ކުޑަގިރި ފެރީގެ ކޮންޓްރޯލް ގެއްލި އެކްސިޑެންޓެއްވެ، ކުޑަކުއްޖެއްގެ ބޯ ފަޅައިގެން ގޮސް އިތުރު ނުވަ މީހަކަށް އަނިޔާވެއްޖެ

ކުޑަގިރި ޕިކްނިކް އައިލެންޑް: އެރަށަށް މީހުން އުފުލަން ބޭނުންކުރާ ފެރީ އެކްސިޑެންޓުވެ 10 މީހަކަށް ވަނީ އަނިޔާވެފައި -- ފޮޓޯ: މިރާން ނާޝިމް/ އަދަދު

ކުޑަގިރި ޕިކްނިކް އައިލެންޑް: އެރަށަށް މީހުން އުފުލަން ބޭނުންކުރާ ފެރީ އެކްސިޑެންޓުވެ 10 މީހަކަށް ވަނީ އަނިޔާވެފައި -- ފޮޓޯ: މިރާން ނާޝިމް/ އަދަދު

ކުޑަގިރި އާއި މާލެއާ ދެމެދު ފަސިންޖަރުން އުފުލަން ބޭނުންކުރާ ފެރީއެއްގެ ކޮންޓްރޯލެ ގެއްލިގެން ގޮސް ތޮށިގަނޑުގައި ޖެހި އޭގެން ދަތުރުކުރި 10 މީހަކަށް އެކިވަރުގެ އަނިޔާ ލިބިއްޖެ އެވެ.

އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 10:45 ހާއިރު، ކުޑަގިރިއަށް ފެރީ ކައިރިކުރި ވަގުތު ކަމަށް މި ނޫހަށް މައުލޫމާތު ދިން މީހުން ބުންޏެވެ. އެ ހާދިސާގައި ކުޑަކުއްޖެއްގެ ބޯ ވެސް ފަޅައިގެން ގޮސްފައިވާ ކަމަށް މި ނޫހަށް އެނގިފައިވެ އެވެ.

"ކުޑަގިރިއާ ފެރީ ގާތްކުރި ވަގުތު، އިންޖީނު ނިވިގެން ގޮސް ޖެޓީގައި ޖެހުނީ، ހައެއްކަ އަހަރުގެ ކުއްެޖެއްގެ ބޯ ވެސް ފަޅައިގެންދިޔަ،" އެ މީހާ ބުންޏެވެ.

Advertisement

ކުޑަގިރި އާއި މާލެއާ ދެމެދު ފެރީ ދަތުރުތައް ކުރަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (ޢެޗްޑީސީ) އިންނެވެ. އެ ހާދިސާއާ ގުޅޭ މައުލޫމާތު ހޯދުމަށް އެޗްޑީސީއަށް ގުޅުމުން ފޯނަށް ޖަވާބުދީފައެއް ނުވެ އެވެ.

އެ ހާދިސާގައި އަނިޔާވި މީހުން މާލެ ގެނައީ އެޗްޑީސީގެ ލޯންޗެއްގައި ކަމަށް މި ނޫހަށް މައުލޫމާތު ދިން މީހުން ބުންޏެވެ. ނަމަވެސް، އަނިޔާވި މީހުންނަށް ފަރުވާދެމުން ދަނީ ކޮން ހޮސްޕިޓަލެއްގައި ކަމެއް ނޭނގެ އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި، ކުޑަގިރި އާއި މާލެއާ ދެމެދު ދަތުރުކުރުމަށް ބޭނުންކުރާ ފެރީތަކަށް މައްސަލަތައް ދިމާވާތާ އެތައް ދުވަހެއް ވަނީ ވެފަ އެވެ. މިއަދުގެ ހާދިސާ ހިނގާފައި ވަނީ އެ މައްސަލަތަކަށް ދާއިމީ ހައްލެއް ނުހޯދައި ގިނަ ދުވަސްވުމުން ކަމަށް މި ނޫހަށް މައުލޫމާތު ދިން މީހުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox