ދިޔާނާ އާއި އާޒިމާ ރާއްޖޭގެ ދުސްތޫރީ އޮނިގަނޑާ ގުޅޭ ދިރާސާއެއް ކުރަނީ

ކުރީގެ ދެ ބަންޑާރަނައިބުން ކަމަށްވާ ދިޔާނާ (ވ) އަދި އާޒިމާ (ކ) ---

ކުރީގެ ދެ ބަންޑާރަނައިބުން ކަމަށްވާ ދިޔާނާ (ވ) އަދި އާޒިމާ (ކ) ---

ކުރީގެ ދެ ބަންޑާރަނައިބުން ކަމަށްވާ ދިޔާނާ ސައިދާއި އާޒިމާ ޝުކޫރު އިސްވެ ތިއްބަވާ ރާއްޖޭގެ ދުސްތޫރީ އޮނިގަނޑާއި އެ އޮނިގަނޑުގެ ދަށުން ދައުލަތް ހިންގުމާ ގުޅޭ ދިރާސާއެއް ކުރަން ނިންމައިފި އެވެ.

މި ދިރާސާއާ ގުޅޭގޮތުން "އަދަދު" އާ ވާހަކަދައްކަވަމުން އެ ދެ ބޭފުޅުން ވިދާޅުވީ މިއީ އިލްމީ އަދި ފަންނީ މަސައްކަތެއް ކަމަށެވެ. ފެހި ގާނޫނު އަސާސީ ތަސްދީގުކުރި ފަހުން މިފަދަ ދިރާސާއެއް ކުރެވިފައި ނުވާތީ މިއީ މުހިންމު، އަދި ދުސްތޫރީ މުސްތަގުބަލު ކަނޑައެޅުމުގައި ފައިދާވާނެ ކަމެއްކަންވެސް އެބޭފުޅުން ފާހަގަކުރެވި އެވެ.

"ގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތުގައި ބައިވެރިވި. އަދި ގާނޫނުއަސާސީ ތަންފީޒުކުރުމުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުނު ބައެއްގެ ހައިސިއްޔަތުން، މިފަދަ މަސައްކަތެއްކޮށް، ލިޔެ، ރިކޯޑުކޮށް، މިހާރުގެ ދިވެހި މުޖްތަމައަށާއި، ކިޔަވާކުދިންނަށާއި އަދި މުސްތަގުބަލަށް ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް" ލިޔުމުން މި ނޫހަށް ދިން މައުލޫމާތުގައި ކުރީގެ ދެ އޭޖީއިން ވިދާޅުވި އެވެ.

Advertisement

މި ދިރާސާގައި ގާނޫނު އަސާސީ ބަޔާންކުރާ ހަމަތަކާއި ދައުލަތް ހިންގުމާއި ގާނޫނަށް އަމަލުކުރުމުގާ މިހާތަނަށް ކަން ހިނގާފައިވާ ގޮތްތަކަށް ބަލާ ކުރިއަށް އޮތްތަނުގައި ގާނޫނަށް ގެންނަން ފެންނަ ބަދަލުތައް ފާހަގަކުރާނެ އެވެ.

އާޒިމާ އަދި ދިޔާނާގެ އިތުރުން މި މަސައްކަތުގައި ބައިނަލްއަގުވާމީ ފަސް ތަޖުރިބާކާރަކު ބައިވެރިވާނެ އެވެ. ދިރާސާގެ ޕްލެޓްފޯމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މޯލްޑިވްސް ސެންޓާ ފޯ ޕޮލިސީ ސްޓަޑީޒް އެވެ.

ދިރާސާއާ ގުޅޭ އިތުރު މައުލޫމާތު އަންނަ ހަފުތާގެ ތެރޭ އާންމު ކުރާނެ ކަމަށްވެސް ދެ ބޭފުޅުން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox