ކުރިން އަގުކުރީ ގޯސްކޮށް؛ ހިޔާ ފްލެޓްތަކުގެ ކުލި ކަނޑައެޅި ގޮތް އެޗްޑީސީން ސާފުކޮށްދީފި

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 25 ބުރީގެ ޓަވަރުތައް: މިއީ ރާއްޖޭގައި މިހާތަަނަށް ހިންގުނު އެންމެ ބިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 25 ބުރީގެ ޓަވަރުތައް: މިއީ ރާއްޖޭގައި މިހާތަަނަށް ހިންގުނު އެންމެ ބިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ހިޔާ މަޝްރޫއުގެ ޔުނިޓުތަކަށް ކަނޑައަޅާފައިވާ ކުލި އަގުތައް ބަދަލުކުރަން ޖެހުނީ ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ހިސާބު ކުރުމުގައި ހަދާފައިވާ ގޯސްތަކެއްގެ ސަބަބުން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފި އެވެ.

ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ވިސްނުމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރީ ސަރުކާރުން ވަނީ 6844 ހައުސިން ޔުނިޓް އެކުލެވޭ 16 ޓަވަރު އިމާރާތްކޮށްފަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި މި މަޝްރޫއަކީ މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ހައުސިން މަޝްރޫއު އެވެ.

ހިޔާ ފްލެޓްތަކުގެ އަގުގެ މައްސަލައިގައި ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަގުތައް ކަނޑައެޅި ގޮތުގެ މައުލޫމާތު ދެއްވަމުން އެޗްޑީސީގެ ޗީފް ފައިނޭންޝަލް އޮފިސާ އަހުމަދު ޝާމް ވިދާޅުވީ ކުރިން އަގުތައް ކަނޑައަޅާފައި އޮތީ އާންމުކޮށް މަހަކު ދައްކަންޖެހޭ އަދަދު ނުވަތަ އީއެމްއައި ކަނޑައެޅުމުގައި ގެންގުޅޭ ބެސްޓް ޕްރެކްޓިސް އަދި އުސޫލުތަކާ ހިލާފަށް ކަމަށެވެ.

ކުރިން ޔުނިޓަކަށް ޖެހޭނެ ކަމަށް ބުނި 5،600ރ. ކުލި ހިސާބު ކުރީ މުޅިން ގޯސްކޮށް

ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ބުނީ ހިޔާ ޕްރޮޖެކްޓުގެ ތެރެއިން ޔުނިޓަކަށް މަހަކު ދައްކަން ޖެހޭނީ 5،600ރ. ކަމަށެވެ. އެއީ ޕްރޮޖެކްޓުގެ ތެރެއިން ޔުނިޓެއް އިމާރާތްކުރަން ހަރަދުވާ 1.27 މިލިއަން ރުފިޔާއިން ޑައުންޕޭމަންޓަށް 25،000ރ. ކެނޑުމަށް ފަހު މަހަކު ދައްކަން ޖެހޭ އަދަދަށް 8 ޕަސެންޓުގެ އިންޓްރެސްޓެއް ހިމަނައިގެންނެވެ.

ކުރިން ހައުސިން މިނިސްޓްރީން އަގު ކަނޑައެޅި ގޮތް  ދައްކުވައިދޭ ތާވަލެއް-- ފޮޓޯ: އެޗްޑީސީ
ކުރިން ހައުސިން މިނިސްޓްރީން އަގު ކަނޑައެޅި ގޮތް ދައްކުވައިދޭ ތާވަލެއް-- ފޮޓޯ: އެޗްޑީސީ

ކުރިން ހައުސިން މިނިސްޓްރީން އަގު ކަނޑައެޅި ގޮތް ދައްކުވައިދޭ ތާވަލެއް-- ފޮޓޯ: އެޗްޑީސީ

މި ހިސާބު ކުރުމުގައި ހުރި މައްސަލަތައް ފާހަގަކުރައްވަމުން ޝާމް ވިދާޅުވީ މި އަގު ކަނޑައެޅީ ޔުނިޓެއް އިމާރާތްކުރަން ކުރި ހަަރަދު ބައިކޮށްލުމަށް ފަހު އިންސްޓޯލްމަންޓަށް ޖެހޭ ފައިސާ ނުވަތަ މަހު ކުލިން އިންޓްރެސްޓް ނެގީމަ އެވެ. މި ޕްރޮޖެކްޓް ފައިނޭންސް ކުރަން ނެގި ދިގު މުއްދަތުގެ ލޯނުތަކުގެ އިންޓްރެސްޓް ނަގަނީ ލޯނު ފައިސާގެ ތެރެއިން އަނބުރާ ނުދައްކާ އޮތް އަދަދުންނެވެ. މަހަކަށް ޖެހޭ ފައިސާއަކުންނެއް ނޫނެވެ.

ކުރިން ޕްރޮޖެކްޓަށް ހަަރަދުތަކުގެ ތެރޭގައި ހިމަނާފައިވާ ހުރިހާ ހިސާބުތަކާއެކު އީއެމްއައި ނުވަތަ މަހަކު އިންސްޓޯލްމަންޓަށް ދައްކަން ޖެހޭ އަދަދު އަސްލު ފޯމިއުލާގެ ތެރެއިން ހިސާބު ކުރީމަ ޔުނިޓަކަށް ޖެހޭ މަހު ކުލީ 10،416ރ. އަށް އަރަ އެވެ. މިއީ ޔުނިޓަކަށް ޖެހޭ ވަރު ކަަމަށް ހައުސިން މިނިސްޓްރީން ބުނި އަގަށް ވުރެ 4،710ރ. އިތުރު އަދަދެކެވެ.

ކުލި އަގު ކުޑަކުރީ ޕްރޮޖެކްޓުގެ ބައެއް ހަރަދުތައް ސަރުކާރުން އަދާކުރާ ގޮތަށް

މި ޕްރޮޖެކްޓުގެ ތެރޭގައި ކުރި ހުރިހާ ހަރަދެއް ހިމަނައިގެން ޔުނިޓް ކޮސްޓް ބޮޑުވާތީ މި ސަރުކާރުން ނިންމީ ކުރިން ޕްރޮޖެކްޓުގެ ޔުނިޓް ކޮސްޓަށް އިތުރުވީ ބައެއް ހަރަދުތައް ސަރުކާރުން ކުރާ ގޮތަށް ޔުނިޓްތަކަށް ހަރަދުވީ އަގު ކުޑަކޮށްފަ އެވެ.

މިހެން އުނިކުރީ މާކެޓިން އަދި އިދާރީ ކަންކަމަށް ކުރަންޖެހޭ ހަރަދުތަކާއި، ބިމުގެ އަގުގެ އިތުރުން ފިނިޝިން ހަރަދުތައް އުނިކޮށްގެންނެވެ. މި ހަރަދުތައް ހަމަޖައްސަން ސަރުކާރުން 500 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެޗްޑީސީއަށް ސަބްސިޑައިޒްކޮށްދޭނެ އެވެ. މި ހަރަދުތަކަށްވާ ފައިސާ އެޗްޑީސީއަށް އަދާކުރާނީ ސީދާ ސަރުކާރުންނެވެ.

ކުރިން ހިޔާ ޔުނިޓަކަށް ޖެހޭ އަގު ކަނޑައަޅަން ހިމެނި ހަރަދުތައް-- ފޮޓޯ: އެޗްޑީސީ
ކުރިން ހިޔާ ޔުނިޓަކަށް ޖެހޭ އަގު ކަނޑައަޅަން ހިމެނި ހަރަދުތައް-- ފޮޓޯ: އެޗްޑީސީ

ކުރިން ހިޔާ ޔުނިޓަކަށް ޖެހޭ އަގު ކަނޑައަޅަން ހިމެނި ހަރަދުތައް-- ފޮޓޯ: އެޗްޑީސީ

މިހެން ހިސާބު ކުރުމުން ޔުނިޓެއް އިމާރާތްކުރަން ހަރަދުވީ އަގަކީ 1.08 މިލިއަން ރުފިޔާ އެވެ. އެއީ ކުރިން ޔުނިޓަކަށް ޖެހޭ އަދަދަށް ވުރެ 187،569.23ރ. މަދު އަދަދެކެވެ. ސަރުކާރުން ގެނައި ބަދަލުތަކާއެކު މިހާރު ޔުނިޓަކަށް ޖެހޭ އަގު ކަނޑައަޅާފައިވަނީ ކޮންސްޓްރަކްޝަން ހަރަދާއި ކޮންސްޓްރަކްޝަން މުއްދަތުގެ ތެރޭގައި އިންޓްރެސްޓަށް ހިނގި ހަރަދުތައް އެކަނި ހިމަނައިގެންނެވެ.

މިހާރު ހިޔާ ޔުނިޓްތަކަށް އަގު ކަނޑައަޅަން ހިމެނި އަގުތައް -- ފޮޓޯ: އެޗްޑީސީ
މިހާރު ހިޔާ ޔުނިޓްތަކަށް އަގު ކަނޑައަޅަން ހިމެނި އަގުތައް -- ފޮޓޯ: އެޗްޑީސީ

މިހާރު ހިޔާ ޔުނިޓްތަކަށް އަގު ކަނޑައަޅަން ހިމެނި އަގުތައް -- ފޮޓޯ: އެޗްޑީސީ

ސަރުކާރުން ސަބްސިޑައިޒްކުރާ ހަރަދުތަކުގެ ލޯނު ޕޭމަންޓްތައް ކަނޑައެޅިފައިވާ މުއްދަތުތަކަށް އަދާކުރަން ސަރުކާރާއި އެޗްޑީސީން 3.2 ބިލިއަން ރުފިޔާ ރީފައިނޭންސް ކުރަން ޖެހެ އެވެ. މިއީ އެ މުއްދަތުތަކަށް އަދާކުރަން ޖެހޭ ފައިސާ ޕްރޮޖެކްޓުން ލިބޭ އާމްދަނީން ނުލިބޭތީ ކުރަންޖެހޭ ހަރަދުތަކެކެވެ. މިގޮތުން ކުރިޔަށް އޮތް ހަ އަހަރު ދުވަހުގެ ތެރޭގައި އެޗްޑީސީގެ ނެގެޓިވް ކޭޝްފްލޯ އަދި ފައިނޭންސިން ގެޕް ފޫބައްދަން 2027 ވަނަ އަހަރާ ހަމައަށް 3.2 ބިލިއަން ރުފިޔާ ރީފައިނޭންސް ކުރަން ޖެހެ އެވެ.

ރީފައިނޭންސިން ހޯދާނެ ގޮތުގެ ތަފްސީލެއް އެޗްޑީސީން ހިއްސާ ނުކުރި ނަމަވެސް އިތުބާރު ހުރި ގޮތަކަށް "އަދަދު"އަށް އެނގިފައިވާ ގޮތުގައި އެޗްޑީސީގެ ވިސްނުމަކީ މި އަދަދުގެ ލޯނެއް ނަގަން ނުވަތަ ކެޕިޓަލް މާކެޓަށް ގޮސްގެން ބޮންޑް ނުވަތަ ސުކޫކް ވިއްކައިގެންނެވެ. ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުންނާއި އެޗްޑީސީގެ ދަރަނީގެ ހާލަތު ހުރި ގޮތުން އިތުރު ދަރަންޏަށް ފައިސާ ހޯދަން އުނދަގޫ ވާނެ އެވެ.

ހިޔާ ފްލެޓްތަކަށް ދައްކަން ޖެހޭ ކުލި އަދި މެއިންޓެނަންސް ހަރަދުތައް -- ގްރެފިކްސް: އަބްދުﷲ ޝަފީއު (އަބޯ)
ހިޔާ ފްލެޓްތަކަށް ދައްކަން ޖެހޭ ކުލި އަދި މެއިންޓެނަންސް ހަރަދުތައް -- ގްރެފިކްސް: އަބްދުﷲ ޝަފީއު (އަބޯ)

ހިޔާ ފްލެޓްތަކަށް ދައްކަން ޖެހޭ ކުލި އަދި މެއިންޓެނަންސް ހަރަދުތައް -- ގްރެފިކްސް: އަބްދުﷲ ޝަފީއު (އަބޯ)

15.7 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓު ދެކޮޅު ނުޖެހި ގެއްލުން

އެޗްޑީސިން ބުނި ގޮތުގައި މި ޕްރޮޖެކްޓުގެ ލޯނު އަދާކުރުމަށާއި ހުރިހާ ހަރަދުތަކަށް ގާތްގަނޑަކަށް 15.7 ބިލިއަން ރުފިޔާ ހޭދަވާނެ އެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި މިހާރު ހުރި އަގުތަކުގައި ހައުސިން ޔުނިޓްތަކުން ކޮމާޝަލް ޔުނިޓްތައް ކުއްޔަށް ދޫކޮށްގެން އާމްދަނީއަށް ލިބެނީ 15.5 ބިލިއަން ރުފިޔާ އެވެ. މި ޕްރޮޖެކްޓުގެ ސަބަބުން އެޗްޑީސީއަށް 116 މިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ އެވެ.

ހިޔާ މަޝްރޫއު ފައިސާ ހޯދަން ސަރުކާރުން ސޮވަރިން ގެރެންޓީ ދީގެން އެޗްޑީސީން ނަގާފައިވާ ދެ ލޯނެއް ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާގެ ލޯނަކާއި ކްރެޑިޓް ސުއިސް ސިންގަޕޯ ބްރާންޗުން ނަގާފައިވާ ލޯނެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ލޯނުތަކުގެ ޕްރިންސިޕަލް އަދި އިންޓްރެސްޓު އަނބުރާ ދައްކަން ޖުމްލަ 9.4 ބިލިއަން ރުފިޔާ ހޭދަ ވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox