ރައީސް މުއިއްޒުގެ ފަރާތުން އެކި ގައުމުތަކުގެ ވެރިންނަށް ފޮނުއްވާ ސިޓީތައް ހާމައެއް ނުކުރި

ރައީސް ޑރ. މުހައްމަދު މުއިއްޒު:ގައުމުތަކަށް ފޮނުވަމުންދާ ރައީސްގެ ސިޓީތަކުގެ ތަފުސީލަށް އެދުމުން ރައީސް އޮފީހުގެ ބަހެއް ނެތް --- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު:ގައުމުތަކަށް ފޮނުވަމުންދާ ރައީސްގެ ސިޓީތަކުގެ ތަފުސީލަށް އެދުމުން ރައީސް އޮފީހުގެ ބަހެއް ނެތް --- ފޮޓޯ: ރައީސް އޮފީސް

ވަޒީރުން މެދުވެރިކޮށް އެކި ގައުމުތަކުގެ ލީޑަރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާ ސިޓީތަކުގެ ތަފުސީލަށް އެދުމުން ރައީސް އޮފީހުން ޖަވާބު ދޭން ދެކޮޅު ހަދައިފި އެވެ.

މިފަހުން ރައީސް މުއިއްޒު ވަނީ ޗައިނާގެ ރައީސް، ބަހުރެއިންގެ ރަސްގެފާނު އަދި ސައުދީ ވަލީ އަހުދަށް ސިޓީތަކެއް ފޮނުއްވާފަ އެވެ.

މި ސިޓީތަކުގައި ވަނީ ކޮން ވާހަކަތަކެއްތޯ އަދި ސިޓީތަކުގެ ތަފުސީލަށް އެދި ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދާ މި ނޫހުން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ޖަވާބެއް ނުދެއްވި އެވެ.

Advertisement

ރައީސްގެ ފަރާތުން ބޭރުގެ ލީޑަރަކަށް ފޮނުވި ފުރަތަމަ ދެ ސިޓީ އެރުވީ ޗައިނާގެ ރައީސް ޝީ ޖިންޕިން އަށެވެ. ޖުލައި 22، ގައި އެ ސީޓީ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ހަވާލުކުރެއްވީ އެ ގައުމަށް ވަޑައިގެންނެވި ދިވެހި ވަޒީރުންގެ ވަފުދަކުންނެވެ.

އެ ވަފުދުގައި ހިމެނެނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އަދި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު އެވެ.

ޗައިނާއަށްފަހު ބަހުރެއިންގެ ރަސްގެފާނު ހަމަދު ބިން އިސާ އަލް-ހަލީފާއަށް ރައީސް މުއިއްޒު ފޮނުއްވި ސިޓީ އެ ގައުމުގެ ސަރުކާރާ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ހަވާލުކުރެއްވީ އޮގަސްޓު 12، ގަ އެވެ. ރައީސްގެ ސިޓީއާ ބަހުރެއިންގެ ފަރާތުން ހަވާލުވީ އެ ގައުމުގެ ރަސްގެފާނުގެ ދޮށީ ދަރިކަލުން އަދި ގައުމުގެ ބޮޑުވަޒީރު ވަލީއަހުދު ސަލްމާން ބިން ހަމަދު އަލް-ހަލީފާ އެވެ.

ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އަށް ރައީސް ފޮނުއްވި ސިޓީ ހިއްޕަވައިގެން ފޮރިން މިނިސްޓަރު ޒަމީރު މިހާރު ހުންނެވީ އެ ގައުމުގަ އެވެ. މި ދަތުރުގައި ބައިވެރިވުމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވެސް އެ ގައުމަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފަ އެވެ.

ރައީސްގެ ހާއްސަ ސިޓީތަކެއް ގައުމުތަކުގެ ވެރިންނަށް ފޮނުއްވާފައި މިވަނީ ރާއްޖޭ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވަނިކޮށެވެ. އެގޮތުން މި ހިނގާ އޯގަސްޓު މަސް ނިމުމުގެ ކުރިން ބޭނުންކުރެވޭ ޑޮލަރު ރިޒާވުގައި ހުރި ފައިސާ އެއްކޮށް ހުސްވެދާނެ ކަމަށް އެމްއެމްއޭ އިން ފިނޭންސް މިނިސްޓްރީއަށް ވަނީ އަންގާފަ އެވެ.

ސިޓީތައް ފޮނުވި ގައުމުތަކުގެ ތެރެއިން ޗައިނާއަކީ މިވަގުތު ރާއްޖެއިން އެންމެ ބޮޑަށް ދަރާފައިވާ ގައުމެވެ. އެގޮތުން އެ ގައުމުން ނަގާފައިވާ ލޯނުތައް ދެއްކުމުގައި ލުއިގޮތްތަކެއް ހޯދުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިކަމުގައި ޗައިނާއިން "ފެހި ސިގްނަލް" ލިބިފައިވާ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އަމަލީ ގޮތުން އެ މަންޒަރެއް ނުފެނެ އެވެ.

ދެން ސިޓީ ފޮނުއްވި ސައުދީ އަދި ބަހުރެއިން އަކީ ރާއްޖޭގެ ތަރައްގީގެ އެކި މަޝްރޫއުތަކަށް ހިލޭ އެހީގެ ގޮތުގައި މީގެކުރިން ގިނަ އަދަދުތަކުން ފައިސާ ދީފައިވާ ދެ ގައުމެވެ.

އިތުރަށް ކިޔާލުމަށް

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox