ޒިންމާ ނަަގައި ގަޓޫސޯ އިޓަލީ ކޯޗުކަން ދޫކޮށްލައިފި

Apr 3, 2026, 7:37 PM
އިޓަލީގެ ކޯޗަކަށް މަސައްކަތްކުރި ގަޓޫސޯ: އޭނާ ވަނީ ކުރިން ބުނި ގޮތަށް މަގާމު ދޫކޮށްލައިފައި،---- ފޮޓޯ: ގެޓީއިމޭޖަސް

އިޓަލީގެ ކޯޗަކަށް މަސައްކަތްކުރި ގަޓޫސޯ: އޭނާ ވަނީ ކުރިން ބުނި ގޮތަށް މަގާމު ދޫކޮށްލައިފައި،---- ފޮޓޯ: ގެޓީއިމޭޖަސް

މިލާން (އޭޕްރީލް 3) - އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ޖޫން މަހު ފަށާ ފީފާ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވުމުގެ ޒިންމާ ނަގައި އެ ޓީމުގެ ކޯޗުކަމުން ޖެނާރޯ ގަޓޫސޯ އިސްތިއުފާދީފި އެވެ. 

އިޓަލީ ޓީމަށް 73 މެޗު ކުޅެދީ، 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި މުހިންމު ރޯލެއް ކުޅުނު ގަޓޫސޯ، މިދިޔަަ އަހަރުގެ އޮކްޓޫބަރު މަހު ދިން އިންޓަވިއުއެއްގައި ބުނީ، އިޓަލީ ކޮލިފައިނުވެއްޖެނަމަ، އެ ގައުމު ދޫކޮށްދާނެ ކަމަށް ބުނެފަ އެވެ. 

ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވެއްޖެނަމަ ގަޓޫސޯ ގައުމު ދޫކޮށްދާނެ

އަންނަ އަހަރު އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވެއްޖެނަމަ، އެ ގައުމު ދޫކޮށްދާނެ ކަމަށް އިޓަލީ ޓީމުގެ ކޯޗު، ކުރީގެ މިޑްފީލްޑަރު، ޖެނާރޯ ގަޓޫސޯ ވަނީ ބުނެފައި.

ޔޫރަޕްގެ ކޮލިފައިން ޕްލޭއޮފްގައި ޕެނަލްޓީ ޖަހައިގެން ބޮސްނިއާ އަތުން 4-1 އިން ބަލިވެ، އިޓަލީ އަށް ޖެހިޖެހިގެން ތިން ވަނަ ފީފާ ވޯލްޑް ކަޕުން ފުރުސަތު ގެއްލިއްޖެ އެވެ. ހަތަރު ފަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ އިޓަލީ އަކީ ވޯލްޑް ކަޕް ކާމިޔާބުކުރި ގައުމުތަކުގެ ތެރެއިން ޖެހިޖެހިގެން ތިން ވޯލްޑް ކަޕަށް ކޮލިފައިނުވި ފުރަތަމަ ގައުމެވެ. 

ގަޓޫސޯ ބުނީ، ކުރިން ވެސް އެއްބަސްވެވިފައި އޮތް ގޮތަށް އިޓަލީ އަށް ވޯލްްޑް ކަޕަށް ނުދެވުމުން، އެ ކަމުގެ ޒިންމާ ނަގައި، އެ ޓީމުގެ ކޯޗުގެ ގޮތުގައި ހުރި ކޮންޓްރެކްޓް އުވާލައި މަގާމު ދޫކޮށްލާފައިވާ ކަމަށެވެ.

"ވަރަށް ހިތަށް އުނދަގޫ ނިންމުމެއް، އެކަމަކު މިއީ އެންމެ ރަނގަޅު ނިންމުން ކަމުގައި ދެކެނީ،" ގަޓޫސޯ ބުންޏެވެ. 

އެންމެ ފަހުން ބޭއްވި ތިން ވޯލްޑް ކަަޕަށް ވެސް އިޓަލީ ކޮލިފައިނުވީ ޕްލޭއޮފުން ކުރިއަށް ނުދެވިގެންނެވެ. މި ފަހަރުގެ ކުރިން، ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ކޮލިފައިން ޕްލޭއޮފުން އިޓަލީ ކެޓީ ސްވިޑެން އަތުން 1-0 އިން ބަލިވެގެންނެވެ. އަދި، ގަތަރުގައި، 2022 ގައި ބޭއްވި ވޯލްޑް ކަޕުން ވެސް އިޓަލީ އަށް ފުރުސަތު ގެއްލުނީ ކޮލިފައިން ޕްލޭއޮފްގައި ބަލިވުމުންނެވެ. ނޯތު މެސެޑޯނިއާ އިން، 1-0 އިން އިޓަލީ ބަލިކުރި ގޯލު ޖެހީ އިތުރު ވަގުތުގައި އަލެކްސަންޑަ ޓްރަޖޯވްސްކީ އެވެ. ކުރިން ފަހަރުތަކާ ހިލާފަށް އިޓަލީން މި ފަހަރުގެ ޕްލޭއޮފް ފުރަތަމަ މެޗުން ވަނީ މޮޅުވެފަ އެވެ. އެކަމަކު، ޕްލޭއޮފް ފައިނަލުން ބޮސްނިއާ އަތްދަށުވެ ކެޓީ އެވެ.

ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވުމުން އިޓަލީ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް، ގަބްރިއެލް ގްރަވީނާ ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ. އަދި، އިޓަލީގެ ކޯޗިން ސްޓާފުންގެ ގޮތުގައި މަސައްކަތްކުރި، ކުރީގެ އެއް ވަނަ ގޯލްކީޕަރު، ޖިއަންލުއިޖީ ބުފޮން ވަނީ ޓީމު ދޫކޮށްލައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީ އާއި އާސެނަލަށް މޮޅެއް ނުލިބުނު، ޗެލްސީ ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީ އާއި އާސެނަލް އެއްވަރުވިއިރު، ޗެލްސީ ވަނީ ލީޑްސް ޔުނައިޓެޑް އަތުން 4-1 އިން ބަލިވެފައި. ސިޓީ އާއި ފުލަމް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، އާސެނަލް އާއި ނިއުކާސަލް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެން.

އޮޑިން ކޮންމެ މެޗެއްގައި ވެސް ޓީމު ވަރުގަދަކޮށްގެން ނަތީޖާ ނެރެން

ދިވެހި ޕްރިމިއާ ލީގުގައި އޮޑި ސްޕޯޓްސް ކްލަބުން ކޮންމެ މެޗަކަށް ވެސް ނުކުންނަނީ ޓީމު ވަރުގަދަކޮށް ރަނގަޅު ނަތީޖާއެއް ނެރުމުގެ އަމާޒުގައި ކަމަށް އެ ޓީމުގެ ކޯޗު ލޫޗޯ ބުނެފި. ލީގުގެ ބްރޭކުގެ ތެރޭގައި ޓީމުގެ ފިޓްނަސް އާއި ކުޅުން ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، މާދަމާ ޓީސީއާ ދެކޮޅަށް ނުކުންނާނީ މެޗުގެ ކޮންޓްރޯލް ހޯދައިގެން މޮޅުވާން

ނިއު ރޭޑިއަންޓް ބަލިކުރުން މުޅި ވިކްޓަރީ އަށް އިތުބާރަކަށްވާނެ

ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުމަކީ ވިކްޓަރީގެ އިތުބާރު ބޮޑުވެ، ސަޕޯޓަރުންގެ ޝައުގުވެރިކަން އިތުރުވާނެ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު މޯހަން ބުނެފި ލީގުގައި މިހާތަނަށް ބަލިނުވެ އޮތް މި ދެ ޓީމުގެ ކުރިމަތިލުމަށް ވިކްޓަރީ އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށްވެސް އޭނާ ފާހަގަކުރި

މުޑްރިކް އާއި ޔޫކްރެއިން އެފްއޭގެ ކޯޅުމެއް

މަނާބޭހުގެ މައްސަލައެއްގައި 21 މަސް ދުވަހުގެ ސަސްޕެންޝަނެއް ފުރިހަމަކުރުމަށްފަހު، ޔޫކްރެއިންގެ މިހައިލޯ މުޑްރިކް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިހުމާލުވި ކަމަށް ބުނެ ކުރި ތުހުމަތުތަކާ ގުޅިގެން މައްސަލަ ހޫނުވެއްޖެއެވެ. މުޑްރިކްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ޔޫކްރެއިން އެފްއޭގެ ރައީސް އަންޑްރީ ޝެވްޗެންކޯ ވިދާޅުވީ މުޑްރިކް ހަދަނީ ދޮގު ކަމަށާއި، މިއީ އެސޯސިއޭޝަނުގެ އަގުވައްޓާލަން ކުރާ ކަމެއް ކަމަށެވެ.

ޓޮމް ބްރެޑީ ޗެލްސީގެ ހިއްސާއެއް ގަންނަނީ

އެމެރިކަން ފުޓްބޯޅަ ލެޖެންޑް ޓޮމް ބްރެޑީ، ކްލިއަލޭކް ކެޕިޓަލް މެދުވެރިކޮށް އިނގިރޭސި ކްލަބް ޗެލްސީގެ މައިނޯރިޓީ ހިއްސާއެއް ގަތުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މި އިންވެސްޓްމަންޓާއެކު އޭނާއަށް ވޯޓުލުމުގެ ހައްގު ނުލިބުނު ނަމަވެސް، ކުރިއަށް އޮތް ތަނުގައި ކްލަބުގެ ބޯޑުން ފުރުސަތު ލިބުމުގެ ފުރުސަތު އެބައޮތެވެ. ބްރެޑީ މި ފިޔަވަޅު އަޅަނީ ބާމިންހަމް ސިޓީގައި އޮތް އޭނާގެ ހިއްސާ ދޫކޮށްލުމަށްފަހުއެވެ.

ބަޔާން އެއްވަރުވި މެޗުގައި ކޭން އަށް ސީރިއަސް އަނިޔާއެއް

ޖަރުމަނު ލީގުގައި ކޮލޯންއާ ދެކޮޅަށް ކުޅުނު މެޗުގައި ބަޔާން މިއުނިކްގެ ފޯވާޑް ހެރީ ކޭންގެ ކުޑަހުޅަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން، ތިން މަސް ދުވަހަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. ބަޔާން މި މެޗުން 1-1 އިން އެއްވަރުވިއިރު، މި ނަތީޖާއާއެކު ލީގުގެ އެއްވަނަ މަގާމު ގެއްލުމުގެ ބިރު އެ ޓީމަށް ވަނީ ކުރިމަތިވެފައި

ސްޕެއިން ކައިރިން ބަދަލުހިފަން ޒިދާން ބޭނުމެއް ނޫން

ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ސްޕެއިނާ ދެކޮޅަށް ނުކުންނައިރު، ފްރާންސްގެ އަމާޒަކީ ވޯލްޑް ކަޕްގެ ބަލިވުމުގެ ބަދަލުހިފުމުގެ ބަދަލުގައި މުބާރާތުގެ ތަށި ހޯދުން ކަމަށް ކޯޗު ޒިދާން ބުނެފި. ޒިދާން ފާހަގަކުރި ގޮތުގައި މިއީ އާ މުބާރާތެއް ކަމަށާއި، އަންނަ މާޗް މަހު އޮންނަ މި މެޗުތަކަށް ޓީމު އޮތީ ވަރުގަދަ އަމާޒެއްގައި

Newsletter

Get the latest news delivered straight to your inbox