މިނިސްޓަރު ހެއްދެވީ ދޮގު، އަމަލީ މަސައްކަތް ފަށާފައިވާ 17 މަޝްރޫއެއް މަޑުޖައްސައިލަން އެމްޓީސީސީއަށް އެންގި

ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު: އެމްޓީސީސީގެ މަޝްރޫއުތައ މަޑުޖައްސާލަން އެންގީ އެ މިނިސްޓްރީން --- ފޮޓޯ: އަދަދު

ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު: އެމްޓީސީސީގެ މަޝްރޫއުތައ މަޑުޖައްސާލަން އެންގީ އެ މިނިސްޓްރީން --- ފޮޓޯ: އަދަދު

ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ތެރެއިން އަމަލީ މަސައްކަތް ފަށާފައިވާ އެއްވެސް މަޝްރޫއެއް ހުއްޓައިލަން އަންގާފައި ނުވާނެ ކަމަށް ވިދާޅުވެ، ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ދޮގުހައްދަވައިފި އެވެ.

މި އަހަރުގެ ބަޖެޓުގައި ހިމެނޭ މަޝްރޫއުތައް ރީ-ޕްރިއޮރަޓައިޒް ކުރުމަށް ކަމަށް ބުނެ އެމްޓީސީސީއިން ހިންގާ 60 މަޝްރޫއެއް ވަގުތީގޮތުން މަޑުޖައްސާލަން އެންގީ މިއަދު އެވެ. އޭގެ ތެރޭގައި "އޮންގޮއިން" ނުވަތަ ހިނގަމުންދާ މަޝްރޫއުތަކުގެ ގޮތުގައި 17 މަޝްރޫއެއް ހިމަނާފައިވެ އެވެ.

އެކަމާ ގުޅިގެން މިނިސްޓަރު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އަމަލީ މަސައްކަތް ފަށާފައިވާ އެއްވެސް މަޝްރޫއެއް މަޑުޖައްސާލަން ނިންމާފައި ނުވާ ކަމަށެވެ. އަދި، އެހެން މަޝްރޫއުތައް މަޑުޖައްސާލީ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ މިންވަރަށް ފާސްކޮށްފައިވާ 2024 ގެ ބަޖެޓުގައި ފައިސާ ހިމަނާފައިނުވުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

Advertisement

ނަމަވެސް، މިނިސްޓްރީން މަޑުޖައްސާލަން އެންގި މަޝްރޫއުތަކުގެ ލިސްޓު "އަދަދު" އަށް ވަނީ ލިބިފަ އެވެ. އޭގެ ތެރެއިން ހިނގަމުންދާ މަޝްރޫއުތަކުގެ ތެރެއިން ހަތް މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެންނަ ޕޯސްޓުތައް އެ ކުންފުނީގެ ރަސްމީ އެކްސް ހޭންޑަލުގައިވެސް އެބަހުއްޓެވެ.

އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ލިސްޓުގައިވާ މަޝްރޫއުތައް

މަޝްރޫއުތައް މަޑުޖައްސައިލަން ސަރުކާރުން ނިންމާފައި މިވަނީ، ރާއްޖޭގެ މާލީ ހާލަތު ގޯސްވެ ހަރަދުކުޑަކުރުމަށް ގިނަ ފިަޔަވަޅުތަކެއް އަޅަން ނިންމާފައިވަނިކޮށެވެ.

އަމަލީ މަސައްކަތް ފެށިފައިވާ މަޝްރޫއުއެއް ހުއްޓައިނުލައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު ރިޔާސީ ކެމްޕޭނުގައި ވިދާޅުވި އެވެ.

"އެއްވެސް މަޝްރޫއުއެއް ހުއްޓާނުލާނަން. ހިނގަމުންދާ އެއްވެސް މަޝްރޫއެއް ވެސް، އަނދުން އަޅުވަން ކުރާ ކަމެއް ވިޔަސް ހުއްޓައެއް ނުލާނަން. އެއަށްވުރެ ރަނގަޅަށް އެކަންކަން ކުރާނަން. ކަންބޮޑުވާނެ ކަމެއް ނެތް، ފެށިފައިހުރި ކަމެއް ހުއްޓައެއް ނުލާން،" އޮގަސްޓު 28، 2023 ގައި ގއ. މާމެންދޫގައި ހުންނަވާ ރައީސް ވިދާޅުވި އެވެ.

ނަމަވެސް ސަރުކާރަށް ދެތިން މަސްވުމާއެކު އިދިކޮޅުން ދިޔައީ ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށާއި ޕީއެސްއައިޕީ މަޝްރޫއުތަކަށް ކުރާ ހަރަދުވެސް މަދުވެފައިވާ ކަމަށް ތުހުމަތުކުރަމުންނެވެ. ސަރުކާރުން ތަކުރާރުކޮށް ދަނީ އެ ވާހަކަތައް ދޮގުކުރަމުންނެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox