ފެކްޓް ޗެކް: ރައީސް ވިދާޅުވި އަދަދަށް ކެބިނެޓްގެ ނިންމުންތައް ހުރިކަމަކަށް ވެބްސަައިޓަކުން ނުފެނޭ

ކެބިނެޓު ބައްދަލުވުމެއްގެ ތެރެއިން ރައީސް މުއިއްޒު އަދި ބައެއް ވަޒީރުން -- ފޮޓޯ: ރައީސް އޮފީސް

ކެބިނެޓު ބައްދަލުވުމެއްގެ ތެރެއިން ރައީސް މުއިއްޒު އަދި ބައެއް ވަޒީރުން -- ފޮޓޯ: ރައީސް އޮފީސް

މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮޅު ގަޑިއެއްހާ އިރު ވަންދެން ދެއްކެވި ވާހަކައިގެ ތެރެއިން ގިނަ ބަޔަކު އަޅައިގަތް އެއް ކަމަކީ މި ވެރިކަމުގެ ކާމިޔާބީއެއްގެ ގޮތުގައި ކެބިނެޓުގެ ބައްދަލުވުންތަކުގެ އަދަދާއި ނިންމުންތައް ފާހަގަކުރެއްވުމެވެ.

އެމަނިކުފާނުވެސް ވަޒީރުކަން ކުރެއްވި ޕީޕީއެމްގެ ވެރިކަމާއި ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގެ މަސައްކަތް މަދުކަމާއި ދުވެލި މަޑުކަން ދެއްކުމަށް އެ ސަރުކާރުތަކުގެ ކެބިނެޓު ނިންމުންތަކުގެ އަދަދުވެސް ރައީސް ހާމަކުރެއްވި އެވެ.

މި ވެރިކަމުގެ ފުރަތަމަ އަށް މަހު ކެބިނެޓުގެ 17 ބައްދަލުވުމެއް ބާއްވައި 225 ނިންމުމެއް ނިންމި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އާދެ، މިއަދާ ހަމަޔަށް އައިއިރުގަ. މި ވޭތުވެދިޔަ އަށް މަސް ދުވަހުގެ ތެރޭގަ. އަޅުގަނޑުމެން ވަޒީރުންގެ މަޖިލީހުގެ 17 ބައްދަލުވުން ބޭއްވި. 225 ނިންމުމެއް ވާނީ ނިންމާފައި. އާދެ، 225 ނިންމުމެއް ނިންމި ވާހަކަ ދަންނަވާއިރުގަ. އެއީ، ވަރަށް ގިނަ މަޝްވަރާތައް. ވަރަށް ގިނަ ކަންކަން," އެމަނިކުފާނު އެރޭ ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގެ އެ މުއްދަތުގައި ކެބިނެޓުގެ ހަތް ބައްދަލުވުމަކުން ނިންމީ އަށް ކަމެއް ކަމަށާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ އަށް މަހު ބޭއްވި ކެބިނެޓުގެ 14 ބައްދަލުވުމުން ނިންމީ 34 ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވީ ފަހުރުވެރިކަމާއެކު އެވެ.

މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުންތަކުގައި ނިންމާ ކަންކަން ހާމަކުރަން ރައީސް އޮފީހުގެ ވެބްސައިޓުގައި ޕޭޖެއް ހާއްސަކުރާނެކަން ރައީސް އޮފީހުން އިއުލާނުކުރީ މި މެއި 6، ގަ އެވެ. އެ ޕޭޖުން ފެންނަ ހުރި ނިންމުންތަކާ ރައީސް ވިދާޅުވި އަދަދާ އަޅައިކިޔާލުމުން ފެނުނީ އެހެން މަންޒަރެކެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވި ބައްދަލުވުންތަކުގެ އަދަދުވެސް އަދި ނިންމުންތަކުގެ އަދަދުވެސް ރައީސް އޮފީހުގެ ވެބްސައިޓާ ދިމައެއް ނުވެ އެވެ. ބައްދަލުވުންތައް ވީ އިތުރެވެ. ނިންމުންތައް ވީ މަދެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ގޮތުން ޖުލައި 26، އާ ހަމައަށް މި ވެރިކަމުގައި ކެބިނެޓުގެ 20 ބައްދަލުވުމެއް ބޭއްވި އެވެ. އެއީ ނޮވެމްބަރު މަހު އެއް ބަދަލުވުން، ޑިސެމްބަރު މަހު ފަސް ބައްދަލުވުން، ޖެނުއަރީ މަހު ހަތަރު ބައްދަލުވުން، ފެބްރުއަރީ މަހު ދެ ބައްދަލުވުން، މާޗު، އެޕްރީލް، އަދި މެއި މަހު އެއް ބައްދަލުވުމުގެ އިތުރުން ޖޫން މަހު ބޭއްވި ހަތަރު ބައްދަލުވުމާއި ޖުލައި މަހު ބޭއްވި އެއް ބައްދަލުވުމެވެ.

އެ ބައްދަލުވުންތަކައި ނިންމި ކަންކަމުގެ ގޮތުގައި ރައީސް އޮފީހުން ބުނާ އަދަދަކީ 136 އެވެ. އޭގެ ތެރެއިން ޑިސެމްބަރު މަހުގެ އެކަނި 97 ނިންމުމެއް ވަޒީރުންގެ މަޖިލީހުން ނިންމި އެވެ. މިއީ ރައީސް ވިދާޅުވި އަދަދަށްވުރެ 89 ނިންމުން މަދު އަދަދެކެވެ.

ރައީސް އޮފީހުގެ ވެބްސައިޓުން ކެބިނެޓުގެ ހުރިހާ ނިންމުމެއް ފެންނަން ހުންނާނެތޯ އެހުމުން، އެ އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު "އަދަދު" އަށް ވިދާޅުވީ ކެބިނެޓުގެ ހުރިހާ ނިންމުމެއްވެސް ފެންނަން ހުންނާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox