ރާރާ ޕްރޯ 2026 ޝައުގުވެރި ބަދަލަކާ އެކު

Apr 3, 2026, 5:06 AM
ރާރާ ޕްރޯ 2026 ގެ ޕޯސްޓަރު ދައްކާލަނީ.-- ފޮޓޯ: ވަން ސްޕޯޓްސް

ރާރާ ޕްރޯ 2026 ގެ ޕޯސްޓަރު ދައްކާލަނީ.-- ފޮޓޯ: ވަން ސްޕޯޓްސް

މިދިޔަ އަހަރު ކ. ދިއްފުށީގައި ކުރިއަށްގެންދިޔަ، ރާރާ ޕްރޯ، ކައިޓް ސާފިންގެ ބޮޑު އިވެންޓް، ޝައުގުވެރި ބަދަލަކާ އެކު މި އަހަރު ވެސް ބޭއްވުމަށް އިއުލާނުކޮށްފި އެވެ.

މި ފަހަރުގެ ރާރާ ޕްރޯ އިވެންޓް އޮތީ ޖޫން 1-6 އަށް، ކ. ދިއްފުށީގަ އެވެ. މި ފަހަރުގެ އިވެންޓްގައި، މުޅިން އާ ދެ ޑިސިޕްލިން އެއް ހިމެނޭނެ ކަމަށް އިވެންޓް އޮގަނައިޒަރު، އައިކޯނިކް އިވެންޓްސް އިން ވަނީ ހާމަކޮށްފަަ އެވެ.

މިދިޔަ އަހަރު ވަރަށް ފޯރިގަދަކޮށް ކުރިއަށްދިޔަ ރާރާ ޕްރޯ އިވެންޓްގައި،  20 އެތުލީޓުންގެ ކުޅަދާނަ، ކައިޓް ސާފިންގެ ހުނަރުތައް ފެނިގެންދިޔައިރު، މުބާރާތް ކާމިޔާބުކުރީ  ބ. ގޮއިދޫ ހަސަން މާހިރު (ހަންޓޭ) އެވެ.

ރާއްޖޭގެ ކައިޓް ސާފަރުންނަށް ވާދަވެރި  މާހައުލެއްގައި މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ރާރާ ޕްރޯ އިވެންޓުން ފަހިކޮށްދީފައިވާއިރު، މި ފަހަރުގެ އިވެންޓްގައި މުޅިން އަލަށް ހިމެނޭ ދެ ޑިސިޕްލިން އަކީ، މުޅިން އަލަށް ފަށާ ފްރީސްޓައިލް ކައިޓް ބޯޑިންގެ އިތުރުން، ޓްވިން-ޓިޕް ސެލޮމް ރޭސިން އެވެ.

އައިކޯނިކް އިވެންޓްސްއިން އިންތިޒާމުކޮށްގެން ބާއްވާ ރާ ޕްރޯގެ އެންމެ ބޮޑު ފޯކަސްއަކީ ބައިނަލްއަގުވާމީ އޯޑިއަންސަކަށް ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، ކައިޓްސާފިންގެ މަންޒިލެއްގެ ގޮތުގައި ދުނިޔެއަށް ރާއްޖޭ އިޝްތިހާރު ކުރުމާއި، ސްޕޯޓްސް ޓޫރިޒަމަށް ފުރުސަތު ފަހިކުރުމެވެ. އޭގެ އިތުރުންވެސް ކައިޓްސާފިން އިތުރަށް ކުރިއަރުވައި، ލޯކަލް ޓޫރިޒަމަށް ކުރިއެރުންތައް ހޯދުންވެސް އެއީ އިވެންޓްގެ އެއް މަގުސަދެވެ.

މި ފަަހަރު ރާރާ ޕްރޯ އިވެންޓްގެ އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ، ހދ. ވައިކަރަދޫގެ ވިސާމް މުހައްމަދު (ތޮއްތޮ) އެވެ. ތޮއްތޮ އަކީ މިދިޔަ އަހަރުގެ ރާރާ ޕްރޯ އިވެންޓްގެ ތިން ވަނަ އެވެ. ތޮއްތޮ ވަނީ މި ފަހަރުގެ މުބާރާތުގައި ވެސް ޕޯޑިއަމް ފިނިޝްއެއް ހާސިލްކުރުމުގެ އަމާޒުގައި ހުރި ކަމަށް ބުނެފަ އެވެ. 

އިވެންޓްގެ ފަރާތުން ވާހަކަ ދައްކަމުން، ހަސަން ރަޝީދު (ރަޝް) ބުނީ، އާ ޑިސިޕްލިންތަކާ އެކު އިތުރަށް މުބާރާތް ފޯރިގަދަވެ، ޝައުގުވެރިވެގެންދާނެ ކަމަށެވެ. ރޭސް ކޮމިޓީ އޮފިޝަލް، މުހައްމަދު އަބްދުލް ރަހްމާން (މޯޑު) ވަނީ ރާރާ ޕްރޯ ޑިވެލޮޕްވަމުން އަންނަ ގޮތުން މި އިވެންޓް ކައިޓް ސާފަރުންނަށް މުހިންމުކަން ވަރަށް ބޮޑަށް އެނގިގެންދާ ކަމަށެވެ. 

ރާރާ ޕްރޯ އިވެންޓުގެ ސަބަބުން، ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމް އަށް ވެސް ފައިދާތަކެއްކުރާނެ ކަމަށް މި އިވެންޓް އިންތިޒާމްކުރާ ފަރާތްތަކާއި އެތުލީޓުން ގަބޫލުކުރެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox