ފީފާ އިން ނޭޕާލާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތްތައް ފަށައިފި: ރިޕޯޓް

Apr 3, 2026, 4:50 AM
ނޭޕާލް އަންހެން ފުޓްބޯޅަ ޓީމު

ނޭޕާލް އަންހެން ފުޓްބޯޅަ ޓީމު

ކަތުމަންޑޫ، ނޭޕާލް (އޭޕްރީލް 3) - ނޭޝަނަލް ސްޕޯޓްސް ކައުންސިލުން އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަން (އަންފާ) ތިން މަސްދުވަހަށް ސަސްޕެންޑްކޮށްފައިވާއިރު، ފީފާ އިން މި މައްސަަލައިގައި ފިޔަވަޅު އެޅުމަށް ތައްޔާރުވަަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. 

ސްޕޯޓްސް ކައުންސިލްގެ މި ނިންމުމާ އެކު، ސަރުކާރުގެ ނުފޫޒު ނޭޕާލްގެ ފުޓްބޯޅަ އަށް ފޯރި ކަމަށް ނިންމައި، ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އިން ނޭޕާލް ސަސްޕެންޑް ކުރުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ.

އެ ގޮތުން، ސްޕޯޓްސް ކައުންސިލްގެ ހިންގާ ގަވާއިދުން ލިބިދޭ ބާރުގެ ބޭނުންކޮށް އަންފާ ސަސްޕެންޑް ކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ، ދާދި ފަހުން ބާއްވަން މަސައްކަތްކުރި އަންފާގެ އިންތިހާބުގެ ކަންކަން ސްޕޯޓްސް ކައުންސިލުން ދިން ލަފަޔާ އެއްގޮތަށް ކުރިއަށް ނުގެންދިއުމުންނެެވެ. ފެބްރުއަރީ 11 ގައި ބާއްވަން ނިންމި އަންފާގެ އިންތިހާބު ނޭޕާލުގެ ޕަޓާން ހައި ކޯޓުން ޖެނުއަރީ މަހު ނިންމި ނިންމުމާ އެއްގޮތަށް ހުއްޓިފައި އޮތް ނަމަވެސް، އަންފާ އިން މަސައްކަތް ކުރަމުން އައީ މިދިޔަ މަހު 27 އެ އިންތިހާބު ބޭއްވުމަށެވެ. އެކަމަކު، ފަހުން އެ އިންތިހާބު ފަސްކުރަން ނިންމީ އެވެ. 

ފީފާ އިން ނޭޕާލާ މެދު ފިޔަވަޅު އަޅަން ތައްޔާރުވަމުން އަންނަަ ކަމުގެ އިޝާރާތެއް ލިބިފައިވަނީ، މި މަހު ތައިލެންޑްގައި ކުރިއަށްދާ އަންހެން ފުޓްބޯޅައިގެ، ފީފާ ސީރީސް މުބާރާތަކުން ނޭޕާލަށް ދީފައިވާ ފުރުސަތު އެ ޓީމު އަތުލާން ނިންމުމުންނެވެ. ރިޕޯޓްތައް ބުނާގޮތުގައި، ފީފާ ސީރީސްގައި ނޭޕާލްގެ ބަދަލުގައި މިހާރު ވާދަކުރުމަށް ނިންމާފައިވަނީ އިންޑޮނޭޝިއާ އެެވެ. 

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ފީފާ އިން ނޭޕާލް ފުޓްބޯޅައާ ގުޅޭ ގޮތުން ނިންމާ ގޮތެއް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެނގިގެންދާނެ އެވެ. 

ނޭޕާލްގެ ސަރުކާރުން އަންފާ ހިންގުމަށް ނުފޫޒު ފޯރުވާ ކަމަށް ބުނާ ވާހަކަ އަކީ ހަގީގަތެއް ނޫން ކަމަށް ސްޕޯޓްސް ކައުންސިލުން ވަނީ ބުނެފަ އެވެ. އަދި، އެ ކަމަށް ބަލައި، ފީފާ އިން އަންފާ ސަސްޕެންޑްނުކުރާނެ ކަމަށް ސްޕޯޓްސް ކައުންސިލުން ދެކުނު ނަމަވެސް، މީގެ ކުރިން މި ފަދަ ކަންކަމުގައި ފީފާ އިން ގައުމުތައް ސަސްޕެންޑް ކޮށްފައި އެބަހުއްޓެވެ. އޭގެ ތެރޭގައި، ދެކުނު އޭޝިއާގެ ގައުމުތައް ކަމަށްވާ ޕާކިސްތާން، އިންޑިއާ އަދި ސްރީ ލަންކާ ވެސް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox