ރަސްމާލޭގެ އިތުރު ސައިޓެއް ހިއްކުމުގެ މަސައްކަތް އޮގަސްޓު މަހު ފަށަނީ

ރަސްމާލޭގެ މިހާރު ހިއްކަމުންދާ ސައިޓު ޖޭ: އެ ސައިޓު އަދި ނިމިފައި ނުވާއިރު އޮގަސްޓު މަހު ހިއްކަން ފަށަނީ ސައިޓު އެފް - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ރަސްމާލޭގެ މިހާރު ހިއްކަމުންދާ ސައިޓު ޖޭ: އެ ސައިޓު އަދި ނިމިފައި ނުވާއިރު އޮގަސްޓު މަހު ހިއްކަން ފަށަނީ ސައިޓު އެފް - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މި ސަރުކާރުން ހިންގާ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ މާލެ އަތޮޅު ދެކުނުގައި އޮންނަ ފުށިދިއްގަރު ހިއްކާ ރަސްމާލޭގެ ނަމުގައި ތަރައްގީކުރުމުގެ މަސައްތަކުގެ ދަށުން އިތުރު ސައިޓެއް ހިއްކުމުގެ ތައްޔާރީތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.

ޑިސެމްބަރު 18، 2023 ގައި ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށި ފަހުން މިހައިތަނަށް ހިއްކުމުގެ މަސައްކަތް ކޮށްފައިވަނީ 29 ހެކްޓަރު އެކުލެވޭ ސައިޓު ޖޭ ގަ އެވެ. އެ މަސައްކަތުގެ ދަށުން ފުރަތަމަ ހަފުތާގައި 10 ހެކްޓަރު ހިއްކުމަށްފަހު މަޑުޖެހުނެވެ. ބާކީ 19 ހެކްޓަރު ހިއްކުމުގެ މަސައްކަތް ފެށީ މި މަހު އެވެ. އެ ސައިޓު އަދިވެސް ނުނިމެ އެވެ.

ސައިޓު ޖޭ އަށްފަހު ރަސްމާލޭގެ ޕްލޭނުގައިވާ 12 ސައިޓުގެ ތެރެއިން ދެން ހިއްކަން ފަށާނީ ސައިޓު އެފް އެވެ. އެ ސައިޓުގެ ބޮޑުމިނަކީ 24 ހެކްޓަރެވެ. އެ މަސައްކަތަށް ބޭނުންވާ އީއައިއޭ ހަދާ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ އާންމުކޮށްފަ އެވެ.

އެ ސައިޓު ހިއްކުމަށްވެސް ވެލި ނަގަން ހަމަޖެހިފައިވަނީ ސައިޓު ޖޭ އަށް ވެސް ވެލިނަގަމުން އަންނަ، މާލެ އަތޮޅު ދެކުނުގައިވާ ބޮރޯ އޭރިއާއިންނެވެ.

ފުށިދިއްގަރުން އަލަށް ހިއްކަން ފަށާ ސައިޓު އެފް: މި ސައިޓުގައި އެކުލެވެނީ 24 ހެކްޓަރު - ފޮޓޯ: އީޕީއޭ
ފުށިދިއްގަރުން އަލަށް ހިއްކަން ފަށާ ސައިޓު އެފް: މި ސައިޓުގައި އެކުލެވެނީ 24 ހެކްޓަރު - ފޮޓޯ: އީޕީއޭ

ފުށިދިއްގަރުން އަލަށް ހިއްކަން ފަށާ ސައިޓު އެފް: މި ސައިޓުގައި އެކުލެވެނީ 24 ހެކްޓަރު - ފޮޓޯ: އީޕީއޭ

އީއައިއޭ ގައިވާ ގޮތުން ސައިޓު އެފްގެ މަސައްކަތް ފަށަން ނިންމާފައިވަނީ އޮގަސްޓު މަހު އެވެ. ސައިޓު ޖޭވެސް ހިއްކުމުގެ މަސައްކަތްކުރާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އިން ކުރާ މި މަސައްކަތަށް 216 ދުވަސް ހޭދަވާނެ ކަމަށްވެސް އީއައިއޭގައި ބުނެފައިވެ އެވެ. އޮގަސްޓު މަހުގެ ފުރަތަމަ ދުވަހު އެ މަސައްކަތް ފެށި ނަމަވެސް ނިމޭނެ އެންމެ އަވަސް ތާރީހަކީ މާޗު 5، 2025 އެވެ.

ރަސްމާލެ މަޝްރޫއުގެ މަސައްކަތް ފަށްޓަވަމުން ޑިސެމްބަރު 18، 2023 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މަސައްކަތް މެދުނުކެނޑި އަށް މަސްދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މަޝްރޫއު މަޑުޖެހި އެ މުއްދަތު ހަމަވާން މިހާރު ވަނީ މަހަކަށްވެފަ އެވެ.

މަޝްރޫއު މަޑު ނުޖެހޭ ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނުމަށްފަހު ރައީސް މުއިއްޒު ވަނީ އެކަމަށް މާޗު 29، ގައި އެއްބަސްވެވަޑައިގަނެފަ އެވެ. ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް އެ ދުވަހު ވިދާޅުވީ ފުށިދިއްގަރުފަޅުގެ ބިން ހިއްކުން ނިމޭނެ ކަމަށް މިހާރު ބެލެވެނީ މި އަހަރުގެ ނިޔަލަށް ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް އެންމެ ފަހުން ހެދި އީއައިއޭއިން ފެންނަ ގޮތުގައި ރައީސްގެ އެ ތާރީހަށްވެސް ފުށިދިއްގަރު މަޝްރޫއުގެ ބިން ހިއްކުން ނުނިމޭނެ އެވެ. އެކަމަށް ތާރީހެއް މިހާރަކު ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox