ މަސައްކަތެވެ.

ސަރުކާރުން މި މަޝްރޫއުގެ ތަފުސީލެއް ހާމަނުކުރި ނަމަވެސް، ސެޓްލައިޓު ފޮޓޯތައް ދައްކާ ގޮތުން މަޝްރޫއުގެ 80 ޕަސެންޓު ވަރު ހިއްކާ ނިމިއްޖެ ކަމަށް އަންދާޒާކުރެވެ އެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދޫކޮށްފައިވާ ބިން ހިއްކުމުގެ ހުއްދަ ހަމަވަނީ އަންނަ މަހުގެ 12 ގަ އެވެ. އެހެންކަމުން ކުރިއަށް އޮތް 22 ދުވަހުގެ ތެރޭގައި ގިރާވަރު ފަޅު އެއްކޮށް ހިއްކައި ނިންމަން ޖެހޭނެ އެވެ. ނޫނީ އީޕީއޭގައި އެދިގެން ހުއްދައިގެ މުއްދަތު އިތުރުކުރަން ޖެހޭނެ އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރުފަޅުން ވެސް ގިނަ އަދަދެއްގެ ގޯތިތަކެއް ދޫކޮށްފައިވާއިރު، މި ސަރުކާރުން ވަނީ އެތަނުން ގޯތިތަން ގުޅީފަޅަށް ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. މި ފުރުސަތުގައި 2210 މީހުން އެ ކަމަށް އެދި ފޯމު ހުށަހެޅި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox