ސުވާލެއް ކުރުމުން ހުކުމް އިއްވައި 15 ދުވަހު ޖަލު ގޮޅީގައި ބޭއްވި ޝަހުޒާން މިނިވަންވެއްޖެ

ހުޅުމާލޭގައި ހުންނަ ކަރެކްޝަންސްގެ މަރުކަޒުން ޝަހުޒާން މިނިވަންވުމުން، އޭނާގެ އާއިލާއިން އޭނާއަށް މަރުހަބާ ކިޔަނީ.

ހުޅުމާލޭގައި ހުންނަ ކަރެކްޝަންސްގެ މަރުކަޒުން ޝަހުޒާން މިނިވަންވުމުން، އޭނާގެ އާއިލާއިން އޭނާއަށް މަރުހަބާ ކިޔަނީ.

އަދަދު ނޫހުން އުފެއްދި "އައިޝާ" ޑޮކިޔުމެންޓްރީގެ ވާހަކަދެއްކުން ހުއްޓުވުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރިފައި ވަނިކޮށް، ރައީސް މުހައްމަދު މުއިއްޒުއާ ސުވާލެއް ކުރި މި ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާނަށް ކުރި 15 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިންމައި މިއަދު މިނިވަންވެއްޖެ އެވެ. 

މާޗް 28 ވަނަ ދުވަހު ނެރުނު އެ ޑޮކިއުމެންޓަރީއަކީ ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ރައީސް މުހައްމަދު މުއިއްޒަށް ޖިންސީ ފުރައްސާރަ އާއި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށް އެ ވާހަކަތައް ގެނެސްދީފައިވާ 30 މިނެޓުގެ ވީޑިއޯ ފިލްމެކެވެ. އެ އަންހެން މުވައްޒަފުގެ ތުހުމަތުތައް މުއިއްޒު ވަނީ ދޮގު ކުރައްވާފަ އެވެ. 

ޝަހުޒާން ނުހައްގުން ޖަލަށް ލާފައިވަނީ އެ ތުހުމަތުތަކާ ގުޅޭ ސުވާލެއް ކުރުމުން، އެއީ ކޯޓުގެ އަމުރާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑޭ ކަމެއް ކަމަށް ނިންމަ އެވެ. ކޯޓުން އަމުރު ނެރުނީ އާދީއްތަ ދުވަހުގެ ރެ އެވެ. ހޯމަ ދުވަހަކީ މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުން ބާއްވާ ދުވަހެވެ. 

އެ އަމުރަކީ މުއިއްޒަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލުކުރުން ހުއްޓުވުމަށް ނެރުނު އަމުރެއްގެ ގޮތުގައި ބައެއް މީހުން ސިފަކުރާއިރު، ނުހައްގުން ކުރި ހުކުމުގައި ހިމެނޭ 15 ދުވަސް ޖަލުގެ ގޮޅިއެއްގައި ޝަހުޒާން ވަނީ ހޭދަކޮށް ނިންމާފަ އެވެ. އަދި ޖޫރިމަނާގެ ގޮތުގައި 26،800 ރުފިޔާ ދައުލަތަށް ދައްކަން ޖެހެ އެވެ. 

މުއިއްޒުއާ ސުވާލުކުރުމުން ދިފާއުވުމުގެ ފުރުސަތު ނުދީ ޝަހުޒާން ޖަލަށް ލައިފި

މިއަދު މެންދުރު 13:00 އަށް ޝަހުޒާނަށް ހާޒިރުކުރުމަށް ފަހު އޭނާއަށް ވަކީލެއް އައްޔަނުކުރަން ދިނީ އެންމެ ދެ ގަޑިއިރު.

ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެހީތެރިވުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ އާއްމުންގެ އެހީތެރިކަމަށް އެދިފަ އެވެ. 

ޝަހުޒާންގެ އިތުރުން މި ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރަށް ވެސް ވަނީ ނުހައްގުން އަދަބުދީފަ އެވެ. އޭނާ 10 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކޮށް، މިދިޔަ ހުކުރު ދުވަހު މިނިވަންވެފައި ވާއިރު، 25،800 ރުފިޔާގެ ޖޫރިމަނާއެއް ދައްކަން ޖެހެ އެވެ. އޭނާއަށް ހުކުމް ކުރީ ކޯޓު އަމުރު ނެރުމުން، އެކަމާ ގުޅޭ ހަބަރު ލިޔެގެންނެވެ. 

ދެ ނޫސްވެރިންގެ ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެމްޖޭއޭއިން އާއްމުންގެ އެހީއަށް އެދެ އެވެ. ފައިސާގެ އެހީ ދޭން ބޭނުންވާ ފަރާތްތަކުން ޝަހުޒާންގެ އެކައުންޓަށް ނުވަތަ ލީވާންގެ އެކައުންޓަށް ވެސް ޖަމާކުރެވިދާނެ އެވެ. 

  • ޝަހުޒާން އެކައުންޓް: 7704279704101
  • ލީވާން އެކައުންޓް: 7730000168109

މި ދެ ނޫސްވެރިންނަށް އެހީތެރިވުމަށް ފައިސާ ޓްރާންސްފާ ކުރާ ފަރާތްތަކުން، ފައިސާ ފޮނުވިކަމުގެ ސްލިޕް  9737592 ނަންބަރު ފޯނަށް ފޮނުވުމަށް އެމްޖޭއިން އެދެ އެވެ.

މޭ 11 ވަނަ ދުވަހު ދެ ނޫސްވެރިން ޖަލަށް ހުކުމްކުރީ އަވަސް އަރުވާލައިގެން ބޭއްވި ސިއްރު އަޑުއެހުމެއްގައި، ގާނޫނީ ގޮތުން ދިފާއުވުމުގެ ހައްގު ނުދީ އެވެ. ވަކީލަކު އައްޔަނު ކުރުމަށް އެ މީހުންނަށް ދިނީ އެންމެ ދެ ގަޑިއިރެވެ.

ހުކުމް އިއްވުމާ އެކު ދެ މީހުން ވެސް މާފުށީ ޖަލަށް ގެންގޮސް ބޭއްވީ އެއް ގޮޅިއެއްގަ އެވެ. ނަމަވެސް ކުއްލިއަކަށް  15 ވަނަ ދުވަހު ލީވާން އެކަހެރިކޮށް، ބޮޑެތި މަރުތަކުގައި ހިމެނޭ މީހުން ތިބޭ ޔުނިޓުގެ ގޮޅިއަކަށް ބަދަލުކުރި އެވެ.

އެއީ ކީއްވެގެން ގެނައި ބަދަލެއް ކަމެއް ކަރެކްޝަންސްއިން ހާމައެއް ނުކުރެ އެވެ. އެ ގޮޅިއަކީ މުޑުދާރު އަދި މީދަލާއި ކުރަފި ފަދަ ތަކެތި ދުވާ ތަނެއް ކަމަށާއި ލީވާން ނިދަން ޖެހެނީ ބިންމަތީގައި ކަމަށް ބުނެ ވަކީލުން މީޑިއާގައި ވާހަކަ ހިއްސާކުރުމުން ކަރެކްޝަންސްގެ އޮފިސަރުން ގޮސް، އެ ތަން ސާފުކޮށް، ލީވާންއަށް ގޮދަޑިއެއް ދިނެވެ. 

އެހެން ނަމަވެސް، ވަކީލުން ބުނީ ލީވާންއަކީ ހަމުގެ ސީރިއަސް މައްސަލައެއް ކުރިން ފެށިގެން ވެސް ހުންނަ މީހަކަށްވާ އިރު، އޭނާއަށް ބޭނުންވާ ހާއްސަ ލޯޝަނެއް ފޯރުކޮށްދޭން ކަރެކްޝަންސްއިން ހުރަސްއަޅަމުން ދާތީ، ސިއްހީ ގޮތުން ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ. 

 ގައިދީންނަށް ލިބިދޭ ހައްގެއް ކަމުގައިވާ ވިޔަފާރިކުރުމުގެ ފުރުސަތު ވެސް އެ ދެ ނޫސްވެރިންނަށް ވަނީ ހަނިކޮށްފަ އެވެ. ހުކުމް ކުރި ދުވަހުގެ އަނެއް ދުވަހު، އެ މީހުންގެ އެކައުންޓަށް ދެހާސް ރުފިޔާ ޖަމާކޮށްފައިވީ ނަމަވެސް، އެ ފައިސާ ބޭނުންކޮށްގެން ޒަރޫރީ ތަކެތި ގަތުމުގެ ފުރުސަތު ލީވާން އާއި ޝަހުޒާނަށް ދީފައި ނުވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓުއާ އޮޕަރޭޓަރުން އަތުން ނަގާ ޓެކްސް އުވާލަން ކޮމިޓީން ފާސްކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ގާނޫނަށް ގެނައި ބަދަލު އުވާލުމަށާއި، ޖީއެސްޓީ ނަގަންޖެހޭ އާމްދަނީގެ މިންގަނޑު 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ވަނީ ފާސްކޮށްފައި. މި އިސްލާހުތަކުގެ މަގުސަދަކީ ކުދި ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ކުޑަކޮށް، ވިޔަފާރިތައް ކުރިއެރުވުމަށް ފުރުސަތު ދިން.

ހަރަދުގެ ތަފްސީލް ބަލަހައްޓާފައިނުވާތީ އަދާލަތު ޖޫރިމަނާކޮށްފި

ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް ހަރަދުތަކުގެ ތަފްސީލު ބަލަހައްޓާފައި ނުވާތީ، އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ 25,000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައި. މި ފިޔަވަޅު އެޅީ އެ ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބައެއް މުދަލާއި ތަކެތީގެ އަގު ކަށަވަރުކުރެވޭނެ ލިޔެކިޔުންތައް ނެތްކަން ފާހަގަކޮށްފައިވާތީ.

މޫސުން ގޯސްވެ އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފި

ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރިސޯޓުތަކުގައި ދީނުގެ ހުރުމަތް ކެނޑިގެން ނުވާނެ: އަދާލަތު

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލަ އަދާލަތު ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަމުގައި ބައިވެރިވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކާ ހިލާފު މިފަދަ އަމަލުތައް ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފެނަކައިގެ މަހިބަދޫ ބްރާންޗުން 11 މުވައްޒަފަކު ވަކިކޮށްފި

އދ. މަހިބަދޫ ފެނަކަ ބްރާންޗުގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށްފަހު، ވަޒީފާގެ ޔަގީންކަން ދީފައިވަނިކޮށް 11 މުވައްޒަފަކު ވަނީ ކުއްލި ގޮތަކަށް ވަނީ ވަކިކޮށްފައި. ވަކިކުރި މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި މިއީ ސިޔާސީ ނިންމުމެއް ކަމަށާއި، ވަޒީފާގައި ބޭތިއްބީ ހަމައެކަނި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މުވައްޒަފުން.

ފެންފުއްޓާ ފަރަށް އެރި "ދެރަހަ" ބޯޓުގެ ފަޅުވެރިން ސަލާމަތްކޮށްފި

މި ހާދިސާ ހިނގާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ ވަގުތުން އެ ސަރަހައްދަށް ދަތުރުކޮށް، އެހީތެރިކަން ފޯރުކޮށްދޭން ފަށާފަ އެވެ.

ސޯޝަލްމީޑިއާގައި ދަރިވަރަކަށް ބުލީކުރި މައްސަލައެއް ބަލަނީ

މިއީ އިންޓަނެޓު މެދުވެރިކޮށް ބުލީކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރާ ފުރަތަމަ ފަހަރު ކަމަށްވާއިރު، މި މައްސަލަ ބަލަމުންދަނީ ކަމާގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox