ހައްގުތައް ނުލިބިގެން އިހުތިޖާޖު ކުރި 21 ބިދޭސީން ރާއްޖެއިން ޑީޕޯޓްކޮށްލައިފި

ބިދޭސީ މަސައްކަތްތެރިން ރެގިއުލަރައިޒް ކުރަން މީގެ ކުރިން ހިންގި ޕްރޮގްރާމެއްގައި ފޯމު ހުށަހަޅަން ގޮސް ތިބި ބަޔަކު ކިއުގައި: ހައްގުތައް ނުލިބިގެން އިހުތިޖާޖުކުރި 21 ބިދޭސީން ވަނީ ޑީޕޯޓުކޮށްލާފައި -- ފޮޓޯ: އަދަދު ފައިލް

ބިދޭސީ މަސައްކަތްތެރިން ރެގިއުލަރައިޒް ކުރަން މީގެ ކުރިން ހިންގި ޕްރޮގްރާމެއްގައި ފޯމު ހުށަހަޅަން ގޮސް ތިބި ބަޔަކު ކިއުގައި: ހައްގުތައް ނުލިބިގެން އިހުތިޖާޖުކުރި 21 ބިދޭސީން ވަނީ ޑީޕޯޓުކޮށްލާފައި -- ފޮޓޯ: އަދަދު ފައިލް

ކ. ބޮލިދުއްފަރު ފަޅުގައި ތަރައްގީކުރަމުންދާ ރިސޯޓުގައި މަސައްކަތްކުރާ 21 ބިދޭސީ މުވައްޒަފުން ގައުމަށް ފޮނުވާލަން އުޅުމުން އެކަމާ ދެކޮޅު ހެދުމުން އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ބަންދުކުރުމަށްފަހު ޑީޕޯޓުކޮށްލައިފި އެވެ. 

އިމިގްރޭޝަނުން އަދަދު އަށް ބުނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެގެން ފިޔަވަޅު އެޅުމަށް އޮކްޓޯބަރު 30، ގައި އިމިގްރޭޝަނާ ހަވާލުކުރި 21 ބިދޭސީއަކު ގާނޫނުގައިވާ ގޮތުގެ މަތިން އެ އެންމެން ޑީޕޯޓްކޮށްލާފައިވާ ކަމަށެވެ. 

އެ މީހުން ގައުމަށް ފޮނުވާލަން އުޅުނީ މުސާރަ ނުލިބުމާއި އެހެން މުވައްޒަފުންގެ ވެލްފެއާއާ ގުޅޭ ބައެއް އެހެން ކަންކަމުގައި އިހުތިޖާޖު ކުރުމުންނެވެ. އެ އިހުތިޖާޖުގައި 100 އަށް ވުރެ ގިނަ މަސައްކަތްތެރިން ބައިވެރިވެވި ކަމަށް އަންދާޒާ ކުރެވެ އެވެ. 

Advertisement

މިކަމާ ގުޅިގެން އެ ބިދޭސީން މަސައްކަތްކުރަމުންދިޔަ އައިމާ ކޮންސްޓްރަކްޝަނުން އަދަދު އަށް ބުނީ އިހުތިޖާޖުގައި ބައިވެރިވި 25 މުވައްޒަފަކު ވަޒީފާއިން ވަކިކޮށް ގައުމަށް ފުރުވާލަން ނިންމި ކަމަށެވެ. އެގޮތަށް ކުންފުނިން ނިންމީ އެ މުވައްޒަފުން އެހެން މުވައްޒަފުންނަށް ބިރުދައްކައި މަސްލަހަތު ނަގާލަން މަސައްކަތްކުރުމުން ކަމަށެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ގައުމަށް ފޮނުވާލަން ނިންމި 25 މުވައްޒަފުންގެ ތެރެއިން ފަސް މުވައްޒަފުން އެއާޕޯޓަށް ގެންދިޔުމާއެކު ގަދަ ހެދުމަކާ ނުލައި ފުރައިގެން ގޮސްފައިވެ އެވެ. 

އައިމާއިން ބުނީ ބިދޭސީ މުވައްޒަފުން އިހުތިޖާޖުކުރީ އެ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުަމަށް ޑިމާންޑުކުރުމަށްފަހު ކަމަށާއި އިހުތިޖާޖު ފެށީ އެ އިންތިޒާމު ހަމަޖެއްސުމަށް ކުންފުނިން މަސައްކަތް ކުރަމުންދަނިކޮށް ކަމަށެވެ. އެ ކުންފުނިން ބުނީ މުވައްޒަފުންނަށް ދިވެހި ރުފިޔާއިން މުސާރަ ދޭކަން ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ. 

ރާއްޖޭގައި ޑޮލަރުގެ ދަތިކަން ބޮޑުވެ، ޑޮލަރުގެ އަގު އިންތިހާއަށް އުފުލުމުގެ ސަބަބުން ބިދޭސީ މަސައްކަތްތެރިންނަށް އަންނަނީ ދަތިތައް ދިމާވަމުންނެވެ. އެގޮތުން ރުފިޔާއިން މުސާރަ ލިބޭ މުވައްޒަފުންނަށް ގައުމަށް ފައިސާ ފޮނުވުމުގައި ދަތިތައް ދަނީ ދިމާވަމުންނެވެ. 

މިކަމާ ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނީ ގާނޫނުއަސާސީގެ ދަށުން، ރާއްޖޭގައި ވަޒީފާ އަދާކުރާ ކޮންމެ މީހަކަށްމެ، މަސައްކަތް ހުއްޓާލުމާއި އިހުތިޖާޖު ކުރުމުގެ މިނިވަންކަން ލިބިދީފައިވާއިރު، އެފަދަ ހައްގުތަކުގެ ބޭނުން ހިފުމުގެ ސަބަބުން އެއްވެސް މަސައްކަތްތެރިއަކަށް ބިރުދެއްކުމާއި، ބަންދުކުރުމާއި ނުވަތަ ބަދަލު ހިފުމުގެ ގޮތުން ފިޔަވަޅުތަކާ ކުރިމަތިލާން ޖެހިގެން ނުވާނެ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox