މިނިސްޓަރު ޒަމީރު ސައުދީ ހާރީޖީ ވަޒީރާ ބައްދަލުކުރައްވާ، ރައީސްގެ ސިޓީ ހަވާލުކުރައްވައިފި

ޮފޮރިން މިނިސްޓަރު ޒަމީރު ސައުދީ ހާރިޖީ ވަޒީރު ވަލީއަހުދު ފައިސަލްއާ ރައީސްގެ ސިޓީ ހަވާލުކުރައްވަނީ: ރައީސްގެ ސިޓީއަކީ ސައުދީ ވަލީއަހުދު އަދި ބޮޑު ވަޒީރު މުހައްމަދު ބިން ސަލްމާނަށް އެޑްރެސްކުރައްވާ ފޮނުއްވި ސިޓީއެއް -- ފޮޓޯ: ފޮރިން މިނިސްޓްރީ

ޮފޮރިން މިނިސްޓަރު ޒަމީރު ސައުދީ ހާރިޖީ ވަޒީރު ވަލީއަހުދު ފައިސަލްއާ ރައީސްގެ ސިޓީ ހަވާލުކުރައްވަނީ: ރައީސްގެ ސިޓީއަކީ ސައުދީ ވަލީއަހުދު އަދި ބޮޑު ވަޒީރު މުހައްމަދު ބިން ސަލްމާނަށް އެޑްރެސްކުރައްވާ ފޮނުއްވި ސިޓީއެއް -- ފޮޓޯ: ފޮރިން މިނިސްޓްރީ

ރަސްމީ ދަތުރެއްގައި މިހާރު ސައުދީ އަރަބިއާއަށް ވަޑައިގެން އުޅުއްވާ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެ ގައުމުގެ ފޮރިން މިނިސްޓަރު، ވަލީއަހުދު ފައިސަލް ބިން ފަރްހާން އަލް-ސައުދާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ކަމަށެވެ. އަދި މި ބައްދަލުވުމުގެ ތެރެއިން ސައުދީ ވަލީއަހުދު އަދި ބޮޑު ވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒަށް އެޑްރެސްކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވެވި ސިޓީ ހަވާލުކުރެއްވި ކަމަށް ވެސް އެ މިިނިސްޓްރީން ބުންޏެވެ.

ދެ ގައުމުގެ ހާރިޖިއްޔާގެ ވެރިންގެ ބައްދަލުވުމުގައި މަޝްވަރާކުރީ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި އިގުތިސޯދީ ރޮނގުންނާއި ބައިނަލްއަގުވާމީ މަސްރަހުގައި މި ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

Advertisement

އޭގެ އިތުރުން، ސައުދީން ރާއްޖެއަށް ދެމުން ގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މި ދަތުރަށް ފަހު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ އުއްމީދުކުރައްވާ ކަމަށް ވެސް ޒަމީރާ ހަވާލާދީ އެ މިނިސްޓްރީން ބުނެފައިވެ އެވެ.

މި ބައްދަލުވުމުގައި، މިނިސްޓަރު ޒަމީރުގެ އަރިހުގައި ފޮރިން މިނިސްޓްރީގެ ވަފުދަކާއި ސައުދީގައި ހުންނަ ރާއްޖޭގެ އެމްބަސީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަހުމަދު ފަޒީލް ބައިވެރިވެވަޑައިގެންނެވި އެވެ.

ޒަމީރު ސައުދީއަށް ވަޑައިގެންނެވީ ބަހުރެއިނަށް ވަޑައިގެން، އެ ގައުމުގެ ވެރިންނާއި ދިރާގުގެ މައި ހިއްސާދާރު، ބަޓެލްކޯގެ ވެރިންނާ ބައްދަލުކުރައްވާފަ އެވެ. ބަހުރެއިނަށް ވެސް ޒަމީރު ވަޑައިގެންނެވި ރައީސްގެ ސިޓީއެއް ހިއްޕަވައިގެންނެވެ. އޭގެ ދުވަސްކޮޅެއް ކުރިން ޗައިނާއަށް ވެސް ހަމަ ރައީސްގެ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެންނެވި އެވެ.

ރައީސްގެ ސިޓީތަކެއް ހިއްޕަވައިގެން ޒަމީރު އެކި ގައުމުތަކަށް ވަޑައިގެންނެވި ނަމަވެސް، މިއީ ކޮން ބޭނުމެއްގައި ފޮނުވާ ސިޓީތަކެއް ކަމެއް ނޭނގެ އެވެ. އެ ސިޓީތަކުގައި ހުރި މައުލޫމާތު ހިއްސާކޮށްދޭން އެދުމުން މިއަދާ ހަމައަށް ރައީސް އޮފީހުގެ އެއްވެސް ޖަވާބެއް ނުލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox