ފްލެޓު މަޝްރޫއު ކުރިއަށް ގެންދާނީ އޭސީސީގެ މަޝްވަރާއަށްފަހު: ހައިދަރު

ހައުސިން މިނިސްޓަރު ހައިދަރު; ގެދޮރުވެރިޔާ މަޝްރޫއު ކުރިއަށް ގެންދާނީ އޭސީސީގެ މަޝްވަރާއަށްފަހު ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ހައުސިން މިނިސްޓަރު ހައިދަރު; ގެދޮރުވެރިޔާ މަޝްރޫއު ކުރިއަށް ގެންދާނީ އޭސީސީގެ މަޝްވަރާއަށްފަހު ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ގެދޮރުވެރިޔާ ސްކީމުގެ ނަމުގައި ކުރީ ސަރުކާރުން ހިންގި ފްލެޓު މަޝްރޫއު ކުރިއަށް ގެންދާނެ ގޮތް ނިންމާނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ މަޝްވަރާ ކުރުމަށްފަހު ކަމަށް އާ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެ އެވެ.

އާ ސަރުކާރުގެ ހައުސިން މިނިސްޓަރު "އަދަދު" އަށް މިއަދު ވިދާޅުވީ ކުރީ ސަރުކާރުން ހިންގި މަޝްރޫއަކަށް ވި ނަމަވެސް, މި ސަރުކާރުން ރައްޔިތުންނަށް ފްލެޓު ދޫކުރުމުގެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ.

އެ މަޝްރޫއަކީ އޭސީސީން ހުއްޓައިލަން އަންގާފައިވާ މަޝްރޫއަކަށް ވާތީ, އިތުރަށް ކުރިއަށް ދާނެ ގޮތެއް ނިންމަވާނީ އޭސީސީގެ މަޝްވަރާގެ މަތިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭސީސީން އަންގާ ގޮތެއްގެ މަތިން, ފްލެޓު ލިބޭ މީހުންގެ ލިސްޓު އަލުން އެކުލަވައިލަން ޖެހޭ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށް ހައިދަރު ވިދާޅުވި އެވެ.

ފްލެޓު ލިބޭ މީހުންގެ ލިސްޓެއް ކުރީ ސަރުކާރުގެ ޕްލޭނިން މިނިސްޓްރީން ނެރުނީ އުސޫލުން ބޭރުން, ކޮރަޕްޝަން އެކުލެވޭހެން 4,000 ފްލެޓް ބަހާލަން އުޅޭކަމުގެ ތުހުމަތުގައި އޭސީސީއަށް މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ. އެ މައްސަލާގައި ފުރަތަމަ އޭސީސީން އެންގީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު މަޝްރޫއު ކުރިއަށް ގެންދިއުމަށެވެ.

އެއާއެކު ޕްލޭނިން މިނިސްޓްރީން ވަނީ ޝަކުވާ ހުށަހަޅަން ފަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ. އެ މުއްދަތަށްފަހު ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓެއް ނެރެ, ގުރު ނެގުމަށްފަހު އެގްރީމަންޓުގައި ސޮއިކުރަން ފެށުމާއެކު އޭސީސީން ވަނީ އެ މަޝްރޫއު މަޑުޖައްސާލަން އަންގާފަ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓުތަކުގެ ތެރެއިން ގާނޫނާއި ގަވާއިދާ ހިލާފަށް ފްލެޓެއް ދީފައިވާނަމަ އެ ފްލެޓެއް އަތުލުމުގެ ފުރުސަތު އޮންނާނެތީ, ކުރީ ސަރުކާރުގެ ފަހު ދުވަސްކޮޅު އެ މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އިންތިގާލީ މަރުހަލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox