ޕީއެންސީގެ ލީޑަޝިޕުން ދިނީ ސިޔާސީ މުވައްޒަފުން އިތުރު ކުރާނެ ކަމުގެ އިޝާރާތެއް

މަޖިލިސް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް ޕީއެންސީއިން ބޭއްވި ޖަލްސާގެ ތެރެއިން ރައީސް މުއިއްޒު އަދި ޕާޓީގެ އިސްވެރިން --- ފޮޓޯ: އަދަދު

މަޖިލިސް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް ޕީއެންސީއިން ބޭއްވި ޖަލްސާގެ ތެރެއިން ރައީސް މުއިއްޒު އަދި ޕާޓީގެ އިސްވެރިން --- ފޮޓޯ: އަދަދު

މި ސަރުކާރުން 700 ގައި ހިފަހައްޓާނެ ކަމަށް ވައުދުވި ސިޔާސީ މުވައްޒަފުންގެ ގޮތުގައި މިހާރު ތިބި މީހުންގެ އިތުރަށް، އަދިވެސް ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރާނެ ކަމުގެ އިޝާރާތެއް ވެރިކަންކުރާ ޕީއެންސީގެ އިސްވެރިން ދެއްވައިފި އެވެ.

މިރޭ ޕީއެންސީގެ ޖަގަހާގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ، ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދު ގިނައޭ ކިޔާ ފާޑުކިޔަސް އެއީ ބޭރު ކަރައަކުން އައިސް ތިބި ބައެއް ނޫން ކަމަށެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެތްތެރިކަމާއި ހިކުމަތްތެރިކަމާއި އޯގާތެރިކަމުން މީގެކުރިންވެސް އެ ވަޒީފާތަކުގައި ތިއްބެވި ބޭފުޅުން ތިއްބެވީ، އެއީ ދިވެހި ރައްޔިތުންނަށްޓަކާ އެމަނިކުފާނުގެ ހިތްޕުޅުގަ އޮތް ލޯތްބާއި ހަމްދަރުދީއާ. އެމަނިކުފާނު ރާއްޖޭގެ ކޮންމެ ރައްޔިތަކީވެސް ހަމަހަމަ ބޭފުޅެއްކަން ރަނގަޅަށް ވަޒަން ކުރައްވާކަމުގެ ރަނގަޅު މިސާލެއް،" އޭނާ ވިދާޅުވި އެވެ.

އަދި، ޕީއެންސީގެ ސަޕޯޓަރުން ވަގުތުކޮޅެއް ދީފިނަމަ އެ ފަރާތްތަކުން ބޭނުންވާ ކަންކަން ފުރިހަމަ ވެގެންދާނެ ކަމަށްވެސް އާދަމް ޝަރީފު ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ ތިބޭފުޅުން ވަގުތުކޮޅެއް އަޅުގަނޑުމެންނަށް ދެއްވާށޭ، އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގައި ކޮންގްރެސް ޕާޓީ ވެރިކަމަށް ގެންނައުމަށްޓަކާ މަސައްކަތް ކުރެއްވި ބޭފުޅުންނަށް އެބޭފުޅުންގެ އުންމީދުތަކާއި އެބޭފުޅުން ދެކިވަޑައިގަންނަވާ މުސްތަގުބަލު އިރާދަކުރެއްވިއްޔާ. ތިޔަ ބޭފުޅުންނަށް ފުރުސަތުތައް ފަހިވެގެންދާނެ"

އާދަމް ޝަރީފު މިހެން ވިދާޅުވީ ޕީއެންސީއާއެކު ވަރަށް ގިނަ ގުރުބާނީތައްވި ގިނަ ބަޔަކު އަދިވެސް ވަޒީފާތައް ނުލިބި އެބަތިބި ކަމަށް ވިދާޅުވުމަށްފަހު އެވެ.

މި ވާހަކައަށް އިތުރަށް ހިތްވަރު ދެއްވީ އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސަލީމު އެވެ. އެގޮތުން، ސިޔާސީ މަގާމުތައް ގިނަވަނީ ދައުލަތް ވަރުގަދައަށް ހިނގާތީ ކަމަށާއި އަދިވެސް އެ އަދަދު އިތުރުވެދާނެ ކަމަށެވެ.

"ދައުލަތް ވަރުގަދައަށް ހިނގާކަމުގަ ވަންޏާ ސިޔާސީ މަގާމުތައް އަދިވެސް މި ޖެހެނީ އަޅުގަނޑުމެންނަށް އިތުރުކުރަން. މިއަކީ އަޅުގަނޑުމެން ކަންބޮޑުވާންޖެހޭ ކަމެއް ނޫން. މި ސިޔާސީ މަގާމެއް ދޭ ކޮންމެ ރައްޔިތތަކީވެސް އަޅުގަނޑުމެން ގަބާލުކުރަންޖެހޭނެ މިއީ ބަންގްލަދޭޝް މީހެއްނޫނީ އިންޑިއާ މީހެއް ނޫން މިއީ ދިވެހި ރައްޔިތުން،"

ސަލީމް ވިދާޅުވީ އެ ކޮންމެ މީހެއްގެވެސް ދިވެހި އާއިލާއެއް އޮންނާނެ ކަމަށާއި އެ މީހުން ދިރިއުޅުމަށް މަގާމާއި ފައިސާވެސް ބޭނުންވާނެ ކަމަށެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދު އިތުރު ކުރާނެ ކަމުގެ އިޝާރާތެއް ޕީއެންސީގެ އިސްވެރިން ދީފައި މިވަނީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް އެ މަގާމުތަކުގައި ތިބި މީހުންގެ އަދަދު މަދުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިތާ މަހެއް ފަހުންނެވެ.

ރައީސް އެހެން ވިދާޅުވިއިރުވެސް 700 ގައި ސިޔާސީ މުވައްޒަފުންގެ އަދަދު ހިފެހެއްޓުމަށް ވެވަޑައިގެންނެވި ވައުދާ ވަނީ ހިލާފުވެފަ އެވެ.

އެގޮތުން މި އަހަރުގެ މެއި މަހާ ހަމައަށް 18 މިނިސްޓްރީގައި 799 ސިޔާސީ މުވައްޒަފުން ތިބި ކަން މިނިސްޓްރީތަކުން ދިން މައުލޫމާތުތަކުން ކަށަވަރުވެފައިވެ އެވެ. އޭގެ ފަހުންވެސް އެތައް ބަޔަކަށް ސިޔާސީ މަގާމުތައް ވަނީ ދީފަ އެވެ.

ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދު ރަސްމީކޮށް ހާމަކުރުމަށް ރައީސް އޮފީހުން ވަނީ ތަކުރާރުކޮށް ދެކޮޅު ހަދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox