ރަސްމާލެ ޑީލަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް، ދެން އަންނަ ސަރުކާރަކުން ބާތިލުކުރާނެ: ޔާމީން

ތިން ރައީސުންގެ ބައްދަލުވުމުގެ ތެރެއިން ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް —— ފޮޓޯ: މުހައްމަދު ޝަރުހާން

ތިން ރައީސުންގެ ބައްދަލުވުމުގެ ތެރެއިން ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް —— ފޮޓޯ: މުހައްމަދު ޝަރުހާން

ރަސްމާލޭ ވޯޓާފްރަންޓް އެންޑް މެރީނާ މަޝްރޫއު ހިންގަން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 500 ހެކްޓަރުގެ ބިން ދިނުމަކީ ދިވެހީންގެ މުސަގުބަލުން ކުރާ ވައްކަމެއް ކަމަށާއި އެއީ ދެން އަންނަ ސަރުކާރަކުން ބާތިލުކުރަން ޖެހޭ އެއްބަސްވުމެއް ކަމަށް ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ރަސްމާލޭގެ ދެބައިކުޅައެއްބައި އީގަލް ހިލްސް ކުންފުންޏަށް ދޭން ނިންމާފައި އޮތީ 99 އަހަރަށް ކަމަށެވެ. އަދި، އެ މީހުންނާއެކު ވެފައި އޮތް އެއްބަސްވުމުގައި އޮތީ، އެ ތަނުގެ މުއްދަތު އިތުރުކުރެވޭ ގޮތަށް ކަމަށާއި އެއީ ރާއްޖޭގެ އެއްވެސް ގާނޫނަކުން ހުއްދަކުރާ ކަމެއް ނޫންކަމަށް ޔާމީން ވިދާޅުވި އެވެ.

"އެހެންވީމާ މިއީ އަސްލުގައި އަޅުގަނޑުމެންގެ މުސްތަގުބަލުން މި ކުރަނީ ވައްކަން، އެހެންވީމާ އެއީ ގާނޫނާއި ހިލާފު އެއްބަސްވުމަކަށް ވާތީ އެ އަޕްހޯލްޑުކުރާކަށް ނުޖެހޭ ދެން އަންނަ ސަރުކާރަކަށް، އެއްގޮތަކަށް ވެސް ނުޖެހޭނެ އިނގޭތޯ؟،" ޔާމީން ވިދާޅުވި އެވެ.

"ޔޫއޭއީގެ މި ކުންފުންޏަށް ވެސް އެނގެންވާނެ އިނގޭތޯ؟ މި މީހުންނަށް ވެސް އެނގެންވާނެ އަޅުގަނޑުމެންގެ މުސްތަގުބަލެއް ތިގޮތަށް ވިއްކާ ނުލެވޭނެކަން އެ ވިއްކާލަނީ މި މީހުންގެ ގައުމުގައި ވެސް ހުއްދަ ނުކުރާ ކަންކަން އެހެންވީމާ އެއަކަށް އޮނާއެއް ނުކުރާނެ އިހުތިރާމެއް ނުކުރާނެ އިނގޭތޯ؟."

ރަސްމާލޭގެ ބިމުން ބައެއް އީގަލް ހިލްސް ކުންފުންޏަށް ދެނީ ލީސް އެކުއިޒިޝަން ކޮސްޓު (ބިން ހޯދުމުގެ އަގު) ނުނަގާ، 99 އަހަރުގެ މުއްދަތުގެ ތެރޭގައި އެއްވެސް ކުއްޔެއް ނުނަގާ ގޮތަަށް ކަަމަށް ހައުސިން މިނިސްޓަރު އަބްދުالله މުއްތަލިބު ވަނީ ވިދާޅުވެފަ އެވެ.

މުއްތަލިބު ވިދާޅުވި ގޮތުގައި، ރަސްމާލޭން މި ގޮތަށް ލިބެން ހުރި ފައިސާތައް ސަރުކާރުން ދޫކޮށްލީ، އޭގެ މުގާބިލުގައި ސަރުކާރަށް މުޅި ޕްރޮޖެކްޓުގެ މުއްދަތުގެ ތެރޭގައި ފައިސާ ލިބޭނެ ގޮތެއް ހޯދުމުގެ ގޮތުންނެވެ. އެ ގޮތުން މިހާރު ރިސޯޓުތައް ތަރައްގީކުރަން ދޭ ގޮތާ ހިލާފަށް، ރަސްމާލޭގެ ބިމުގެ ބަދަލުގައި ސަރުކާރަށް ލިބެނީ އާމްދަނީ އާއި ޓެކްސްތަކެވެ.

ރަސްމާލޭގެ ބިމުގެ މުގާބިލުގައި ސަރުކާރަށް ލިބޭ އާމްދަނީ

  • ރަސްމާލޭގައި ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކުންނާއި ވިއްކާ މުދަލުން، ރިސޯޓުތަކުން ދައްކާ ރޭޓުގައި ޓެކްސްތައް
  • ރަސްމާލޭގައި ތަރައްގީކުރާ ތަންތަން ޑިވެލޮޕަރު ވިއްކާ އަގުގެ 10 ޕަސެންޓު
  • ރަސްމާލޭގައި ހިންގާ ކޮންމެ ޕްރޮޕަޓީ މުއާމަލާތަކުން ހަތަރު ޕަސެންޓު

ބިމަށް އަގެއް، ކުއްޔެއް ނުނަގާ ގޮތަށް ދޫކޮށްލުން ދިފާއުކުރައްވަމުން މުއްތަލިބު ވިދާޅުވަނީ ސަރުކާރުގެ ބޭނުމަކަށްވީ، ޓީޖީއެސްޓީ އާމްދަނީ ކަށަވަރުކުރުން ކަމަށެވެ. ޓީޖީއެސްޓީއަކީ ދައުލަތަށް އެންމެ ގިނަ ފައިސާ ވަންނަ ދާއިރާކަން ފާހަގަކުރައްވަމުން، މުއްތަލިބު ވިދާޅުވީ ދުރު މުސްތަގުބަލަށް ވިސްނާއިއު މިއީ މާ ފައިދާ ބޮޑު ގޮތެއް ކަމަށެވެ.

ސަރުކާރުން އަންދާޒާ ކުރަނީ، ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި މި ޕްރޮޖެކްޓުގެ ހުރިހާ މަރުހަލާއެއް ނިމި ފުރިހަމަ ވުމުން، ރަސްމާލެއަށް އެކަނި އެއް މިލިއަން ޓޫރިސްޓުން އަންނާނެ ކަަމަށެވެ. އަދި މި ޕްރޮޖެކްޓުގެ ދަށުން ތަންތަަން ތަރައްގީކުރުމުގެ މަރުހަލާގެ ތެރޭގައި ދައުލަތަށް 11 ބިލިއަން ޑޮލަރު ވަންނާނެ ކަމަށެވެ. އޭގެ އިތުރުން، 54000 ވަޒީފާ އުފެދިގެން ދާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox