ސާފް 20 އަހަރުން ދަށުގެ މުބާރާތް: އަހަރެމެންގެ ގައުމު، އެ މީހުންގެ ޖޯޝާއި ފޯރި!

ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ތެރެއިން ބަންގްލަދޭޝްގެ ސަޕޯޓަރަކު ދިދަ ދައްކާލަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ތެރެއިން ބަންގްލަދޭޝްގެ ސަޕޯޓަރަކު ދިދަ ދައްކާލަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ރާއްޖޭގައި ސާފް ސަރަަހައްދުގެ ފުޓްބޯޅަ މުބާރާތެއްގެ ފައިނަލް މެޗު މި ހޯސްޓް ކުރަނީ ދެ ވަނަ ފަހަރެވެ. މީގެ ކުރިން، ސްރީ ލަންކާ އާއި ރާއްޖޭގައި 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރިއިރު، ފައިނަލުގައި ރާއްޖޭން އިންޑިއާ ބަލިކޮށް ފުރަތަމަ ރަން ތަށި އުފުލާލީ ލަންކާގެ ވެރި ރަށް ކޮލަމްބޯގަ އެވެ.  އޭގެ ފަހުން، 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ހޯސްޓްކުރިއިރު، ފައިނަލުގައި އިންޑިއާ އިން ނޭޕާލް ބަލިކޮށް ތަށި އުފުލާލި އެވެ. އަދި، މިރޭ، ސާފް 20 އަހަރުން ދަށުގެ މުބާރާތުގެ ފައިނަލުގައި އިންޑިއާ އިން ނުކުންނާނީ ބަންގްލަދޭޝާ ދެކޮޅަށެވެ. 

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހޯސްޓްކުރާ ސާފްގެ އުމުރުފުރާގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ފޯރި ހުރިހާ ގޮތަކުން ވެސް އޮތީ ގަދަކޮށެވެ. މުބާރާތުގައި މިހާތަނަށް މެޗެއް ބަލަން، އެންމެ ގިނަ ސަޕޯޓަރުންގެ ބަޔަކު ދަނޑަށް ވަދެފައިވަނީ، ގްރޫޕް ސްޓޭޖުގައި އިންޑިއާ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗަށެެެވެ. 

މި ފަހަރުގެ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި އެވްރެޖްކޮށް އެންމެ ގިނަ ސަޕޯޓަރުން ވަދެފައިވަނީ ބަންގްލަދޭޝްގެ މެޗުތަކަށެވެ. އެ ގޮތުން، ގްރޫޕް ސްޓޭޖުގައި ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗަށް 2550 ސަޕޯޓަރުން ވަންއިރު، ގްރޫޕް ސްޓޭޖުގައި އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗަށް 3932 ސަޕޯޓަރުން ވަދެފައިވެ އެވެ. އަދި، ބަންގްލަދޭޝް އިން 1-0 އިން ނޭޕާލް ބަލިކުރި ސެމީ ފައިނަލަށް، 3910 ސަޕޯޓަރުން ވަނެވެ.

މި ފަހަރުގެ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރާ، ރާއްޖޭން ކުޅުނު މެޗަކަށް އެންމެ ގިނަ ސަޕޯޓަރުން ވަނީ ނޭޕާލާ ދެކޮޅަށް ކުޅުނު މެޗަށެވެ. އެއީ، 3863 ސަޕޯޓަރުންނެވެ. މުބާރާތުގައި ރާއްޖޭން 3-2 އިން ސްރީ ލަންކާ އަތުން ބަލިވި މެޗުގައި ވަނީ 1664 ސަޕޯޓަރުންނެވެ. ދެ ވަނަ މެޗުގައި، ރާއްޖޭން ބޫޓާނާ 0-0 އިން އެއްވަރުވި މެޗު ބަލަން ވަނީ  1470 ސަޕޯޓަރުންނެވެ. ނޭޕާލް މެޗުގައި ސަޕޯޓަރުން ވަން އަދަދު، ކުރިން ދެ މެޗުގެ ދެ ގުނަ އެވެ. ސާފް 20 އަހަރުން ދަށުގެ މުބާރާތުގެ ތެރޭގައި، ރާއްޖޭގެ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުން އޭޝިއަން ކަޕް ކޮލިފައިންގައި، ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅުނެވެ. އެ މެޗު ބަލަން ވަނީ 500 މީހުންނެވެ. އޭޝިއަން ކަޕް ކޮލިފައިންގައި، ރާއްޖޭން އޮކްޓޫބަރު މަހު ތަޖިކިސްތާނާ ކުޅުނު މެޗަށް، 3120 ސަޕޯޓަރުން ވަންއިރު، ނޮވެމްބަރު މަހު ފިލިޕީންސާ ދެކޮޅަށް ކުޅުނު މެޗަށް ވަދެފައިވަނީ، 1591 ސަޕޯޓަރުންނެވެ. މި ހުރިހާ ކަމެއްގެ ޖުމްލަ މާނަ އިން ދޭހަވާން އޮތް ކަމަކީ، މި ފަހަރުގެ ސާފް 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް ކުޅޭ މެޗުތަކަށް ރާއްޖޭގެ އެއްވެސް ގައުމީ ޓީމެއްގެ މެޗަކަށް ސަޕޯޓަރުން  ނުވަންނަ ނިސްބަތަށް ސަޕޯޓަރުން ވަންނަ ކަމެވެ. ގައުމުން ބޭރުގައި ކުޅޭއިރު، ހޯމް އެޑްވާންޓޭޖް ނަގަން އެ މީހުންނަށް އޮތް ފަހި ފުރުސަތުގެ ވާހަކަ އެވެ. 

ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ގިނަ އަދަދެއްގެ ބަންގްލަދޭޝް ސަޕޯޓަރުން ދަނޑަށް ވަދެ، ޓީމަށް ހިތްވަރުދޭތީ، "ހޯމް" މެޗުތަކެއްގެ އިހުސާސް ކުރެވޭ ކަމަށް ބަންގްލަދޭޝްގެ އެސިސްޓަންޓް ކޯޗު، އަތީގުއްރަހްމާން މީޝޫ ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ކުޅޭތީ ބަންގްލަދޭޝްގެ "ހޯމް" އިިހުސާސް ކުރެވޭ

މިހާރު ރާއްޖޭގައި ކުރިއަށްދާ ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ގިނަ އަދަދެއްގެ ބަންގްލަދޭޝް ސަޕޯޓަރުން ދަނޑަށް ވަދެ، ޓީމަށް ހިތްވަރުދޭތީ، "ހޯމް" މެޗުތަކެއްގެ އިހުސާސް ކުރެވޭ ކަމަށް ބަންގްލަދޭޝްގެ އެސިސްޓަންޓް ކޯޗު، އަތީގުއްރަހްމާން މީޝޫ ވަނީ ބުނެފައި.

ސެމީ ފައިނަލުގައި ނޭޕާލް ބަލިކުރި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، އަތީގުއްރަހުމާން ބުނީ، ފުރަތަމަ މެޗުން ފަށައިގެން ގިނަ އަދަދެއްގެ ބަންގްލަދޭޝް ސަޕޯޓަރުން ދަނޑަށް އައިސް ޓީމަށް ސަޕޯޓް ދޭތީ ރަނގަޅު ކުޅުމެއް ދައްކަން ހިތްވަރު ލިބޭ ކަމަށެވެ.

"ވަރަށް އުފާވޭ، ވަރަށް ފަހުރުވެރިވޭ އެ މީހުން އައިސް އެ ގޮތަށް އަހަރެމެންނަށް ސަޕޯޓްދޭތީ، އަހަރެމެންނަށް ކުރެވެނީ އަމިއްލަ ހޯމްގެ އިހުސާސް،" އަތީގުއްރަހުމާން ބުންޏެވެ.

ފައިނަލް މެޗުގެ ޑިމާންޑް އިންތިހާ އަށް ބޮޑު!

މި ފަހަރުގެ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ޖުމްލަކޮށް ބަންގްލަދޭޝް އިން ކުޅޭ ކޮންމެ މެޗެއްގައި ވެސް ޓިކެޓްގެ ޑިމާންޑް އަންނަނީ އުފުލެމުންނެވެ. އެ ގޮތުން، ބަންގްލަދޭޝް އިން ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން މޮޅުވި ފަހުން ދެން އެ ޓީމުން ކުޅޭ ކޮންމެ މެޗެއްގެ ޓިކެޓްގެ ޑިމާންޑް، މެޗަކަށް ފަހު މެޗެއް އަންނަނީ އުފުލެމުންނެވެ. އެ ގޮތުން، އިންޑިއާއާ ދެކޮޅަށް ގްރޫޕް ސްޓޭޖުގައި ބަންގްލަދޭޝް ކުޅުނު މެޗުގައި ޓިކެޓްގެ މައްސަލަތަކެއްގައި، ގަލޮޅު ދަނޑު، އޮލިމްޕަސް ފަޅި ގޭޓު ކައިރީގައި އެކި ކަހަލަ ހަމަނުޖެހުންތަކެއް ހިނގައި، ފުލުހުން އެ ތަނުގެ ސެކިއުރިޓީ ވަރުގަދަކުރަން ޖެހުނުއިރު، އެންމެ ފަހުން ހާލަތު ނިޔާކުރި ގޮތުން، ޓިކެޓް ގަނެގެން ތިބި ބައެއް ސަޕޯޓަރުންނަށް ވެސް މެޗަށް ނުވަދެވުނެވެ. 

އޭގެ ފަހުން، ސެމީ ފައިނަލުގައި ނޭޕާލާ ދެކޮޅަށް ބަންގްލަދޭޝް ކުޅުނު މެޗުގައި ޓިކެޓް ވިއްކުމާއި ސަޕޯޓަރުން ދަނޑަށް ވެއްދުމުގެ ކަންކަން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ޕޮލިހުން މަޝްވަރާ ކުރުމަށް ފަހު، އިންތިޒާމް ރަނގަޅުކުރަން ކުރި މަސައްކަތުން ވަނީ ހާލަތު ރަނގަޅުކުރެވިފަ އެވެ. 

އެކަމަކު، މިރޭގެ ފައިނަލް މެޗުގެ ޓިކެޓްގެ ޑިމާންޑް ބޮޑުވެ، ޓިކެޓް ވިއްކަން ރޭ އެންމެ ފުރަތަމަ ހަމަޖެއްސި ނަމަވެސް، ސޯޝަލް ސެންޓަރު ސަރަހައްދަށް ގިނަ އަދަދެއްގެ ބަޔަކު ތޮންޖެހުމާ ގުޅިގެން، އެ ތަނުގެ މަސްލަހަތު އެ ވަގުތު އޮތްގޮތުން، ސެކިއުރިޓީ ސަބަބުތަކަށް ބަލައި، މިއަދު ޓިކެޓް ވިއްކާ ގޮތަށް ބަދަލުކުރި ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. އެހެންކަމުން، ފައިނަލް މެޗު މިރޭ އޮންނައިރު، މިއަދު ޓިކެޓް ވިއްކަން ފަށާއިރު، ވަރަށް ސެކިއުރިޓީ ވަރުގަދަކުރަން ޖެހޭނެ ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ. 

އިންޑިއާ އާއި ބަންގްލަދޭޝް އިން ސާފްގެ އުމުރުފުރާ ފައިނަލެއްގައި މިރޭ ކުޅޭއިރު، މިހާތަނަށް މި މުބާރާތުގައި ބަންގްލަދޭޝް ކުޅުނު މެޗުތަކަށް ތަރުހީބު ލިބިފައިވާ ނިސްބަތް ބޮޑުވުމުން، މި ސަރަހައްދުގެ ކުޅިވަރު ހަބަރު ގެނެސްދޭ ގިނަ މީޑިއާއެއްގެ ސަމާލުކަން އެ ކަމަށް ވަނީ ހުއްޓިފަ އެވެ. އަދި، މިއީ މިހާތަނަށް ސާފްގެ އުމުރުފުރާ މުބާރާތެއްގައި ފެނިގެންދާ އެންމެ "އާދަޔާހިލާފު ސަޕޯޓް" ގެ ގޮތުގައި މީޑިއާތަކުން އަންނަނީ ފާހަަގަކުރަމުންނެވެ. 

ގަލޮޅު ދަނޑުގައި މިރޭ އިންޑިއާ އާއި ބަންގްލަދޭޝް އިން ކުޅޭ ކުޅޭ ފައިނަލް މެޗު ފަށާނީ 8:00 ގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox