އީވާ ވިދާޅުވަނީ ރައީސްއާއެކު މަސައްކަތް ނުކުރެވޭނެކަން އެނގުނީ ބޮމުގެ ހަމަލާއަށްފަހު ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ "އަދަދު" އަށް ދެއްވި އިންޓަވިއުގައި ވާހަކަ ދައްކަވަނީ. ފޮޓޯ:މިރާޝް ނާސިމް/އަދަދު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ "އަދަދު" އަށް ދެއްވި އިންޓަވިއުގައި ވާހަކަ ދައްކަވަނީ. ފޮޓޯ:މިރާޝް ނާސިމް/އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފެއްޓެވި ފިކުރެއްގެ ދިރުމުގެ ހުރިހާ ބޭފުޅުން އެމްޑީޕީން ވަކިިވެވަޑައިގެންނެވީ މިދިޔަ ބުދަ ދުވަހެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް އެމްޑީޕީން ވަކިވެވަޑައިގެންނެވީ ހަމަ އެ ދުވަހެވެ. އެހެން ނަމަވެސް އެމްޑީޕީގެ އިސްލީޑަރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު ސިޔާސީ މަސައްކަތުގައި ދެން ކުރިއަށް ވަޑައިނުގެންނެވޭނެ ކަމަށް އޭނާ ނިންމެވިތާ ކިތަންމެ ދުވަހެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރަސްމީ މާލަމުގައި އިންނަވައި މިއަދު "އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއްގައި އީވާ ވިދާޅުވި ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މެދު އުއްމީދު ކަނޑުއްވައިލެއްވި ސީދާ ސިކުންތު ވެސް އޭނާގެ ހަނދާނުގައި އެބަހުއްޓެވެ.

"އަޅުގަނޑަށް އެނގޭ ހަމަ ސިކުންތައް ދަންދެން. ދެން މަށަކަށް މި މީހާއާ އެކީ ނޫޅެވޭނެޔޭ ހިތަށް އެރި ހިސާބު އަޅުގަނޑަށް އެނގޭ،" އީވާ ވިދާޅުވި އެވެ. "އަޅުގަނޑު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ގުޅުން ކެނޑުނު ހިސާބަކީ އެ ބޮމަށް ފަހު ރައީސް ނަޝީދު [ޖަރުމަނަށް ވަޑައިގެން] ފަރުވާ ހޯއްދެވުމަށް ފަހު އަނބުރާ މާލެ ވަޑައިގަންނަވަންދެން އެންމެ ފަހަރަކު ވެސް، އެންމެ ފަހަރަކު ވެސް އިބްރާހީމް މުހައްމަދު ސޯލިހު ނުހުންނާނެ ރައީސް ނަޝީދަށް، ހާލު އަހައިލަން ވެސް ގުޅައިލާފައި."

Advertisement

އީވާއަށް އެކަން އެނގިވަޑައިގެންނެވީ، އޭރު ނަޝީދު އަރިހުގައި ޖަރުމަނަށް ވަޑައިގެން އުޅުއްވީ އީވާގެ ފިރިކަލުން ސާބެ އާއި ނަޝީދުގެ ދެބެންގެ ދެދަރި ބޭފުޅެއް ކަަމަށްވާ ފާތިނާ އަބްދުލްހަކީމް ކަމަށް ވެފައި، ނަޝީދުގެ ހާލު ބެއްލެވެން އޮތީ ހަމަ އެކަނި އެ ދެބޭފުޅުންނާ ގުޅައިގެން ކަަމަށް ވާތީ އެވެ.

"ދެން މީހުން އެވާހަކަ ދައްކަން ފެށީމާ [އެމްޑީޕީ] ގެ ގައުމީ މަޖިލީހުގައި ވިދާޅުވި [ނަޝީދަށް] ގުޅުއްވީމާ އެއްޗިހި ކިޔާތީއޭ [ވާހަކަ ނުދައްކަވަނީ]،" ބޮމުގެ ހަމަލާއަށް ފަހު ކަންހިނގި ގޮތުގެ ހަނދާން އާކުރައްވަމުން އީވާ ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެ ހާލަތަކީ "އެއްޗިހި ކިޔަސް" ހާލު ބަލަން ޖެހޭ ވަގުތެކެވެ. ރަހުމަތްތެރިއަކަށް ނުވަތަ އާއިލާގެ މީހަކަށް އެވަރުގެ ދެރަކަމެއް ދިމާވެއްޖެ ނަމަ، އެވަގުތުގައި ރުޅިވެރިކަމެއް އޮތަސް އެކަން އެއް ފަރާތެއްގައި ބާއްވާފައި ބަލާނީ އެމީހަކަށް އަޅައިލެވޭތޯ އެވެ. އެއީ އިންސާނީ ތަބީއަތެވެ.

އީވާ ވިދާޅުވި ގޮތުގައި ސިޔާސީ މަސައްކަތާއި ވެރިންގެ މެދުގައި ހިނގާ ސިޔާސީ ކޯޅުންތަކަށް ވުރެ އިންސާނީ އެފަދަ ގުޅުންތަކާއި އާއިލީ މުއާމަލާތްތައް އޭނާއަށް މާ މުހިންމެވެ.

"އަޅުގަނޑަށް މުހިންމު ކަންކަން މިހުންނަނީ. ވެރިން ބައިތިއްބާ. ގައުމުގެ ވެރިޔާތޯ ޕާޓީގެ ވެރިއެއްތޯ، ރައްޔިތުންގެ މަޖިލީހުގެ ރައީސްތޯ، ވެރިން ބައިތިއްބާ. ރަހުމަތްތެރިކަމާ އިންސާނީ ކުލުނާ އެއީ އަޅުގަނޑަށް މުހިއްމުވާ ކަންކަން އެއީ،" އީވާ ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގެންނެވި ގޮތުގައި އާއިލީ އަދި ރަހުމަތްތެރިކަމުގެ ގުޅުންތަކުގައި އެވަރުގެ ކުލުނު ނެތް ބޭފުޅަކަށް "ކުލުނާ އެކު" ގައުމުގެ ވެރިކަމެއް ނުކުރެއްވޭނެ އެވެ.

އާ ޕާޓީގެ ފަސްފަހަތް

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކުރިފުޅުމަތީގައި އިސްތިއުފާގެ ސިޓީގައި ސޮއިކުރެއްވި 12 މެންބަރުން އިސްވެ، "ދި ޑިމޮކްރެޓިކްސް" ނަމުގައި ޕާޓީއެއް އުފެދުމުގެ ހުއްދައަށް އެދުނީ އާދިއްތަ ދުވަހު އެވެ. އެ މެމްބަރުންގެ ތެރޭގައި އީވާ ވެސް ހިމެނޭއިރު އޭނާ ނައިބު ރައީސްކަމުން ވަކިކުރަން 50 މެމްބަރުންގެ ސޮޔާއެކު ހުށަހެޅީ މެއި 23, ގަ އެވެ.

އެންމެ ގިނަ ދުވަސްވީ އަދި އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީ އަށް ފަހު ފުރަތަމަ ވެސް ނިންމެވީ "ފިކުރެއްގެ ދިރުން" ހަރަކާތުން ރިޔާސީ އިންތިހާބުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫން ކެންޑިޑޭޓަކަށް ތާއިދު ކުރުމަށެވެ.

ރިޔާސީ ޕްރައިމަރީއަށް ފަހު ފެކްޝަނެއްގެ ގޮތުގައި ހަރަކާތްތެރިވި "ފިކުރެއްގެ ދިރުމުން" އުފައްދާ ޕާޓީއަށް ހުއްދަ ހޯދަން އީސީއަށް ފޯމް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުގެ ނަމުގަ އެވެ. އެ ޕާޓީގެ އިސް ސަފުގައި އީވާ ވެސް ހަރަކާތްތެރިވެވަޑައިގަންނަވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox