ޗެނަލް 13 ގެ ސާވަރުތައް ހެކްކޮށްފި

ޗެނަލް 13 : މިއީ އިދިކޮޅު ޕީއެންއެފްއާ ގުޅުން އޮންނަ ޗެނަލެއް ---

ޗެނަލް 13 : މިއީ އިދިކޮޅު ޕީއެންއެފްއާ ގުޅުން އޮންނަ ޗެނަލެއް ---

ސަރުކާރުގެ ސިިޔާސަތުތަކަށް ފާޑުކިޔައި ސަރުކާރުގެ ތެރޭގައި ހިންގަމުންދާ ކޮރަޕްޝަންތަކުގެ ރިޕޯޓުތަކާއި ހަބަރުތައް ގެނެސްދޭ ޗެނަލް 13 ގެ ސާވާތައް ކާކުކަން ނޭނގޭ ބަޔަކު ހެކް ކޮށްފައިވާ ކަމަށް އެ ޗެނަލުން ރޭ ބުނެފި އެވެ. 

ޗެނަލް 13 އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ޗެނަލަކީ މުޖުތަމައުގައި ހިނގާ ހަބަރުތައް ރައްޔިތުންނަށް އަވަސް މިނުގައި ގެނެސްދިނުމުގެ ޒިންމާއާ ހަވާލުވެފައިވާ ރާއްޖޭގައި ކުރިއަރާފައިވާ މީޑިއާކަމަށްވުމުން، މިއީ ވަކި ފަރާތަކުން ރާއްޖޭގެ ކުރިއަރާފައިވާ މީޑިއާތަކަށް އަމާޒުކޮށްގެންދޭ ހަމަލާއެއް ކަމަށް ދެކޭ ކަމަށެވެ. 

"ނޫސްވެރިންނަށް އަމާޒުކޮށްދޭ ހަމަލާތަކާ، ނޫސްވެރިކަމަށް ހުރަސްއެޅުމަށް ޑިމޮކްރަސީ ނުދަންނަ އެކި ފަރާތްތަކުން ގަދައަޅައި މަސައްކަތްކުރަމުންދާ ދިއުމުގައި ގާނޫނީ އިމުން ބޭރުވެ، މީޑިއާތަކުގެ ސާވާތައް ހެކްކޮށް، މީޑިއާގެ އަޑު ކަނޑުވާލުމަށް، އެފަރާތްތަކުން ކުރަމުންދާ ކަންތައްތައް، މި ކުންފުނީގެ ފަރާތުން ހަރުއަޑުން ކުށްވެރިކުރަން،" ޗެނަލް 13 އިން ބުންޏެވެ. 

ސާވާތައް ހެކްކޮށްގެން އެ ޗެނަލް ހުއްޓުވާލަން މަސައްކަތްކޮށްފައިވާއިރު، ޗެނަލް 13 އިން ބުނި ގޮތުގައި އެފަދަ އަމަލުތަކަކީ ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 240 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ކޮމްޕިއުޓާ އަދި ކޮމްޕިއުޓަރާ ގުޅުންހުރި ކުށްތަކުގެ ތެރޭގައި ހިމެނޭ އަމަލެކެވެ.

ޗެނަލް 13 އިން ބުނީ މީޑިއާއިން ވަކި ވާހަކަތަކެއް ގެނެސްދިނުން މަނާކޮށް، "އަނގަބަންދުކުރުމުގެ އަމުރެއް" ނެރުމަށްފަހު، އެ އަމުރާ ހިލާފުވެެއްޖެ ކަމަށް ބަޔާންކޮށް ދެ ނޫސްވެރިން ޖަލަށް ލުމަށްފަހު، އޭގެ ފަހުން މީޑިއާގެ ސާވާތައް ހެކްކުރި ކަމަށް ވިޔަސް، ތާރީހުގައި ލިޔެވިފައިވަނީ އެއިން އެއްވެސް ކަމަކީ މީޑިއާ ފަހަތަށް ޖެހޭނެ ކަމެއް ނޫން ކަމަށާއި މީޑިއާގެ ބާރު ކުރިއަށްވުރެ ވަރުގަދަ ވާނެ ކަމަށެވެ. 

ބިރުދެއްކިޔަސް، އަނގަ ބަންދުކުރިޔަސް، ޖަލަށް ލިޔަސް، ހެކްކުރިޔަސް، ޗެނަލް 13 އިން މައުލޫމާތު ފޯރުކޮށްދިނުމުގައި އެއްވެސް ފަސްޖެހުމެއް ނޯންނާނެ ކަމުގެ ޔަގީންކަން އެ ޗެނަލުން ވަނީ ދީފަ އެވެ. 

ޗެނަލް 13 ގެ ސާވާތައް ހެކްކުރުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox