އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ވަރަށް ބޮޑަށް ދަށަށް

އެސްޓީއޯގެ އޮފީސް އިމާރާތް. -- ފޮޓޯ: އަދަދު

އެސްޓީއޯގެ އޮފީސް އިމާރާތް. -- ފޮޓޯ: އަދަދު

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯ އަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ އާއި ފައިދާ ވަރަށް ބޮޑަށް ދަށަށް ހިނގެއްޖެ އެވެ.

އެސްޓީއޯއިން މިއަދު އާންމުކުރި ދެ ވަނަ ކުއާޓަރުގެ ރިޕޯޓުގައިވާ ގޮތުން އެޕްރީލް އިން ޖޫން މަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 3.47 ބިލިއަން ރުފިޔާ ލިބިފައި ވާއިރު، ފުރަތަމަ ކުއާޓަރަށް ވުރެ ދެވަނަ ކުއާޓަރުގެ އާމްދަނީ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ ދަށްވެފައިވެ އެވެ.

މި އަހަރުގެ ފުރަތަމަ ތިން މަހު އެސްޓީއޯގެ އާމްދަނީއަށް 4.49 ބިލިއަން ރުފިޔާ ލިބިފައި ވާއިރު، ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ އަކީ 3.78 ބިލިއަން ރުފިޔާ އެވެ.

ދެ ވަނަ ކުއާޓަރުގައި އާމްދަނީ ދަށް ވެފައި މި ވަނީ މިދިޔަ އަހަރުގެ އެއްވެސް ކުއާޓަރެއްގައި ދަށަށް ނުދާ ވަރަށެވެ.

އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ އެސްޓީއޯގެތެލުގެ ވިޔަފާރީގެ އަގަށް ދުނިޔޭގެ ބާޒާރުގައި އައި ބަދަލާއެކު ރާއްޖޭގެ ބާޒާރުގައި ވެސް ތެޔޮ ވިއްކާ އަގުތައް ހެޔޮކުރުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

އާމްދަނީ ދަށަށް ދިޔައިރު، ދެވަނަ ކުއާޓަރުގެ ފައިދާ ވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. ޓެކުހަށް ކެނޑުމަށް ފަހު ދެ ވަނަ ކުއާޓަރުގެ ސާފު ފައިދާ އަކީ 147 މިލިއަން ރުފިޔާ އެވެ.

2024 ގެ ސާފު ފައިދާ (ޓެކުހަށް ކެނޑުމަށް ފަހު)

  • ފުރަތަމަ ކުއާޓަރު - 195 މިލިއަން ރުފިޔާ
  • ދެ ވަނަ ކުއާޓަރު - 147 މިލިއަން ރުފިޔާ

2023 ގެ ސާފު ފައިދާ (ޓެކުހަށް ކެނޑުމަށް ފަހު)

  • ދެ ވަނަ ކުއާޓަރު - 170 މިލިއަން ރުފިޔާ
  • ތިން ވަނަ ކުއާޓަރު - 195 މިލިއަން ރުފިޔާ
  • ހަތަރު ވަނަ ކުއާޓަރު - 182 މިލިއަން ރުފިޔާ

މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި ވިޔަފާރި ހިންގުމުގެ ހަރަދު (ކޮސްޓް އޮފް ސޭލްސް) އަށް 2.95 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، ފުރަތަމަ ކުއާޓަރުގެ އެ ހަރަދު ހުރީ 4.49 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox