ރަސްމާލެ މައްސަލައިގައި ރިފަރެންޑަމަކަށް ދާން ގޮވާލައި އެމްޑީޕީން ކުރާ މުޒާހަރާ "އަހާބަލަ" ބުރާސްފަތި ދުވަހުގެރޭ

އޮކްޓޯބަރު 3، 2025: ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަމާއި މާލިއްޔަތު "ލޫޓުވައިފި" ކަމަށް ބުނެ، އެމްޑީޕީން ބޭއްވި މުޒާހަރާގައި އެތައް ހާސް ބަޔަކު ބައިވެރިވި. -- ފޮޓޯ: މިރާޝް ނާޝީމް

އޮކްޓޯބަރު 3، 2025: ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަމާއި މާލިއްޔަތު "ލޫޓުވައިފި" ކަމަށް ބުނެ، އެމްޑީޕީން ބޭއްވި މުޒާހަރާގައި އެތައް ހާސް ބަޔަކު ބައިވެރިވި. -- ފޮޓޯ: މިރާޝް ނާޝީމް

ބޭރުގެ މީހުންނަށް ވަޒަންވެރިވެވޭ ގޮތަށް މަޝްރޫއުއެއް ހިންގުމަށް ރަސްމާލޭގެ ދެބައިކުޅަ އެއްބައި އީގަލް ހިލްސް ކުންފުންޏަށް ދިނުމުގެ ކުރިން އެކަމާމެދު ރައްޔިތުން ދެކޭ ގޮތެއް ބެލުމަށް ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީން ކުރާ މުޒާހަރާއަށް "އަހާބަލަ" ގެ ނަމުން ނަން ދީފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް، މުހައްމަދު ނަޝީދު މިއަދު އާންމުުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ ކާމިޔާބާއެކު ކަމެއް ހިންގޭނީ ރައްޔިތުންގެ ރުހުން އެކަމަށް ލިބިގެން ކަމަށެވެ.

ކާމިޔާބާއެކު ހިންގޭ ކަންކަން ހިންގޭނީ ރައްޔިތުންގެ ރުހުން އެކަމަށް ލިބިގެން، ރައްޔިތުން ކައިރީގައި އަހާން ޖެހޭ، ގިނަގިނައިން އަހާންޖެހޭ، ފުށިދިއްގަރު ފަޅުގެ މަޝްރޫއުއާ ގުޅޭގޮތުން ރާއްޖޭގެ ރައްޔިތުން ކައިރީގައި އެހުމަކީ ކޮންމެހެން ބޭނުންތެރިކަމެއް،" ނަޝީދު ވިދާޅުވި އެވެ.

ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިޔުމަށްޓަކައި އީގަލް ހިލްސްއާއެކު ސަރުކާރުން ސޮއިކުރުމުގެ ކުރިން އާންމު ރައްޔިތުންގެ ރިފަރެންޑަމަކަށް ދާން ގޮވާލައި އެމްޑީޕީން ބާއްވާ މުޒާހަރާ އޮތީ އަންނަ ބުރާސްފަތި ދުވަހުގެރޭ 9:00 ގަ އެވެ. އެމްޑީޕީން އެއްވާން ނިންމައިފައި ވަނީ އާޓިފިޝަލް ބީޗަށެވެ.

ބޭރުގެ އެއްވެސް ފަރާތަކަށް ރަސްމާލެ ކުއްޔަށް ވިޔަސް ދޫނުކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވުމަށްފަހު ރަސްމާލެ ދޫކޮށްލުމުގެ ސިއްރު އެގްރިމެންޓުގައި ޔޫއޭއީގައި ސޮއި ކުރީ ސެޕްޓެމްބަރު 21، 2026، ގަ އެވެ. 

ބޭރުގެ މަހުޖަނުން ދާއިމަށް އެތަނުގައި ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެ ދޫކޮށްލަނީ އެކުއިޒިޝަން ކޯސްޓެއް އަދި ބިމު ކުއްޔެއް ވެސް ނުނަގާ މުޅިން ހިލެ އެވެ. ދައުލަތަށް އެތަނުން ލިބޭނީ އެތަނުގައި އަޅާ އިމާރާތްތައް ވިއްކައިގެން ލިބޭ 10 ޕަސެންޓާއި ހަތަރު ޕަސެންޓުގެ ކުޑަ ފީ އެކެވެ. 

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ވަރަށް ގިނަ ސިޔާސީ ލީޑަރުން ދަނީ އަޑުއުފުލަމުންނެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ކެންޑިޑޭޓުން ހިމެނިވަޑައިގަންނަވަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox