ފިޗުން ރާއްޖޭގެ ކްރެޑިޓު ރޭޓިން ސީސީއަށް ދަށްކޮށްފި

ފިޗުން ރާއްޖޭގެ ކްރެޑިޓު ރޭޓިން ސީސީއަށް ދަށްކޮށްފި

ދަރަނި ނުދެއްކިދާނެ ކަމުގެ ހިރާސް އިންތިހާއަށް ބޮޑު ކަމަށް ބަލައި ބައިނަލްއަގުވާމީ ރޭޓިން އެޖެންސީ، ފިޗް ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓު ރޭޓިން "ސީސީ" އަށް ދަށްކޮށްފި އެވެ.

އެންމެ ފަހުން ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. އެ ފަހަރު ފިޗުން ވަނީ ފާއިތުވި ދެ އަހަރު "ބީ ނެގެޓިވް" ގައި ހުރި ރޭޓިން "ސީސީސީ ޕްލަސް" އަށް ދަށްކޮށްފަ އެވެ.

އާންމުކޮށް ފިޗުން ރޭޓިންއަށް ބަދަލުގެންނަނީ ނޫނީ "ރޭޓިން ރިވިޝަން" ގެންނަނީ އަހަރަކު އެއް ފަހަރެވެ. މިއީ މިހާ ކައިރިކައިރީގައި ޑައުންވާޑް ރޭޓިން ރިވިޝަނެއް ގެނައި ފުރަތަމަ ފަހަރު ކަން ވެސް ފާހަގަކޮށްލެވެ އެވެ.

ފިޗުން ރޭޓިން ދަށްކުރި ސަބަބުތަކުގެ ކުރިން ފަހަރެކޭ އެއް ފަދައިން ރާއްޖޭގެ ރިޒާވުތައް އިންތިހާއަށް ދަށްވުމާއި ބޭރުގެ ދަަރަނި އަދާކުރަން ހުރި ހިރާސްތައް، ހާއްސަކޮށް މި އަހަރުގެ ފަހު ކުއާޓަރާއި ކުރިއަށް އޮތް ދެ އަހަރުން ދަައްކަން ހުރި ބޮޑެތި ދަރަނިތައް ފާހަގަކޮށްފައިވެ އެވެ.

ފިޗުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ބޭރު ފައިސާގެ ދަތިކަން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވެސް ދެމިއޮންނާނެ އެވެ. މީގެ މަައިގަނޑު ސަބަބެއްގެ ގޮތުގައި ޕަބްލިކް އިންވެސްޓްމަންޓް އިތުރުވުމާއި ރާއްޖޭން އިމްޕޯޓަށް ކުރާ ހަރަދުތައް ކުރިއަށް އޮތް ތަނުގައި ވެސް ކުރަމުން ގެންދަން ޖެހޭތީ އެވެ.

މިއާ ގުޅިގެން ޑޮލަރުގެ ބޮޑު ތާށީކަމެއް އައިސް ޕެރެލަލް މާކެޓް (ކަޅު ބާޒާރާއި) ރަސްމީ ރިޒާވަށް ވެސް ޕްރެޝަރުތައް އިތުރުވެ، ބޭންކިން ނިޒާމަށް ވެސް މީގެ ނުރަނގަޅު އަސަރުކޮށްފައިވާ ފިޗުގެ ރޭޓިން ރިޕޯޓުގައިވެ އެވެ. ބެލެވޭ ގޮތުގައި މިއީ ބީއެމްއެލްއިން މި ފަހުން ނިންމި ނިންމުމާ ގުޅުވާ ފިޗުން ނެގި ނުކުތާއެކެވެ.

އޭގެ އިތުރުން ބޭރު ގައުމުތަކުން އެހީ ލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަން ވެސް ފިޗުން ފާހަގަކޮށްފައިވެ އެވެ. ފިޗުން ފާހަގަކުރި ގޮތުގައި މިކަމަށް މެދު ރާސްތާގައި އޮތް ތަސައްލީއަކީ ސަރުކާރުގެ ފިސްކަލް ރިފޯމް އެޖެންޑާ ތަންފީޒުކުރުމެވެ. މިކަން ނުކުރެވޭ ހާލަތުގައި ދެން އޮންނާނީ އައިއެމްއެފް އާއި އެހެން މަލްޓިލެޓަރަލް އެހީދޭ ޖަމިއްޔާތަކާއެކީ ދަރަނި ރީސްޓްރަކްޗާ ކުރުން ކަމަށް އެ އެޖެންސީން ބުނެފައިވެ އެވެ.

ސަރުކާރުގެ މެދު ރާސްތާގެ ފައިނޭންސިން ޕްލޭނާ އެއް ގޮތަށް ފައިސާ ލިބިދާނެ ކަމާ މެދު ވެސް ސަރުކާރުން ސުވާލު އުފައްދާފައިވެ އެވެ. އޭގެ ތެރޭގައި އަންނަ އަހަރު ދަައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ރީފައިނޭންސް ކުރުމާއި ސޮވްރިން ޑިވެލޮޕްމަންޓު ފަންޑުން 200 މިލިއަން ހަރަދުކޮށްގެން 2026 ގައި އެ ސުކޫކަށް 200 މިލިއަން ޑޮލަރު ދައްކަން ހުރި ގޮންޖެހުންތައް ފިޗުން ފާހަގަކުރި އެވެ.

ފިޗުން ލަފާކުރަނީ މެދު ރާސްތާގައި ދައުލަތުގެ ސީދާ ދަރަނި ހުންނާނީ ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީގެ) ނިސްބަތުން 109 ޕަސެންޓުގަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މި ދަރަނި އިތުރުވަމުން ދާނެ ކަމާއި، މީގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަަގަކުރީ މެދު ރާސްތާގެ ފިސްކަލް އިސްތިރާޖުގައި އޮތް ގޮތަށް ހަރަދުތައް ކުޑަނުކުރެވުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox