އޮކްޓޯބަރު މަހު އެކަނިވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 24 މައްސަލައާއި ގެވެށި އަނިޔާގެ 57 މައްސަލަ!

ކުޑަކުދިންނަށް ކުރާ އަނިޔާ ރަމްޒުކޮށްދޭ ފޮޓޯއެއް -- ފޮޓޯ: އަދަދު

ކުޑަކުދިންނަށް ކުރާ އަނިޔާ ރަމްޒުކޮށްދޭ ފޮޓޯއެއް -- ފޮޓޯ: އަދަދު

މި އަހަރުގެ އޮކްޓޯބަރު މަހު ޖެންޑާ މިނިސްޓްރީއަށް އެކި ބާވަތުގެ 299 މައްސަލައެއް ހުށަހެޅިފައިވާއިރު، އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައްކަން އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

މިނިސްޓްރީން މިއަދު އާންމުކުރި އޮކްޓޯބަރު މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ ޖުމްލަ 109 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. އެއީ 62 އަންހެން ކުދިންނާއި 47 ފިރިހެން ކުދިންނާ ގުޅޭ މައްސަލަތަކެވެ.

މިގޮތުން މި ބައިން އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް އިހުމާލުވުމުގެ 27 މައްސަލައެވެ. އޭގެ ތެރޭގައި 18 އަންހެން ކުދިންނާއި 9 ފިރިހެން ކުދިން ހިމެނެ އެވެ. ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިންސީ ހާނިއްކަކުރުމުގެ 24 މައްސަލަ އެވެ. އެއީ 18 އަންހެން ކުދިންނާއި 6 ފިރިހެން ކުދިންނެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖިސްމާނީ ހާނިއްކަކުރުމުގެ 19 މައްސަލައަކާއި، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލައިގެ އިތުރުން ނަފްސާނީ ހާނިއްކަކުރުމުގެ 9 މައްސަލައެއްވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.

ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާގެ މައްސަލަތަކެވެ. އެ ބައިން ޖުމްލަ 57 މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 52 މައްސަލައަކީ އަންހެނުންނަށް ކުރި އަނިޔާގެ މައްސަލަތަކެވެ. ފިރިހެނުންނާ ގުޅޭ ގޮތުން ހުށަހަޅާފައިވަނީ އެންމެ 5 މައްސަލަ އެވެ.

ގެވެށި އަނިޔާގެ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައީ ޖިސްމާނީ އަނިޔާކުރުމުގެ 31 މައްސަލައެވެ. އަދި ނަފްސާނީ އަދި އަނގަބަހުން ކުރާ އަނިޔާގެ 13 މައްސަލައިގެ އިތުރުން ޖިންސީ އަނިޔާގެ 3 މައްސަލައާއި ބްލެކްމެއިލްކުރުމުގެ 3 މައްސަލަވެސް ހިމެނެ އެވެ.

މީގެ އިތުރުން ކުޑަކުދިންގެ އަހުލާގީ މައްސަލަތަކަށް ބަލާއިރު، 22 ފިރިހެން ކުދިންނާއި 13 އަންހެން ކުދިން ހިމެނޭހެން ޖުމްލަ 35 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ސްކޫލަށް ދާން ދެކޮޅުހެދުމުގެ 6 މައްސަލައަކާއި، ރުޅި ކޮންޓްރޯލް ނުކުރެވުމުގެ 6 މައްސަލައިގެ އިތުރުން ގެއިން ފިލައިގެން ދިއުމުގެ 5 މައްސަލަ ހިމެނެ އެވެ.

އާއިލީ މައްސަލަތަކާ ގުޅުންހުރި 33 މައްސަލައެއް އޮކްޓޫބަރު މަހު ބަލައިގެންފައިވާއިރު، އޭގެ ތެރޭގައި އެންމެ ގިނައީ ދަރިން ބެލުމުގައި ދިމާވާ 20 މައްސަލަ އެވެ.

އޮކްޓޫބަރު މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ޖުމްލަ 153 ކުދިން ތިބިއިރު، އޭގެ ތެރޭގައި ހިމެނެނީ 89 ފިރިހެން ކުދިންނާއި 64 އަންހެން ކުދިންނެވެ. އަދި އެ މަހުގެ ތެރޭގައި 2 ފިރިހެން ކުދިންނާއި 1 އަންހެން ކުއްޖަކު ވަނީ އާއިލާއާ އަލުން ހަވާލުކޮށްފަ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހެލްޕްލައިންތަކަށް ލިބުނު ކޯލުތަކުގެ ތެރެއިން، ކުޑަކުދިންގެ ހެލްޕްލައިން 1412 އަށް ޖުމްލަ 1،775 ކޯލު ލިބިފައިވެ އެވެ. އަދި ގެވެށި އަނިޔާއާ ގުޅޭ ހެލްޕްލައިން 1421 އަށް 549 ކޯލު ލިބިފައިވާ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ރާއްޖޭގައި ކުޑަކުދިންނާއި އަންހެނުންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް ކޮންމެ މަހަކުވެސް ގިނަ އަދަދަކަށް ރިޕޯޓުކުރަމުންދާއިރު، މިފަދަ މައްސަލަތައް ރިޕޯޓުކުރުމަށް އާންމުން ހޭލުންތެރިވެފައިވާ މިންވަރު އިތުރުވެފައިވާކަން ކަމާބެހޭ އިދާރާތަކުން ފާހަގަކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox