ރައީސް ވިދާޅުވި ގޮތަށް ފްލެޓުގެ އެއްބަސްވުން ދޭން މިނިސްޓްރީ ދެކޮޅު!

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަދަމުންދާ އިމާރާތްތައް. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަދަމުންދާ އިމާރާތްތައް. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކުރީގެ ސަރުކާރުގެ ހައުސިން ސްކީމްތަކުގެ ގޯއްޗާއި ފްލެޓުތަކުގެ ރަޖިސްޓްރީ މި ހަފުތާގެ ނިޔަލަށް ހަވާލު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި އޮތަސް، ހައުސިން މިނިސްޓްރީން އެގޮތަށް މަސައްކަތް ކުރިއަށް ނުގެންގޮސް، ފްލެޓު ލިޔުން ދޫކުރުމުގެ މަސައްކަތް ފަށާނީ އޭސީސީން މައްސަލަ ބަލައި އެންގުމުން ކަމަށް ރޭ އެ މިނިސްޓްރީން ބުނެފި އެވެ.

ގޯއްޗާއި ފްލެޓް ލިބޭ މީހުން ހިމެނޭ ގެޒެޓުކޮށްފައިވާ ލިސްޓުގައިވާ ގޮތަށް ރަޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތް މި ހަފުތާގެ ނިޔަލަށް ނިންމާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ ޖެނުއަރީ 2، 2024 ގަ އެވެ.

"ގޯތި އަދި ފްލެޓް ލިބޭނެ ކަމަށް ފައިނަލް ލިސްޓުގައި ހިމެނޭ ގެޒެޓްކޮށްފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދީ، ގޯތި/ފްލެޓް ހަވާލު ކުރުމަކީ އަޅުގަނޑު ވައުދުވީ ގޮތަށް ކުރިއަށްދާނެ ކަމެއް. މި ހަފުތާ އާއި އަންނަ ހަފުތާ ތެރޭގައި ރަޖިސްޓްރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރިއަށް ގެންދާނެ،" ޖެނުއަރީ 2، 2024 ގައި ރައީސް މުއިއްޒު ކުރެއްވި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުން ނަމަ މިއަދުގެ ނިޔަލަށް އެ މަސައްކަތް ނިންމަންޖެހެ އެވެ.

އެހެންވެ، ލިޔުން ހަވާލުކުރުމުގެ މަސައްކަތް މިއަދު ފަށާނެ ކަމުގެ އަޑުތައް ފެތުރިގެން ވެސް ދިޔަ އެވެ. ނަމަވެސް އެއީ ސައްހަ ވާހަކަތަކެއް ނޫން ކަމަށް ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މިނިސްޓަ އޮފް ހައުސިން ލޭންޑު އެންޑު އާބަން ޑިވެލޮޕްމެންޓު ޑރ. އަލީ ހައިދަރު އަހުމަދު ނޮވެމްބަރު 19، 2023 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައި ވަނީ ފްލެޓު ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓާލާފައި ވަނީ އޭސީސީން މި ސްކީމުގެ މަސައްކަތް ހުއްޓާލުމަށް އަންގާފައިވާތީ ކަމަށެވެ.

އެ މަސައްކަތް އަލުން ފަށާނީ އޭސީސީން އެންގުމުން ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ފްލެޓުތަކުގެ ލިޔުން ހަވާލު ކުރަން ނުފެށި ނަމަވެސް، ގޯތީގެ ލިޔުންތައް ހަވާލުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން 9000 އަށް ވުރެ ގިނަ ގޯތި ދޫކޮށްފައި ވާއިރު، އެންމެ ގިނަ ގޯތި ދޫކުރީ ގިރާވަރުންނެވެ. އެ ރަށުން 5,433 ގޯތި ދޫކޮށްފައި ވާއިރު، ހުޅުމާލެއިން 1351 ގޯތި އަދި ގުޅީފަޅުން 2,219 ދޫކޮށްފައިވެ އެވެ.

މިދިޔަ ސަރުކާރު ނިމުނުއިރު ގިނަ ގޯތިތަކުގެ ރަޖިސްޓްރީ ވަނީ ހަވާލުކޮށް ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox