ޑޮލަރުގެ އަގަށް ބަދަލެއް ނާދޭ، ސަރުކާރުގެ ސިޔާސަތުތައް މަސައްކަތެއް ނުކުރޭ: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު: ސަރުކާރުން ހަދާ ގަވާއިދުތަކާއެކުވެސް ވިޔަފާރީގެ މުއާމަލާތްތަކަކަށް ބަދަލު އަންނަ ތަން ނުފެންނަ ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: އަދަދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު: ސަރުކާރުން ހަދާ ގަވާއިދުތަކާއެކުވެސް ވިޔަފާރީގެ މުއާމަލާތްތަކަކަށް ބަދަލު އަންނަ ތަން ނުފެންނަ ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: އަދަދު

ޑޮލަރުގެ އަގަށް ބަދަލު ނާންނަ ކަމަށާއި ސަރުކާރުން ތަންފީޒުކުރަމުންދާ ސިޔާސަތުތައް މަސައްކަތް ނުކުރާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ޑޮލަރުގެ އަގު އަދިވެސް 20ރ. އާއި 21ރ. އަށް ހުރިއިރު، ސަރުކާރުން ހަދާ ގަވާއިދުތަކާއެކުވެސް ވިޔަފާރީގެ މުއާމަލާތްތަކަކަށް ބަދަލު އަންނަ ތަން ނުފެންނަ ކަމަށެވެ. 

"ޑޮލަރުގެ އަގަކަށް ބަދަލެއް ނާދޭ. މިހާަރުވެސް ޑޮލަރުގެ އަގު ހުރީ 20 ރުފިޔާ، 21 ރުފިޔާގައި. ސަރުކާރުން ހަދާ ގަވާއިދަކާ ގުޅިގެން ވިޔަފާރީގެ މުއާމަލާތްތަކަކަށް ބަދަލު އަންނަ ތަނެއް އަޅުގަނޑުމެންނަކަށެއް ނުފެނޭ. މަނީ ޗޭންޖް ރަޖިސްޓްރީކޮށްފައިވާ ފައިސާ މާރުކޮށްދޭ ތަންތަނުން މިހާރު ގިނައިން ފައިސާ މާރުނުކޮށްދޭ،" ނަޝީދު ވިދާޅުވި އެވެ.

"އެއީ އެމީހުންނަށް ލާޒިމުކޮށްފައި އެއޮތް އަގު އެކަން ކުރުމަކީ ވިޔަފާރީގެ ގޮތުން އެމީހުންނަށް ދެކޮޅު ޖެހޭ ކަމަކަށް ނުވާތީ. އެކަން އެމީހުން ނުކޮށް މިހާރުވެސް ބްލެކް މާކެޓުގައި ޑޮލަރު ވިއްކަމުންދަނީ 20 ރުފިޔާއަށް، 21 ރުފިޔާއަށް."

ނަޝީދު ވިދާޅުވީ ޑޮލަރުގެ އަގު ބޮޑުވުމުގެ ސަބަބުން ތަކެތީގެ އަގު އުފުލުން ނުހުއްޓޭ ކަމަށާއި އޭގެ ސަބަބުން ރައްޔިތުން ބޮޑު ބުރަޔަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. 

އޭގެއިތުރުން އެންމެ ފަހުން ގާނޫނާއި ގަވާއިދުތަކަށް ގެނައި ބަދަލުތަކާއެކު ޑޮލަރުގެ ތާށިކަމަށް ހައްލު ނުލިބޭނެ ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ގެއްލުންވަމުންދާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ޑޮލަރު މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުގެ ތަންފީޒީ ކަންކަން ހަރުކަށި ކުރުމާއެކުއެކީ، ރިސޯޓުތަކާއި 25 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިތަކުން މާރުކުރަން ޖެހޭ މިންވަރު ވަނީ އާމްދަނީގެ 40 ޕަސެންޓަށް އުފުލާފަ އެވެ.

ސަރުކާރުން ބުނަނީ މިއާ އެކީ، ބޭންކިން ނިޒާމަށް ވަންނަ ޑޮލަރު އިތުރުކުރުމުގެ ގޮތުން ރިސޯޓުތަކާއި ޑޮލަރު ތާށިކަމާއި ބޮޑު އަގުގައި ޑޮލަރު ގަންނަން ޖެހޭ މައްސަލަ ވެސް ހައްލުކުރެވޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox