ފެންނަ ނުފެންނަ ވޯޓެއް ނަގައިފިނަމަ ގިނަ ބަޔަކު ތާއީދުކުރާނީ ކަތީބު ސިސްޓަމަކަށް: ސައުދުﷲ

 ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ: އޭނާ ވިދާޅުވީ ފެންނަ ނުފެންނަ ވޯޓެއް ނަގައިފިނަމަ ގިނަ ބަޔަކު ތާއީދުކުރާނީ "ކަތީބު ސިސްޓަމް" އަކަށް ކަމަށް --- ފޮޓޯ: މަޖިލިސް އިދާރާ

ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ: އޭނާ ވިދާޅުވީ ފެންނަ ނުފެންނަ ވޯޓެއް ނަގައިފިނަމަ ގިނަ ބަޔަކު ތާއީދުކުރާނީ "ކަތީބު ސިސްޓަމް" އަކަށް ކަމަށް --- ފޮޓޯ: މަޖިލިސް އިދާރާ

ލާމަރުކަޒީ ނިޒާމުގެ ދަށުން ރާއްޖޭގެ ރަށްތައް ހިންގުމަށް މިހާރު އެކުލަވާލާފައިވާ ކައުންސިލްތަކުގެ ބަދަލުގައި ރައްޔިތުންގެ ގިނަ ބަޔަކު ތާއީދުކުރާނީ ކުރީގަ އޮތް ކަތީބު ސިސްޓަމަށް ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ، ލޯކަލް ކައުންސިލްތަކުން ހުސްވާ ގޮނޑިތަކަށް މެންބަރުން ހޮވުމަށް ބާއްވާ ބައި އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބޭއްވުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލުގެ ބަހުސްގައި ވާހަކަ ދައްކަމުންނެވެ.

ކައުންސިލްތަކަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށާއި ގިނަ ބަޔަކު ކުރީގައި އޮތް ކަތީބު ސިސްޓަމް މާ ރަނގަޅު ކަމަށް ބުނަމުންދާ ކަމަށް ވެރިކަންކުރާ ޕީއެންސީގެ މެންބަރު ވަނީ ވިދާޅުވެފަ އެވެ. އަދި، ކަތީބުންނަށް ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް ވެރިކަންކުރަން އިނގުނު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ ހަމަ މިހާރުވެސް ވޯޓެއް ލައިފިއްޔާމު, ފެންނަ ނުފެންނަ ވޯޓެއް ލައިފިއްޔާ, ދިވެހި ރާއްޖޭގެ ގިނަ ރައްޔިތުން ތާއީދުކުރާނީ ކަތީބު ސިސްޓަމަށް."

އެހެން ވިދާޅުވުމަށްފަހު ސައުދުﷲ ވަނީ ނަމަވެސް މިއީ ކަތީބު ސިސްޓަމުގެ ޒަމާނެއް ނޫން ކަމަށާއި މިއީ އިންތިހާބީ ޒަމާނެއް ކަމުން ކޮންމެވެސް ބަޔަކު އިންތިހާބު ކުރަން ޖެހޭނެ ކަމަށް ވިދާޅުވެ، ލޯކަލް ކައުންސިލްތަކަށް ހޮވަންވީ ހަމައެކަނި ރައީސަކާއި ނައިބު ރައީސެއް ކަމަށް ވިދާޅުވެފަ އެވެ.

އަދި، ކައުންސިލްގައި ބާކީ ތިބޭ މެންބަރުންނަކީ އިއުލާނުކޮށްގެން އެ "ވަޒީފާ" އަށް ނެގޭ މެންބަރުން ކަމަށް ހެދުމަށް ފެންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ރަށްތަކުގެ ހިންގުމަށް ކުރިން އޮތް ކަތީބު ސިސްޓަމުގައި ރަށްރަށުގެ ވެރިން އައްޔަން ކުރަނީ ރައީސުލްޖުމްހުރިއްޔާގެ ބެލުމުގެ ދަށުން އޭރު އޮތް އެޓޯލްސް މިނިސްޓްރީންނެވެ. އޭގެ ކުރިން އެކަން ކުރީ ރަސްރަސްކަލުންގެ ބެލުމުގެ ދަށުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox