ސަރުކާރުގެ ސިޔާސަތު އޮޅިއްޖެ: މިހާރު ބުނަނީ ކޮންމެ އާއިލާއަކަށް ބޯހިޔާވެހިކަން ދޭނެ ކަމަށް

ހައުސިން މިނިސްޓަރު މުއްތަލިބު

ހައުސިން މިނިސްޓަރު މުއްތަލިބު

މުހައްމްދު މުއިއްޒުގެ ރިޔާސީ ވައުދަކީ 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ބޯހިޔާވެހިކަން ކަށަވަރު ކުރުން ކަމަށް ވިޔަސް، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ދެއްކެވި ވާހަކަފުޅާ ގުޅިގެން ސަރުކާރުގެ ބޯހިޔާވެހިކަމުގެ ސިޔާސަތު އޮޅިއްޖެ އެވެ. 

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތަލިބު ވިދާޅުވީ މުއިއްޒުގެ އަމާޒަކީ ފަސް އަހަރު ތެރޭގައި 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ބޯހިޔާވެހިކަން ކަށަވަރުކޮށްދިނުން ކަމަށެވެ. ނަމަވެސް މުއިއްޒު އެ މާނަކުރައްވަނީ 18 އަހަރުން މަތީގެ ކޮންމެ މީހެއް ހިމެނޭ އާއިލާއަކަށް ފަސް އަހަރު ތެރޭގައި ބޯހިޔާވެހިކަން ފޯރުކޮށްދޭ ވާހަކަ ކަމަށް މުއްތަލިބު ވިދާޅުވި އެވެ. 

"ރައީސް ވިދާޅުވެފައި އެބައޮތް 18 އަހަރުން މަތީގެ ބޯހިޔާވެހިކަން ބޭނުންވާ އެއްވެސް ފަރާތެއް ނެތުމަކީ އެމަނިކުފާނު ފަސް އަހަރު ތެރޭގައި އެޗީވްކުރަން ބޭނުންވާ ކަމެކޭ. އަޅުގަނޑުމެންނަށް އެކަން އެޗީވް ކުރެވޭނެ މަގު، އޭގެ މާނައެއް ނޫން 18 އަހަރުގެ ކޮންމެ މީހަކަށް ފްލެޓެއް ދިނުމަކީ، ނޫނީ ބިމެއް ދިނުމަކީ. އޭގެ މާނައަކީ 18 އަހަރުން މަތީގެ ކޮންމެ މީހެއް ހިމެނޭ އާއިލާއަކަށް، މާނައަކީ ފެމިލިއީއަށް ބޯހިޔާވެހިކަން ލިބިފައޭ އޮންނާނީ،" މުއްތަލިބު ވިދާޅުވި އެވެ. 

Advertisement

 ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް މިދިޔަ އަހަރުގެ މެއި މަހު ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ މާލޭގައި ދިރިއުޅޭ އަދި މާލެއަށް ނިސްބަތްވާ 18 އަހަރުން މަތީގެ ކޮންމެ މީހަކަށް މާލެ ސަރަހައްދުން ފަސްޓް ހޯމްގެ ގޮތުގައި ގެދޮރު ދޭން ހުޅުވާލައި، އެ އެންމެންނަށް މިދިޔަ އަހަރުގެ ތެރޭގައި ލިޔުން ދޭނެ ކަމަށެވެ. 

"އަޅުގަނޑުގެ ވައުދު ފުއްދުމަށް 18 އަހަރުން މަތީގެ ހުރިހާ ރައްޔިތުންނަށް މާލޭގެ ރައްޔިތުން، މާލޭގެ ރަށްވެހިން އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުރަތަމަ ގެ، ފަސްޓް ހޯމް، އެއްވެސް ބޯހިޔާވެހިކަމެއް ނެތް 18 އަހަރުން މަތީގެ ރައްޔިތުންނަށް މިދެންނެވީ މުޅި މާލެ ސަރަހައްދުން ގްރޭޓާ މާލެ އޭރިއާ ރަސްމާލެ ހިމެނޭ ގޮތަށް ގޯތި ނުވަތަ ފްލެޓް ކަށަވަރު ކޮށްދިނުމަށް ހުޅުވާލާނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ހުޅުވާލައި އެ ފަރާތްތައް ކުރިމަތިލައި އެ ފަރާތްތަކަށް ރަސްމީ ގޮތުން އަޅުގަނޑުމެން ކަށަވަރު ކަމުގެ ލިޔުން ދޭނަން އިނގޭތޯ. ލިޔުން ދޭނަން އިރާދަކުރެއްވިއްޔާ މި އަހަރު ނިމުމުގެ ކުރީގައި. އެއީ ޓާގެޓަކީ."

މާލެ ސަރަހައްދުގައި އުޅޭ 18 އަހަރުން މަތީގެ އެންމެންނަށް މިއަހަރު ބޯހިޔާވަހިކަން ކަށަވަރު ކޮށްދޭނަން: ރައީސް

ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ މާލެ ސަރަހައްދުގައި ދިރިއުޅޭ 18 އަހަރުން މަތީގެ އެންމެންނަށް ފުރަތަމަ ގެ ކަށަވަރުކޮށްދިނުމަށް ވަރަށް އަވަހަށް ހުޅުވާލައި، މި އަހަރު ތެރޭގައި ލިޔުން ހަވާލު ކުރުމަށް އަމާޒު ހިފާފައިވާ ކަމަށް.

ނަމަވެސް މުއިއްޒު ވިދާޅުވި ގޮތަށް މިދިޔަ އަހަރު މާލެ ސަރަހައްދުން ބޯހިޔާވެހިކަމަށް ހުޅުވާލެވިފައި ނުވެ އެވެ. ބމާލެ ސަރަހައްދުން ބޯހިޔާވެހިކަން އެންމެންނަށް ނަމުގައި ބޯހިޔާވެހިކަމުގެ މަޝްރޫއަށް ހުޅުވާލީ މިދިޔަ ޖެނުއަރީ މަހެވެ. މަޝްރޫއުގެ ދަށުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މެއި މަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. 

މުއްތަލިބު ވިދާޅުވީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ބޯހިޔާވެހިކަން ހަމަޖެއްސުމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މި ސަރަހައްދުގައި ބިން ނެތުމުގެ މައްސަލަ ކަމަށާއި ބޯހިޔާވެހިކަން ގާއިމުކުރެވޭނީ ބިން ހިއްކައި އެތަނެއް އާބާދުވެސް ކޮށްގެން ކަމަށެވެ. 

ފިނޭންސް މިނިސްޓްރީން މިދިޔަ އަހަރުގެ ޖެނުއަރީ މަހު 57 ރަށެއްގައި 12،000 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދުމަށް ހުޅުވާލި އެވެ. ނަމަވެސް އޭގެތެރެއިން ގިނަ ރަށްތަކުގައި އެކަމާ ގުޅޭ އެއްވެސް މަސައްކަތެއް ކުރިއަކަށް ނުދެ އެވެ. 

މުއިއްޒު ކުރިން ވިދާޅުވީ އަތޮޅުތެރޭގައި ޖުމްލަ 40،000 ހައުސިން ޔުނިޓް އަޅާނެ ކަމަށެވެ. އެކަމަކު އެކަމަށް ބޭނުންވާ ފައިނޭންސް ހޯދުމުގައި ދަތިތައް ހުރި ކަމަށް މުއްތަލިބު މިއަދު ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox