ކޮންގްރެސް ކުރިއަށްގެންދާނީ އާންމުންނަށް ހުޅުވާލައިގެން: އެމްޑީޕީ

އެމްޑީޕީގެ ކޮންގްރެސްއާ ގުޅޭގޮތުން އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ކޮންގްރެސްއާ ގުޅޭގޮތުން އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އެމްޑީޕީ

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އޮކްޓޯބަރު 1، ގައި މާލެ ސިޓީ ހޯލްގައި ފަށާ އެ ޕާޓީގެ ކޮންގްރެސް ކުރިއަށްގެންދާނީ އާންމުންނަށް ހުޅުވާލައިގެން ކަމަށް ބުނެފި އެވެ. 

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން މާލީ މުހައްމަދު ޝިފާޒު ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސް ކުރިއަށްގެންދާނީ އާންމުންނަށް ހުޅުވާލައިގެން ކަމުން، ޖާގަ އޮތް މިންވަރަކުން ހާޒިރުވާ އެންމެންނަށް ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. 

"މި ކޮންގްރެސް ބެލުމަށާއި އަޑުއެހުމަށާއި އެނގޭތޯ އަދި ކޮންގްރަސްމަނުން ނޫނަސް އެމްޑީޕީގެ އާންމު މެންބަރުންނަށް އަދި ޝައުގުވެރިކަން ހުރި ހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑުމެން ހަމަ ހުޅުވާލެވިފައި މިވަނީ. އެހެންވީމަ މި ކޮންގްރެސްއަކީ ބަންދުކޮށްގެން ބާއްވާ ކޮންގްރެސްއެއް ނޫން. ހަމަ އޯޕަން ހުރިހާ ބޭފުޅުންނަށް އަޑުއެހުމަށް ނުވަތަ އެ މަންޒަރުތައް ބެލުމަށް އެތަނަށް ވަޑައިގެންނެވޭނެ،" ޝިފާޒް ވިދާޅުވި އެވެ. 

އެމްޑީޕީގެ ކޮންގްރަސްމަނުންގެ ގޮތުގައި 986 ބޭފުޅުން ތިބި ކަމަށާއި ރަޖިސްޓްރޭޝަނަށް ހުޅުވާލި ފުރަތަމަ 24 ގަޑިއިރު ނުނިމެނީސް އޭގެ ތެރެއިން 500 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ޝިފާޒް ވިދާޅުވި އެވެ.

އޮކްޓޯބަރު 1، ވަނަ ދުވަހުގެ ރޭ އެމްޑީޕީގެ ކޮންގްރެސްގެ ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އޮކްޓޯބަރު 2، ވަނަ ދުވަހު މެންދުރު ފަހުން ފެށިގެން ރޭގަނޑަަށް އިންވެސްޓްމަންޓް ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އޮކްޓޯބަރު 3، ވަނަ ދުވަހު ހެނދުނުން ފެށިގެން ކޮންގްރެސްގެ ރަސްމީ މަސައްކަތްތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. 

މިގޮތުން އޮކްޓޯބަރު 3، ވަނަ ދުވަހު އަސާސީ ގަވާއިދަށް ގެންނަ ބަދަލުތަކާ ގުޅޭގޮތުން ބަހުސްކޮށް، އަސާސީ ގަވާއިދަށް ގެންނަ އިސްލާހުތައް ފާސްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. 

އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ސަރުކާރުން އެއްވެސް ތަނެއް ހަމަޖައްސައިދީފައި ނުވާތީ އެކަމުގެ ކަންބޮޑުވުން އެމްޑީޕީން ފާޅުކުރި އެވެ. އޭގެއިތުރުން ޕީއެސްއެމްއިން ކޮންގްރެސްގެ ކަވަރޭޖް ގެނެސްނުދޭތީވެސް އެ ޕާޓީން ކަންބޮޑުވުން ފާޅުކުރި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox