ރަސްމާލެ ޑީލް: ސަރުކާރުން ހާމަނުކުރާ މައުލޫމާތުތައް ސާފުކޮށްދިނުމަށް އެދި ޕީއެންއެފްއިން މުއިއްޒަށް ސިޓީއެއް

އިދިކޮޅު ޕީއެންއެފްގެ އިސް ބައެއް މެންބަރުން -- ފޮޓޯ: އަދަދު

އިދިކޮޅު ޕީއެންއެފްގެ އިސް ބައެއް މެންބަރުން -- ފޮޓޯ: އަދަދު

ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އީގަލް ހިލްސްއަށް ދޭން ނިންމި ނިންމުމާ ގުޅޭގޮތުން ހާމަނުކޮށް ހުރި މައުލޫމާތުތައް ސާފުކޮށްދޭން އެދި ރައީސް މުހައްމަދު މުއިއްޒުއަށް ޕީއެންއެފްއިން ސިޓީއެއް ފޮނުވައިފި އެވެ.

ޕީއެންއެފްއިން ފޮނުވާފައިވާ ސިޓީގައި ބުނީ ރަސްމާލެ ޑީލްގައި ގޮތް ނޭނގޭ އެތައް ކަމެއް ހުރި ކަމަށެވެ. އަދި، އެ މުއާމަލާތުގެ ސަބަބުން ދިވެހި ރައްޔިތުންނަށާއި ދިވެހި ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލަށް ނުރައްކާވެދާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެ ސިޓީގައި ބުންޏެވެ.

އެހެންކަމުން މިހައިތަނަށް އެ މުއާމަލާތާ ބެހޭގޮތުން ސަރުކާރުން ހާމަނުކޮށް ހުރި 34 ކަމެއް ސާފުކޮށްދިނުމަށް އެ ސިޓީގައި ރައީސްގެ ކިބައިން އެދިފައިވެ އެވެ.

Advertisement

އެގޮތުން، ރަސްމާލޭގެ ބިމުން އީގަލް ހިލްސްއަށްދޭ ބިމުގެ އަގާއި އެ ބިން ކުއްޔަށް ދިނުމުގެ ކުރިން ގާނޫނު އަސާސީއަށާއި ގާނޫނުތަކަށް ބަދަލެއް ގެންނަންޖެހޭ ނަމަ، އެ ބަދަލަކީ ކޮބައިކަމާއި އެ ބިން ހިއްކައި ރިވެޓްމެންޓު ޖެހުމަށް ސަރުކާރުން ކޮށްފައި ވަނީ ކިހައިވަރެއްގެ ހަރަދެއްތޯ އެ ސިޓީގައި ސުވާލުކޮށްފައިވެ އެވެ.

އޭގެ އިތުރުން، ރަސްމާލެއިން އީގަލް ހިލްސްއަށް 500 ހެކްޓަރުގެ ބިން ދޭން ނިންމާފައިވާ 99 އަހަރު މާނަކުރާ ގޮތާއި އެ މަޝްރޫއު އީގަލް ހިލްސްއާ ހަވާލުކުރީ ކޮން ގޮތަކުން ކަމާއި އީގަލް ހިލްސްއަށް ދޭ ބިމުން އެއްވެސް މިންވަރެއް އެހެން ބަޔަކަށް މިލްކު ކޮށްދެވިދާނެތޯ އެ ސިޓީގައި ސުވާލުކޮށްފައިވެ އެވެ.

އީގަލް ހިލްސްއަށް ރަސްމާލެ ދޭން ސިއްރު އެގްރިމެންޓެއްގައި ސޮއި ކުރީ މިދިޔަ ހަފްތާގެ ހޯމަ ދުވަހެވެ. އެ އެގްރިމެންޓު ހާމަނުކޮށް ސަރުކާރުން ބުނަމުން އައީ ރަސްމާލެ ދިނީ 99 އަހަރަށް ކަމަށެވެ. އެތަން ދިނީ، ލީސް އެކުއިޒިޝަން ކޮސްޓެއް އަދި ކުއްޔެއް ވެސް ނުނަގާ ގޮތަށް މުޅިން ހިލެ އެވެ. 

މި މައްސަލައިގައި ސަރުކާރަށް އިންތިހާއަށް ފާޑުކިޔުން އަމާޒުވި ނަމަވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ މިއީ ރަނގަޅު މުއާމަލާތެއް ކަމުގައި ދައްކާށެވެ. އެ ގޮތުން މިއީ އާންމު އުސޫލުން ރިސޯޓުތައް ދޭ ގޮތަށް ދީފައިވާ ތަނެއް ކަމަށާއި މި އިންވެސްޓުމަންޓުން ރާއްޖެ ނުދެކޭ ވަރުގެ އާމްދަނީ ވަންނާނެ ކަމަށް އަންނަނީ ބުނަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox