އެމްޑީޕީ ކޮންގްރެސްގައި 100 އަށްވުރެ ގިނަ ޕްރޮޖެކްޓަށް އިންވެސްޓުކުރުމުގެ ފުރުސަތު

Sep 23, 2026, 1:35 PM
ޖޫން 18، 2026: އެމްޑީޕީން ބޭއްވި "ވަޒީފާ ބުރާސްފަތި" އެއްވުން. މިއީ ސަރުކާރުގެ ވަޒީފާތަކުން ނުހައްގުން މީހުން ކަނޑަމުންދާތީ ބޭއްވި މުޒާހަރާއެއް

ޖޫން 18، 2026: އެމްޑީޕީން ބޭއްވި "ވަޒީފާ ބުރާސްފަތި" އެއްވުން. މިއީ ސަރުކާރުގެ ވަޒީފާތަކުން ނުހައްގުން މީހުން ކަނޑަމުންދާތީ ބޭއްވި މުޒާހަރާއެއް

އަންނަ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު ފަށާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކޮންގްރެސްގެ ތެރެއިން ބާއްވާ އިންވެސްޓުމަންޓު ފޯރަމްގައި 100 އަށްވުރެ ގިނަ ޕްރޮޖެކްޓަށް އިންވެސްޓުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ޕާޓީން ހާމަކޮށްފި އެވެ. 

އޮކްޓޫބަރު 1، އިން 3، އަށް މާލެ ސިޓީ ހޯލްގައި އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ކޮންގްރެސް ބާއްވާއިރު އެ ޕާޓީން ހާމަކޮށްފައިވާ ގޮތުގައި ރަށްރަށުގެ އެކި ކައުންސިލްތަކާ ގުޅިގެން 100 އަށްވުރެ ގިނަ ޕްރޮޖެކްޓަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ. އެއީ ކައުންސިލްތަކުގެ އާމްދަނީ އިތުރުވާނެ ފަދަ ޕްރޮޖެކްޓުތަކެއް ކަމަށް އެމްޑީޕީން ބުނެ އެވެ. 

"100 ޕްރޮޖެކްޓަކީ 100 ވިޔަފާރީގެ ފުރުަސަތު. ކޮންގްރެސްގައި މި ގަސްތުކުރަނީ މި ވިޔަފާރީގެ ފުރުސަތުތައް ވިޔަފާރިވެރިންނަށް ހުޅުވާލުމަށް. އިންވެސްޓު ކުރަން ބޭނުންވާ ވިޔަފާރިތަކަށް ކައުންސިލްތަކާއެކު މަޝްވަރާކޮށްގެން އެ ކަން ފަހިވެގެންދާނެ،" މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ. 

"ރަށްވެހި ތަރައްގީ" ގެ ނަމުގައި ބާއްވާ މި ފޯރަމްގައި ޓޫރިޒަމާއި، ދަނޑުވެރިކަމާއި، މެރިކަލްޗާ، ލޮޖިސްޓިކްސް، އިންފްރާސްޓްރަކްޗާ، ކްލައިމެޓް ފައިނޭންސް، މަސްވެރިކަމާއި، ރިއަލް އެސްޓޭޓް ފަދަ ދާއިރާތަކުން އިންވެސްޓް ކުރުމުގެ ފުރުސަތު ވިޔަފާރިތަކަށް އޮންނާނެ ކަމަށް އެމްޑީޕީން ބުނެ އެވެ. 

އެ ޕްރޮޖެކްޓުތަކުގައި އިންވެސްޓުކުރުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު މިހާރު އެމްޑީޕީން ވަނީ ހުޅުވާލާފަ އެވެ. 

ނަޝީދު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ ހަވާލުވުމަށްފަހު ވަނީ ކައުންސިލްތަކާއެކު މަސައްކަތް ކުރުމަށް އެ ޕާޓީގެ އިދާރާގައި ޕްރޮޖެކްޓު އޮފީހެއް އުފައްދަވާފަ އެވެ. އެ އޮފީސް ހިންގުމާ ހަވާލުވީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox