Advertisement

ފުލުހުން ބުނަނީ ޕީއެންއެފްގެ ޖަލްސާ ހުއްޓުވަނީ އެޑިއުކޭޝަން މިނިސްޓްރީން އެދިގެން ކަމަށް

9 އޭޕްރީލް 2024 - 22:12 0

ނިމާ ހަސަން

ނިމާ ހަސަން

ޮޫޕީއެންއެފްގެ ޖަލްސާ ބޭއްވިޔަ ނުދޭން ފުލުހުން ޣިޔާސުއްދީން ސްކޫލުގެ ބޭރުގައި ހަރަކާތްތެރިވަނީ. ފޮޓޯ: މުހައްމަދު ޝަހުޒާން/އަދަދު


ފުލުހުން ބުނަނީ ޕީއެންއެފްގެ ޖަލްސާ ހުއްޓުވަނީ އެޑިއުކޭޝަން މިނިސްޓްރީން އެދިގެން ކަމަށް

9 އޭޕްރީލް 2024 - 22:12 0

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އާ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާ އަށް ދިޔަ މީހުން، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލަށް ވަނުން ހުއްޓުވަން މަސައްކަތް ކުރަނީ އެޑިއުކޭޝަން މިނިސްޓްރީން އެދިގެން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލަށް ވަނުން މަނާކުރީ އެސްކޫލުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ހުއްދަ ނުދޭ އެއްވުމެއް ހުއްޓުވައި ސްކޫލު ރައްކާތެރިކުރުމަށް އެ ސްކޫލުން އެޑިއުކޭޝަން މިނިސްޓްރީގައި އެދުމުން, އެކަން ތަންފީޒު ކޮށްދިނުމަށް އެޑިއުކޭޝަނުން ފުލުހުންގެ އެހީތެރިކަމަށް އެދުނު ކަމަށެވެ.

"ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ފަރާތުން އެސްކޫލުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ހުއްދަދެވިފައިނުވާ އެއްވުމެއް ހުއްޓުވައި ސްކޫލު ރައްކާތެރިކުރުމަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި އެދިފައިވާތީ، އެކަން ތަންފީޒުކުރުމަށް، މިނިސްޓްރީގެ ފަރާތުން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާތީ، އެސްކޫލުގައި މިވަގުތު ކުރިއަށްދާ އެއްވުމަށް ފުލުހުންދަނީ އެޓެންޑް ކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް ފުލުހުން ހުރަސް އެޅުމުން އެ ސަރަހައްދަށް އެއްވެ ތިބި އެ ޕާޓީގެ ސަޕޯޓަރުން ދަނީ އެ ސަރަހައްދުގައި އިހުތިޖާޖު ކުރަމުންނެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ވެސް ދަނީ ގޮވަމުންނެވެ.


ޖަލްސާގެ ބައެއް ބައިވެރިން ދަނީ ފާރުމަތިން އަރައިގެން ވެސް ޣިޔާސުއްދީން ސްކޫލު ތެރެއަށް ވަނީ ވަދެފަ އެވެ. ނަމަވެސް ފުލުހުން ދަނީ އެކަމަށް ހުރަސް އަޅާ, ސްކޫލު ތެރެއަށް ވަނަ ނުދިނުމަށް މަސައްކަތް ކުރަމުންނެެވެ.

އެ ސަރަހައްދަށް އެއްވި ތިބި މީހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް, ޕެޕާ ސްޕްރޭ ވެސް ޖަހާފަ އެވެ.

ޖަލްސާއަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް އެ ސްކޫލުގެ ގޭޓުތައް ބަންދުކުރިއިރު, މިރޭ އިރާކޮޅުވެސް އެ ޖަލްސާ އެތަނުގައި ބޭވުމަށް ހުރަސް އަޅަން ސަރުކާރުން އުޅޭ ކަމުގެ ތުހުމަތު އެޕާޓީގެ މުއައްސިސު ޒެއިން އަބްދުﷲ ޔާމީނުން ތުހުމަތުކުރެއްވި އެވެ.