މާލީ ތާށިކަން ބޮޑުވެ، މަޝްރޫއުތައް މަޑުޖައްސައިލަން އެމްޓީސީސީ އަށް އަންގައިފި

ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު: އެމްޓީސީސީގެ މަޝްރޫއުތައ މަޑުޖައްސާލަން އެންގީ އެ މިނިސްޓްރީން --- ފޮޓޯ: އަދަދު

ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު: އެމްޓީސީސީގެ މަޝްރޫއުތައ މަޑުޖައްސާލަން އެންގީ އެ މިނިސްޓްރީން --- ފޮޓޯ: އަދަދު

ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއުތައް މަޑުޖައްސައިލަން ކޮންސްޓްރަކްޝަން މިނިސްޓްރީން އެ ކުންފުންޏަށް އަންގައިފި އެވެ.

މަޝްރޫއުތައް މަޑުޖައްސައިލަނީ ރާއްޖެއަށް ދިމާވާ މާލީ ތާށިކަން ބޮޑުވެ މަޝްރޫއުތައް ރީ-ޕްރިއޮރަޓައިޒް ކުރުމަށް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޓީސީސީ އަށް ފޮނުވި ސިޓީގައި ބުނެފައި ވެ އެވެ.

މަޝްރޫއުތައް މަޑުޖައްސައިލަން އެދި ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޓީސީސީ އަށް މިއަދު ފޮނުވި ސިޓީ "އަދަދު" އަށް ވަނީ ލިބިފަ އެވެ.

Advertisement

އެ ސިޓީގައި ބުނެފައިވާ ގޮތުން މަޝްރޫއުތައް ހުއްޓައިލަނީ ވަގުތީ ގޮތުންނެވެ. އެއީ ދައުލަތުގެ ހަރަދުތައް ކުޑަކުރަން އަޅާ ފިޔަވަޅުތަކުގެ ތެރެއިން މި އަހަރުގެ ބަޖެޓުގައި ހިމެނޭ މަޝްރޫއުތައް ރީ-ޕްރިއޮރަޓައިޒް ކުރުމަށް އެކުލަވައިލި ޕްލޭންގެ ދަށުން އަޅާ ފިޔަވަޅެއް ކަމަށްވެސް މިނިސްޓްރީން އެމްޓީސީސީއަށް ފޮނުވި ސިޓީގައި ބުނެފައި ވެ އެވެ.

މިވަގުތު އެމްޓީސީސީއާ ހަވާލުކޮށްފައި ހުރި މަޝްރޫއުތަކުގެ ލިސްޓެއްވެސް ސިޓީއާއެކު މިނިސްޓްރީން ފޮނުވާފައިވެ އެވެ. އަދި އެ މަޝްރޫއުތައް "މިނިސްޓްރީން ވަކި އެއްޗެއް އަންގަންދެން ވަގުތީގޮތުން ކުރިއަށް ނުގެންގޮސް މަޑުޖައްސައިލުމަށް" ވަނީ އަންގާފަ އެވެ.

އެކި ރަށްރަށުގައި ހިންގާ ތަރައްގީގެ 60 މަޝްރޫއެއް އެ ލިސްޓްގައި ހިމެނެ އެވެ. އޭގެ ތެރެއިން 17 މަޝްރޫއަކީ މިހާރުވެސް އަމަލީ މަސައްކަތް ކުރަމުން އަންނަ މަޝްރޫއުތަކެކެވެ.

ސަރުކާރުން މިފަދަ ފިޔަވަޅެއް އަޅަން ނިންމާފައިވާއިރު، ކުރިއަށްދާ އެއްވެސް އެއްވެސް މަޝްރޫއުއެއް ހުއްޓައިނުލައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު ރިޔާސީ ކެމްޕޭނުގައި ވިދާޅުވި އެވެ.

"އެއްވެސް މަޝްރޫއުއެއް ހުއްޓާނުލާނަން. ހިނގަމުންދާ އެއްވެސް މަޝްރޫއެއް ވެސް، އަނދުން އަޅުވަން ކުރާ ކަމެއް ވިޔަސް ހުއްޓައެއް ނުލާނަން. އެއަށްވުރެ ރަނގަޅަށް އެކަންކަން ކުރާނަން. ކަންބޮޑުވާނެ ކަމެއް ނެތް، ފެށިފައިހުރި ކަމެއް ހުއްޓައެއް ނުލާން،" އޮގަސްޓު 28، 2023 ގައި ގއ. މާމެންދޫގައި ހުންނަވާ ރައީސް ވިދާޅުވި އެވެ.

ނަމަވެސް ސަރުކާރަށް ދެތިން މަސްވުމާއެކު އިދިކޮޅުން ދިޔައީ ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށާއި ޕީއެސްއައިޕީ މަޝްރޫއުތަކަށް ކުރާ ހަރަދުވެސް މަދުވެފައިވާ ކަމަށް ތުހުމަތުކުރަމުންނެވެ. ސަރުކާރުން ތަކުރާރުކޮށް ދަނީ އެ ވާހަކަތައް ދޮގުކުރަމުންނެވެ.

ނިމިދިޔަ މަޖިލިސް އިންތިހާބުގެ ކެމްޕޭނުގައި ރައީސް މުއިއްޒު ވަނީ މަޝްރޫއުތައް ނުހުއްޓޭނެ ކަމަށް އަނެއްކާވެސް ވިދާޅުވެފަ އެވެ. އެގޮތުން އެޕްރީލް 3، ގައި ހިޔާ ފުލެޓު ސަރަހައްދުގައި ހުންނަވާ ރައީސް ވިދާޅުވީ ފަށާފައިވާ އެއްވެސް މަޝްރޫއެއް ހުއްޓާނުލާނެ ކަމުގެ ޔަގީންކަން ތަކުރާރުކުރައްވާފަ އެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox