28 އޮކްޓޯބަރު 2024 - 06:32 6
މޫސާ ނާޝިއު
ހޯކްސްގެ ލޯގޯ. އެފަރާތުން ބުނީ އެމީހުންނަކީ ތެލުގެ ވިޔަފާރި އެކަނި ކުރާ ބައެއް ކަމަށް އަދި ސިނގިރޭޓުގެ ވިޔަފާރިއަށް އެއްވެސް ވަރަކަށް ޝައުގުވެރިކަން ނެތް ކަމަށް ----ފޮޓޯ: ސޯޝަލް މީޑިއާ
28 އޮކްޓޯބަރު 2024 - 06:32 6
ދި ހޯކްސް ޕްރައިވެޓް ލިމިޓެޑަކީ ތެލުގެ ވިޔަފާރިކުރާ ކުންފުންޏެއް ކަމަަށާއި ސިނގިރޭޓު ނުވަތަ ދުންފަތުގެ ބާވަތްތައް އެތެރެކޮށް ވިއްކުމުގެ ޝައުގުވެރިކަން ނެތް ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ހޯކްސް އިން ނެރުނު ބަޔާނުގައި ވަނީ އެ ކުންފުންނީގެ އުޅަނދުތަކުގައި ގަވާއިދާ ހިލާފަށް ރާއްޖެއަށް ސިނގިރޭޓު އެތެރެކުރުމުގެ މަސައްކަތްކުރުމުގެ ސަބަބުން ފުލުހުން އެތަނަށް ގޮސް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ އުޅަނދުތައް ބަލާ ފާސްކުރިއިރު ފުލުހުން އަތުގައި ކޯޓުއަމުރެއް ނެތްކަމަށްވެސް ހޯކްސްގެ ބަޔާނުގައިވެ އެވެ.
"އަޅުގަނޑުމެންގެ އުޅަނދުތައް ބޭނުންކޮށްގެން ރާއްޖެއަަށް ގަވާއިދާ ހިލާފަށް ސިނގިރޭޓް އެތެރެކުރާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ވަނީ އެ އުޅަނދުތައް ބަލާ ފާސްކޮށްފަ. އުޅަނދުތައް ބަލާފާސްކޮށްފައިވަނީ ބަލައިފާސްކުރުމުގެ އަމުރެއް ނުވަތަ ކޯޓު އަމުރެއް ނެތި" ހޯކްސްއިން ނެރުނު ބަޔާނުގައި ވެ އެވެ.
މީގެއިތުރުން މި މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް ބޭނުންވާ އެއްބާރުލުން ހޯކްސްގެ މެނޭޖްމެންޓުން ދީފައިވާނެ ކަމަށާއި، ގާނޫނާ ހިލާފު އަމަލުތަކުގައި ބައިވެރިވި މީހުން ދެނެގަނެ ހައްޔަރުކުުރުމަށް މަގުފަހި ކޮށްދޭނެ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
ކުންފުނި މެދުވެރިކޮށް ހިންގާ ގަވާއިދާ ހިލާފު ހަރަކާތްތަކަށް ހޯކްސް އިން އަބަދުވެސް ދޭނީ ޒީރޯ ޓޮލަރެންސް ކަމަށާއި، ކޮންޓްރޯލްތައް އިތުރުކޮށް އަދި އެތަނުގެ ވަސީލަތްތައް ނަހަމަ ގޮތުގާ ބޭނުން ނުކުރެވޭނެކަން ކަށަވަރުކުރުމަށް އިތުރު ފިޔަވަޅުތަކެއް ހޯކްސްއިން އަޅަމުންދާކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
މިކަމާ ގުޅިގެން ހޯކްސްގެ 14 މުވައްޒަފަކު ސަސްޕެންޑްކުރެވިފައިވާ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.
ކަސްޓަމްސް އިން ބުނީ ސިނގިރޭޓުތައް ގެނައީ ހޯކްސް ޕްރައިވެޓް ލިމިޓެޑުގެ އޭޖެންޓުކަމުގެ ދަށުން އެ ކުންފުނީގެ ބޯޓެއްގައި ކަމަށެވެ. އަދި ސިނގިރޭޓުތައް ތިލަފުއްޓަށް ގެންގޮސް އުފުލީ ހޯކްސްގެ އުޅަނދެއްގައި ކަމަށާއި މުދާ ބޭލީ ވެސް އެ ކުންފުނީގެ ގުދަނަކަށް ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
ސަނާ
5 months ago
އަނެއްކާ ކުންފުނީގެ ވެރިންނަށް އިގޭތަ ގެންނަނީ ބޯޓުގަ އަސްލު ތެޔަތޯ ނޫނީ ފެންތޯ؟
އަޙުމަދު
5 months ago
8000 ކާޓަން އެތެރެ ކުރާއިރު ދެން މެނޭޖްމަންޓްއަށް ނޭނގުނީމަ ކުންފުނި ހުއްޓާލަންވީނުން ހަހަހަ
ތތތތތތތ
5 months ago
ހަމަ މި ދަނޑިވަޅުގެ ނާޖާއިޒް ފައިދާ ނަގަން އުޅުނީ، އެކަމަކު އަތަށް ގޮވީމަ އެއްޗެއް ކިޔާލީ. ތިއީ ހަމަ އަނަދުވެސް ސްޓަންޓް ޖަްއސާ ކުންފުންޏެއް
ހޯކްސް ބޯކްސް
5 months ago
ނިކަމެތި މުވައްޒަފުން ބޮލަށް ކަޑާލީމަ ނިމުނީ ދޯ
ހަސަންދީ
5 months ago
ކާކުދެން ތިވާހަކަ ގަބޫލުކުރާނީ؟ އެތެރެކުރީ ހޯކްސް ބޯޓަކުން، ބޭލީ ހޯކްސް ދޯންޏަކުން، ގެންދިޔައީ ހޯކްސް ޓްރަކުން، ބެހެއްޓީ ހޯކްސް ގުދަނުގަ.
ހަސަން
5 months ago
އަވަހަށް ބޮލުން ކަޓުވާލީ ކެކެކެ
Comment