ރެހެންދި އެވޯޑް 14 މީހަކަށާއި އަންހެނުންގެ ކޮމިޓީއަކަށް ދީފި

Sep 6, 2021, 6:49 PM
އަމީނާ (ވ) އަށް ރައީސް އިނާމު ދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

އަމީނާ (ވ) އަށް ރައީސް އިނާމު ދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން 2014 ވަނަ އަހަރުން ފެށިގެން ދިވެހި ސަރުކާރުން ދެމުން އަންނަ ރެހެންދި އެވޯޑް ދިނުމުގެ، މިދިޔަ އަހަރާއި މި އަހަރުގެ ހަފުލާ މިރޭ ބާއްވައި 13 މީހަކަށް އިނާމު ދީފި އެވެ.

އާއްމުކޮށް އަންހެނުންގެ ދުވަހު ބާއްވާ އެކަމަކު ކޮވިޑުގެ ސަބަބުން މި ދެ އަހަރު އެ ދުވަހު ނުބޭއްވުނު ހަފުލާ މިރޭ ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

މިދިޔަ އަހަރުގެ ރެހެންދި އެވޯޑްތަކުގެ ތެރެއިން އިޖްތިމާއީ ދާއިރާ އިން އިނާމު ހާސިލްކުރީ ފާތިމަތު އިބްރާހިމް އާއި އަލްއުސްތާޒާ މަރިޔަމް ޝުނާނާ އެވެ. އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާ އިން އިނާމު ލިބުނީ ޅެންވެރިޔާ އާއިޝަތު ހުސެއިން މަނިކު އާއި ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރު އަދި ކުރީގެ ނޫސްވެރިޔާ އައިމިނަތު އަމީނާ (އަނާ) އާއި އަލްއުސްތާޒާ ހައްވާ ލަތީފް އާއި މިންހާ ފާއިޒް އަދި ނޫސްވެރިޔާ ޝިފްޒާ މުސްތަފާ އަށެވެ.

މި އަހަރުގެ އިނާމުތަކުގެ ތެރެއިން ތައުލީމީ ދާއިރާ އިން އިނާމް ލިބުނީ އަހްމީމާ ލުތުފީ އަށެވެ. ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތެމެޓިކްސް (ސްޓެމް) ދާއިރާ އިން އިނާމް ހާސިލްކުރީ ޒީނިޔާ އަހުމަދު ހަމީދު އާއި އާއިމިނަތު ޝަހާ ހާޝިމެވެ. ހިލޭ ސާބަހަށް މަސައްކަތްކުރުމުން ނާދިޔާ އަބްދުލްޣަފޫރު އިނާމް ހޯދިއިރު ކުޅިވަރުގެ ދާއިރާ އިން ލިބުނީ ހައްވާ ރާމިޒާ އަށެވެ. އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާ އިން އިނާމު ލިބުނީ އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް ނަސްރީނާ ހަސަން އަށެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އިނާމް ހޯދީ ލ. ފޮނަދޫ ކޮމިޓީ އެވެ. އާއްމު ފަރުދުންގެ ތެރެއިން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ފިރިހެނުންނާއި އަންހެނުންގެ ކެޓަގަރީން އިނާމު ހޯދީ ޝިޔާމާ އަހުމަދެވެ.

ޖެންޑާ މިނިސްޓްރީން ދޭ ރެހެދިން އެވޯޑުގެ މަގުސަދަކީ އަންހެނުން ކުރާ މަސައްކަތްތަކާއި ހާސިލުކޮށްފައިވާ ކާމިޔާބީތަކުގެ އަގުވަޒަންކޮށް، ގައުމީ ތަރައްގީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމެވެ. އަދި މިންތީ ތަފާތުތައް ނައްތާލައި ދެޖިންސުގެ ދެމެދުގައި ހަމަހަމަކަން ގާއިމު ކުރުމަށް މަސައްކަތްކުރާ، ވަކިވަކި ފަރުދުންނާއި އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކުގެ މަސައްކަތްތައް ބަލައިގަނެ، ގައުމީ ފެންވަރެއްގައި އަގު ވަޒަން ކުރުމަކީ ވެސް، ރެހެންދި އެވޯޑް ދިނުމުގެ ބޭނުމެއް ކަމަށް އެ ފަރާތުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox