'ދައުރު' ނޫހުގެ ނޫސްވެރިންނަށް މަރުގެ އިންޒާރު ދިން މައްސަލައެއް

އިންޒާރު ދިނީ ނޫސްވެރިޔާ ނާއިފް (މ) ލިޔުނު އާޓިކަލްއަކާ ގުޅިގެން. އޭނާއަކީ ނޫސްވެރިންގެ ޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލްވެސްމެ -- ފޮޓޯ: އަދަދު ފައިލް

އިންޒާރު ދިނީ ނޫސްވެރިޔާ ނާއިފް (މ) ލިޔުނު އާޓިކަލްއަކާ ގުޅިގެން. އޭނާއަކީ ނޫސްވެރިންގެ ޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލްވެސްމެ -- ފޮޓޯ: އަދަދު ފައިލް

'ދައުރު' ނޫހުގެ ސީނިއާ އެޑިޓަރަކާާއި ނޫސްވެރިއަކަށް މަރުގެ އިންޒާރު ދިން މައްސަލަ މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން (އެމްޖޭއޭ)އިން ކުށްވެރި ކޮށްފި އެވެ.

އެމްޖޭއޭއިން މިކަން ކުއްވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދައުރު ނޫހުގެ ނޫސްވެރިއަކާއި ސީނިއާ އެޑިޓަރަކަށް މަރުގެ އިންޒާރު ދީފައި ވަނީ އެ ނޫހުގައި ޝާއިއުކޮށްފައިވާ "ސިޔާމާއި ހިލްޓަންގެ މައްސަލަ؛ ރާއްޖެއިން އިންވެސްޓަރުންނަށް ރަތުގެ އިންޒާރެއް" މި އާޓިކަލްއާ ގުޅިގެން ކަމަށެވެ.

މި މައްސަލާގައި އެ އާޓިކަލް ލިޔުނު ދައުރު ނޫޙުގެ ނޫސްވެރިޔާ އަދި އެމްޖޭއޭގެ ސެކްރެޓަރީ ޖެނެރަލް، އަހުމަދު ނާއިފަށާއި، ސީނިއާ އެޑިޓަރަކަށް އެކި ނަންބަރުތަކުން ގުޅައި އިންޒާރު ދެމުން އަންނަ ކަމަށްް އެމްޖޭއޭއިން ބުނެފައި ވެއެވެ.

ހިލްޓަން އަދި ސަންއާ ގުޅޭގޮތުން ސިންގަޕޫރު އާބިޓްރޭޝަނުން ނިންމާފައިވާ ނިންމުމެއް ތަންފީޒު ނުވެ ގިނަ އަހަރުތަކެއް ވެފައިވާ މައްސަލައިގެ މައްޗަށް ދައުރު ނޫހުގައި މިދިޔަ ބުރާސްފަތި ދުވަހު ޝާއިއުކޮށްފައިވާ މި ލިޔުމާއި ގުޅިގެން ސަން ކުންފުނީގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ވެސް ވަނީ ދައުރު ނޫހުގެ ސީނިއާ އެޑިޓަރަކަށް ގުޅައި އިންޒާރު ދީފައި ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ނާއިފާއި ސީނިއާ އެޑިޓަރަށް ފޮނުވި މެސެޖުގައި އެ ދެމީހުންނާ "މަގުމަތިން ދިމާކޮށްލާނެ" ކަމަށާއި "ފުރާނަ ދުއްވާލަން ވެސް ފަސްނުޖެހޭނެ" ކަމަށް ބުނެފައި ވެއެވެ. މި މައްސަލަ މިހާރު ނާއިފް އަދި ދައުރު ނޫހުގެ ފަރާތުން ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ.

"މި ޖަމިއްޔާއިން ގޮވާލަނީ މި މައްސަލަ ވީ އެންމެ އަވަސް މިނެއްގައި ތަހުގީގުކޮށް، އިންސާރު ދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް، ނޫސްވެރިންނަށް ދޭން ޖެހޭ ރައްކާތެރިކަން ފުލުހުންގެ ފަރާތުން ފޯރުކޮށްދިނުމަށެވެ." ދައުރު ނޫހުގެ ނޫސްވެރިންނަށް އިންޒާރުދިން މައްސަލަ ކުށްވެރިކޮށް އެމްޖޭއޭއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން ނޫސްވެރިންނަށްދޭ މިފަދަ އިންޒާރުތަކުގެ މައްސަލަ ފުލުހުންނަށް ހުށަހެޅި ނަމަވެސް އެ މައްސަލަތަކާއި ގުޅިގެން ކާމިޔާބު ތަހުގީގެއް ހިންގާ، އެފަދަ އިންޒާރުދޭ މީހުންނަށް ފިޔަވަޅު އެޅިފައި ނުވާތީ އެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ނޫސްތަކުގައި ޝާއިއުކުރާ އެކި ލިޔުންތަކާއި ގުޅިގެން ނޫސްވެރިންނަށް އިންޒާރު ދޭ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ. އެހެންނަަމަވެސް، ނޫސްވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި މި މައްސަލަތައް ތަހުގީގުކު ރުމުުގައި ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބޭކަން އަަބަދުވެސް އެމްޖޭއޭއިން ފާހަގަކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox