ޖުމްހޫރީ މައިދާނުގައި މިއަދު ދެ ނޫސްވެރިޔަކު ކޮއްޕާލި މައްސަލަ ބަލަން ސީޕީ އަންގަވައިފި

ޖުމްހޫރީ މައިދާނުގައި މިއަދު ދެ ނޫސްވެރިޔަކު ކޮއްޕާލި މައްސަލަ ބަލަން ސީޕީ އަންގަވައިފި

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕް މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ތިބި ވަގުތު ފުލުހުން އެ މީހުން ދުރަށް ޖައްސަމުން ދިޔަ މަންޒަރުތައް ކަވަރު ކުރަން ތިބި ނޫސްވެރިން ކޮއްޕާލި އެސްއޯ ފުލުސް މީހާ ސަސްޕެންޑްކޮށް މައްސަލަ ބަލަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އަންގަވައިފި އެވެ.

އެ ވަގުތު އެ ސަރަހައްދުގައި ތިބި ނޫސްވެރިން ދުރަށް ޖައްސަން އުޅުމުގެ ތެރެއިން، އެ ތަނުގައި ހުރި ފުލުހަކު ވަނީ ނޫސްވެރިން ކޮއްޕާ ވައްޓާލައިފަ އެވެ. އޭގެ މަންޒަރުތައް ސޯޝަލް މީޑިއާއަށް ދޫކޮށްލުމާއެކު ގިނަ އަދަދެއްގެ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

މި ކަމާ ގުޅޭ ގޮތުން "އަދަދު" ނޫހުން ސުވާލު ކުރުމުން ޕޮލިސް ކޮމިޝަނަރު ވިދާޅުވީ، އެ މައްސަލަ ބެލުމަށް އެސްއޯ ފުލުހުންގެ ޑިޕާޓްމަންޓަށް އަންގާފައިވާނެ ކަމަށެވެ. އަދި ތުހުމަތުކުރެވޭ ފުލުސް މީހާ މަސްއޫލިއްޔަތުތަކުން ދުރުކުރަން ވެސް އަންގަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނޫސްވެރިޔާއަށް ކޮއްޕާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން، މަސްއޫލިއްޔަތުތަކުން އޭނާ ދުރުކޮށް އެ މައްސަލަ ބަލަން ސްޕެޝަލިސްޓް އޮޕަރޭޝަން ޔުނިޓަށް މިހާރު އޮންނާނީ އަންގަވާފައި،" ހަމީދު ވިދާޅުވި އެވެ.

މީގެ ކުރިން ވެސް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާތައް ފުލުހުން ރޫޅާލުމުގެ ތެރޭގައި އެ ސަރަހައްދުގައި މަންޒަރުތައް ކަވަރު ކުރަން ތިބޭ ނޫސްވެރިންނަށް އަނިޔާވެފައި ވެސް އެބަ ހުއްޓެވެ. އަދި އެ ކަމުގައި ކަންބޮޑުވުން ފާޅުކޮށް ނޫސްވެރިންގެ އިދާރާތަކާއި ޖަމިއްޔާތަކުން ބަޔާން ވެސް ނެރެފައިވެ އެވެ.

އެ ތަނުގައި އިށީނދެ ތިއްބެވި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން ދުރަށް ޖެއްސެވުމަށް ކޮންމެ ބޭފުޅަކު ފުލުހުންގެ ޖިޕަށް އަރުވައި އެ ތަނުން ގެންދިޔަ އެވެ. "އަދަދު" އަށް އެނގިފައިވާ ގޮތުގައި އެ މީހުން މި ވަގުތު ތިބީ ފުލުހުންގެ ބަންދުގަ އެވެ.

ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުންތަކެއް މިއަދު ހަވީރު ޖުމްހޫރީ މައިދާނަށް ގޮސް ތިބީ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިހުތިޖާޖު ކުރުމުގެ ގޮތުންނެވެ.

ޕީޕީއެމްގެ ނައިބު ޝިޔާމް އެތަނުގައި އިންނަވައި "އަދަދު" ނޫހަށް ވިދާޅުވީ އެ މީހުން ޖުމްހޫރީ މައިދާނުގައި އިށީނދެ ތިއްބެވީ ޔާމީންގެ އިސްތިއުނާފު ހައި ކޯޓުގައި "ގަސްތުގައި" މަޑުޖައްސާލާފައި އޮތުމުން އިހުތިޖާޖު ކުރުމުގެ ގޮތުން ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާނީ އާދީއްތަ ދުވަހުންނެވެ. އެ ތާރީހަށް ދެން އޮތީ އެންމެ ދެ ދުވަހެވެ. ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު އެމަނިކުފާނަށް ވާދައެއް ނުކުރެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox