އިދިކޮޅުގެ ވޯޓުތައް ގަންނަން ސަރުކާރުން ބޮޑެތި އަދަދުތަކުން ފައިސާ ހުށަހަޅާކަމުގެ ތުހުމަތު

ކަސްޓަމުން ފައިސާތަކެއް އަތުލައިގަތުން: އިދިކޮޅުގެ ވޯޓުތައް ގަންނަން ސަރުކާރުން ބޮޑެތި އަދަދުތަކުން ފައިސާ ހުށަހަޅަމުންދާ ކަމަށް މައުލޫމާތު ލިބޭ -- ފޮޓޯ: ކަސްޓަމްސް

ކަސްޓަމުން ފައިސާތަކެއް އަތުލައިގަތުން: އިދިކޮޅުގެ ވޯޓުތައް ގަންނަން ސަރުކާރުން ބޮޑެތި އަދަދުތަކުން ފައިސާ ހުށަހަޅަމުންދާ ކަމަށް މައުލޫމާތު ލިބޭ -- ފޮޓޯ: ކަސްޓަމްސް

މާދަމާ ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓު (ރެފެރެންޑަމް) އާ ގުޅިގެން އިދިކޮޅުގެ ވޯޓުތައް ގަންނަން ސަރުކާރުން ބޮޑެތި އަދަދުތަކުން ފައިސާ ހުށަހަޅަމުންދާ ކަމަށް ކުރެވޭ ތުހުމަތުތަކުގެ އަޑު ގަދަވެއްޖެ އެވެ. 

އަދަދު އާ ވާހަކަދެއްކި އިދިކޮޅު ކެންޑިޑޭޓަކު ބުނީ ސަރުކާރުން ވޯޓު ގަންނަން ސަރުކާރުން 75،000ރ. އާ ހަމައަށް ފައިސާ ހުށަހަޅަމުންދާ ކަމަށާއި ޝަރުތު ކުރަމުންދަނީ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުންނަށް ފައިދާވާ ގޮތަށް ވޯޓު ދިނުމަށް ކަމަށެވެ. 

"ވޯޓު ލާން ދަންޏާ އެބަ ދޭ 25،000ރ އާއި ލައްކައެއްހާ ރުފިޔާ ވެސް. ގަނޑުކޮށް ވެސް އެބަ ފައިސާ ދޭ 10 ވަރަކަށް މީހުންވިއްޔާ. ބޮލަކަށް އެބަދޭ 25،000ރ. ވެސް،" އޭނާ ބުންޏެވެ. 

އިދިކޮޅު މީހުންގެ ވޯޓުތައް ސަރުކާރުން ދެނެގަނެ އެ ވޯޓުތައް ހޯދުމަށް ސީދާ އެމީހުންނަށް ގުޅައި ބައްދަލުކުރަމުންދާ ކަމަށާއި ބައެއް މީހުންގެ ގޭގެއަށް ގޮސް ނަގުދު ފައިސާއިންވެސް ދީފައި އެބަހުރި ކަމަށް އެ ކެންޑިޑޭޓު ބުންޏެވެ. 

މީގެ އިތުރުން އޭނާ ބުނީ އިދިކޮޅު މީހުންގެ އައިޑީކާޑުތައް ގަތުމަށް 5،000ރ. އާއި 25،000ރ. އާ ދެމެދުގެ ފައިސާ ހުށަހަޅަމުންދާ ކަމަށާއި އެންމެ ކުަޑަކޮށް 5،000ރ. ހުށަހަޅަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ކަމަށެވެ. 

"އައިޑީކާޑު އެބަ ގަނޭ 5،000ރ. އާއި 25،000ރ. އާ ދޭތެރޭގައި. މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އައިޑީކާޑު ގަންނަނީ 5،000ރ. އަށް. މަސްތުވާތަކެތި ބޭނުން ނުކުރާ ރަނގަޅު މީހުންގެ އައިޑީކާޑުތައް 25،000ރ. އާ ހަމައަށް އެބަ ގަނޭ،" އޭނާ ބުންޏެވެ. 

އޭސީސީއަށް ހުށަހަޅާ މައްސަލަތައް ނުބަލާތީ އިއްޔެ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ދޮށަށް އެއްވެ، އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝާމިލުގެ އިސްތިއުފާއަށް ގޮވާފަ އެވެ. 

ވޯޓު ގަންނަ ކެންޑިޑޭޓުންނަކީ ރައްޔިތުންގެ ބާރުވެރިކަން ނިގުޅައިގަނެ އެ މީހުންގެ އަމިއްލަ މަސްލަހަތަށް މަސައްކަތް ކުރާ ބައެއް ކަމަށާއި ކައުންސިލް އިންތިހާބުގެ ދުވަސްވަރު ތާއީދު ހޯދުމަށް ރިޝްވަތު ދީފި ނަމަ ރިޕޯޓު ކުރުމަށް އޭސީސީން ޖެނުއަރީ 12، ގައި އެދުނެވެ.

ނަމަވެސް އިންތިހާބާ ގުޅިގެން ސަރުކާރުން ރިޝްވަތު ދެމުންދާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ އެއްވެސް މައްސަލައެއް އޭސީސީން އަމިއްލައަށް އިސްނަގައިގެން ބަލަމުނެއް ނުދެ އެވެ.

 އޭސީސީއަށް އެތައް މައްސަލައެއް ރިޕޯޓުކޮށްފައިވީ ނަމަވެސް، މިހާތަނަށް އެއްވެސް މައްސަލައެއްގައި ގޮތެއް ނިންމިކަން އެނގިފައެއް ނުވެ އެވެ. އޭގެއިތުރުން އެއްވެސް މައްސަލައަކާ ގުޅިގެން ކަންބޮޑުވާ ކަމެއް ވެސް ހާމަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox