އުހުދު ޝަރީފް: ކުރިމަގު ފަހި ހިތްވަރު ހުރި ޒުވާނެއް

Apr 3, 2026, 3:50 AM
އަހުދު ޝަރީފު

އަހުދު ޝަރީފު

މިއަދު ގެ ސިޔާސީ މާހައުލުގައި ވަރުގަދަ ސިޔާސީ ޕާޓީތަކުން ފޯރިގަދަކޮށް އިންތިހާބު ތަކުގައި މަސައްކަތްކޮށް ޕާޓީ ނުފޫޒު އިންތިހާ އަށް އޮތް އިރު މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ގ. ފެހިމާގެ އުހުދު ޝަރީފް ގަލޮޅު ދެކުނަށް ނިކުތުން މީ އާދައިގެ ވާހަކައެއް ނޫނެވެ. ދާއިރާގައި ކުރެވެމުންދާ ކެމްޕެއިން ހަރަކާތްތަކަށް ބަލާލިޔަސް އުހުދު ޝަރީފްގެ ކެމްޕެއިންދަނީ ބާރައް އަލިގަދަކޮށް ފިޔަޖަހަމުންނެވެ. އުހުދު ސިޔާސީ މައިދާނަށް އާ ބޭފުޅަކަށް ވެދާނެ އެވެ. އެހެނަސް އިޖުތިމާއީ ހަރަކާތްތަކުގައި އާއި ކުޅިވަރުގެ މައިދާނުގައި ފަސްނުޖެހި މަސައްކަތް ކުރާ ލީޑަރެއްކަން އުހުދު ވަނީ ސާބިތުކޮށްދީފައި އެވެ. މިވަގުތުވެސް ކްލަބް ޓީނޭޖް ހިންގެވުމާ ހަވާލުވެ ހުންނެވި އުހުދު ޝަރީފަކީ، މީހުންނާއި ގުޅިގެން މަސައްކަތް ކުރަން ދަންނަ ތައުލީމީ ގާބިލު ޒުވާނެކެވެ. އަހުލާގުގައި ކިލަބު ކަމެއްނެތް ސާދާ މިޒާޖެއްގެ ވެރި މި ޒުވާނާއަކީ މަތީ ތައުލީމު ހާސިލުކުރުމަށްފަހު ވަޒީފާގެ މައިދާނުގައި ވެސް ރަނގަޅު ތަޖުރިބާ ތަކެއް ކޮށްފައިވާ ހިންގުންތެރި ބޭފުޅެކެވެ. 

މި ފަހަކަށް އައިސް ސިޔާސީ މައިދާނުން ޖާގަ ހޯދާ ތަން ފެންނަނީ ކޮންމެވެސް ސިޔާސީ ނުފޫޒުގަދަ މީހެއްގެ ހިޔަނީގައި ނުވަތަ ނުފޫޒުގަދަ ޕާޓީއެއްގެ ތެރެއިން ނިކުމެގެންނެވެ. އެހެނަސް އުހުދު ތަފާތެވެ. އަމިއްލަ ހިތްވަރާއި އަޒުމާއެކު ބޮޑެތި ޕާޓީތަކާއި ވާދަކޮށް ވަރުގަދަ ކެޕެއިން އެއް ކުރިޔަށް ގެންދިއުން މީ ވަރަށް މަދުން ފެންނަ މަންޒަރެކެވެ. ވަރަށް ވެސް ހިތްވަރުގަދަ ނިންމުމެކެވެ. ސިޔާސީ މައިދާނަށް ނިކުތީ ކީއްވެތޯ ސުވާލު ކޮށްލުމުން ޖަވާބުގައި އުހުދު ބުނީ " އަބަދުވެސް ބޭނުންވަނީ ރައްޔިތުންނަށް ހިދުމަތްކޮށްދޭ ޚާދިމެއްގެ ގޮތުގައި ހުންނަން ކަމުގައި އެވެ. އަދި މިހާތަނަށް އިޖުތިމާއި ތަފާތު މަސައްކަތްތަކުގެ ތެރެއިން ރައްޔިތުނަށްހިދުމަތް ކޮށްދިނުމަށް ފަހު މިއަދު ބޭނުންވަނީ ސިޔާސީ ހަރުފަތުން ކުރިޔަށް ގޮސް ރައްޔިތުނަނާއި އެކީ މަސައްކަތް ކުރާނެ މިސާލު ދަރިޔަކަށް ވާންކަމަށެވެ." 

މިއަދު ގައުމަށް ބޭނުންވަނީ މިފަދަ ވިސްނުންތަކާއި އެކު މަގާމުތަކަށް އިންތިޚާބުވާ މީހުން ނޫންތޯއެވެ. ސިޔާސީ ގޮތުން މިއަދު ގައުމު ގޮވަމުން ދަނީ މިފަދަ ދަރީންނަށް ނޫންތޯއެވެ. އިޚްލާސްތެރި ތެދުވެރި މަސައްކަތްތަކެއް ރައްޔިތުންނަށް ކޮށްދޭނެ ބަޔަކަށް ނޫންތޯއެވެ. ބޭނުންވަނީ ވަކި ކުލަޔަކަށް ވޯޓު ލުމެއް ނޫނެވެ. ބޭނުންވަނީ ވަކި މީހަކު ބުނީތީ ނުފޫޒުން ވޯޓުލުމެއްވެސް ނޫނެވެ. ބޭނުންވަނީ އިޚްލާސްތެރިކަމާއި އެކު މަސައްކަތް ކުރާނެ ކެންޑިޑޭޓް ދާއިރާ ގެ ކައުންސިލު ގޮނޑީގައި ބޭންދުމެވެ. މިއީ ރައްޔުތުން ފަސް އެބުރި ބަލަންވީ ވަގުތެއް ނޫނެވެ. ކުރިޔަށް އުންމީދީ، ޒުވާން، ގާބިލު، ޒިންމާއުފުލޭނެ ކެންޑިޑޭޓްގެ އަތުގައި ހިފައިގެން ކާމިޔާބާ ހަމަޔަށް މިސްރާބު ޖަހަންވީ ވަގުތެވެ. 

އުހުދު ޝަރީފްގެ ކެމްޕެއިން ވައުދުތަކަށް ބަލާލީމާ ފެންނަނީ ރައްޔިތުންނާއި ގާތުން އަދި ރައްޔިތުންނާއި އެކުގައި މަސައްކަތް ކުރުމުގެ ވިސްނުމެވެ. ދާއިރާ ގެ ކަންކަން ބަލައި ހެޔޮ ބަދަލު ގެނެސްދޭނެ ވިސްނުމެވެ. އަދި ޒުވާނުންނަށް ކުރިއެރުމާއި ތަރައްގީއަށް މަގުކޮށާދޭނެ ވިސްނުމެވެ.  ދާއިރާގެ އެކަކުވެސް ބާކީ ނުކޮށް އެންމެންގެ އަޑު ކައުންސިލުގައި ކެރިގެން އިއްވަދޭނެ މަންޒަރެވެ. 4 އޭޕްރިލް 2026 ނަގާ ވޯޓަކީ ކެންޑިޑޭޓް ނަމްބަރ 7 އުހުދު ޝަރީފަށް ދޭ ވޯޓެއް ކަމުގައި ހައްދަވާށެވެ. ޔަގީނުންވެސް ދާއިރާގެ ރައްޔިތުން ފަހުރުވެރިވާނެ މެމްބަރެއްގެގޮތުގައި އުހުދު ޝަރީފް ދެމިހުންނާނެއެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox