ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ނޭޕާލް ސުޕަ ލީގު އަންނަ ނޮވެމްބަރު މަހު ފަށަނީ

Oct 3, 2023, 3:23 AM
ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ނޭޕާލް ސުޕަ ލީގު އަންނަ ނޮވެމްބަރު މަހު ފަށަނީ

ކަތަމަންޑޫ (އޮކްޓޯބަރު 3) - ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ނޭޕާލް ސުޕަ ލީގުގެ އަލުން ފަށަން ތައްޔާރުވެއްޖެ އެވެ.

ނޭޕާލް ސުޕަ ލީގަކީ 2021 ވަނަ އަހަރު އެ ގައުމުން ތައާރަފްކުރި ލީގެކެވެ. އެ ގޮތުން ބޮޑެތި ސްޕޮންސަރުންނާ އެކު ކުޅުންތެރިންނަށް ބޮޑު މުސާރަ ލިބޭ ގޮތަށް "ފްރެންޗައިޒް" މޮޑެލް އަކަށް 2021ގައި ލީގު ފެށީ ހަތް ޓީމާ އެކުގަ އެވެ. އެ ފަހަރުގެ ލީގަށް ފަހު ނޭޕާލް އެފްއޭ އަށް މާލީގޮތުން ގިނަ ގޮންޖެހުންތަކެއް ދިމާވެ ލީގު އަލުން ބޭއްވޭ ގޮތް ނުވީ އެވެ.

ބަދަލުތަކަކާ އެކު މިފަހަރު ލީގު ފަށަން ތައްޔާރުވެފައިވަނީ ނުވަ ޓީމާ އެކުގަ އެވެ. މި ފަހަރުގެ ލީގުގައި ވެސް ކޮންމެ ޓީމަކަށް ގައުމުން ބޭރުގައި ކުޅޭ "އައިކޮނިކް" އެއް ކުޅުންތެރިއަކު ޓީމުގައި ހިމެނޭއިރު، "މާކިއުއީ" ޕްލޭޔަރުގެ ގޮތުގައި ޓީމް ލީޑު ކުރާނީ އެ ގައުމުގެ ގައުމީ ޓީމްގެ މުހިންމު ކުޅުންތެރިންނެވެ. މީގެ އިތުރުން ކޮންމެ ޓީމެއްގައި ބިދޭސީ ހަ ކުޅުންތެރިން ހިމެނިދާނެ އެވެ. އޭގެ ތެރެއިން އެއްފަހަރާ ކުޅެން އެރޭނީ ފަސް ކުޅުންތެރިންނަށެވެ.

Advertisement

ޖުމްލަ އެކު، 246 ކުޅުންތެރިންނާއިއެކު ނޭޕާލް ސުޕަ ލީގުގެ "އޯކްޝަން" ނުވަތަ ނީލަން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ގައުމުން ބޭރުގައި ކުޅޭ ނޭޕާލްގެ ކުޅުންތެރިން މި ނީލަމުގައި ނުހިމެނެ އެވެ.

ނެޕާލްގެ ގައުމީ ޓީމްގެ ކުޅުންތެރިންގެ ތެރެއިން ރޯހިތު ޗާންދު، ކީޕަރު ކިރަން ކުމާރު ލިމްބޫ، މަނީޝް ޑަންގީ އަދި ބިމަލް ގަރްތި މަގަރު ހިމެނެނި ގައުމުން ބޭރުގައި ކުޅޭ ކުޅުންތެރިންގެ ލިސްޓުގަ އެވެ.

މިހާތަނަށް ނޭޕާލް ސުޕަ ލީގަށް އެންމެ ވަރުގަދައަށް ތައްޔާރުވަމުން އަންނަ އެއް ޓީމުކަމަށްވާ އެފްސީ ޗިތުވާނުން ވަނީ އެ ޓީމަށް ބިމާލް ސޮއިކޮށްފަ އެވެ. މީގެ އިތުރުން އެގައުމުގެ ފުޓްބޯޅަ އަށް ފަރިތަ ދެ ބިދޭސީ ކުޅުންތެރިންކަމަށްވާ ގާނާގެ ރަފީގު އަމިނޫ އަދި ގާނާގެ ޓޮރިކް ޖެބްރިން ސޮއިކޮށްފަ އެވެ.

ޖެބްރިން އަކީ 2022ގެ ރާއްޖޭގެ ދެ ވަނަ ޑިވިޝަންގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅުނު ކުޅުންތެރިއެކެވެ. ޗިތުވާން ޓީމްގެ ކޯޗަކީ އިންޑިއާގެ ގިނަ ޓީމުތަކަށް ކޯޗުކޮށްދީފައިވާ ހާލިދު ޖާމިލް އެވެ.

ފުޓްބޯޅަ ކުޅެގެން އެކަށީގެންވާ އާމްދަނީ ނުލިބޭތީ ނޭޕާލްގެ ގިނަ ކުޅުންތެރިންތަކެއްވަނީ ގައުމު ދޫކޮށް އޮސްޓްރޭލިއާގެ ދަށް ފަންތީގެ ލީގުތަކަށް ބަދަލުވެފަ އެވެ. މިކަމުގެ ސަބަބުން އެގައުމުގެ ފުޓްބޯޅައަށް ނޭދެވޭ އަސަރުކުރަމުން އަންނަތީ ނޭޕާލް އެފްއޭގެ އުއްމީދަކީ ސުޕަ ލީގު އަލުން ފެށުމާ އެކު ކުޅުންތެރިންގެ ޝަކުވާތަކަށް ހައްލެއް ލިބުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox