ކެރިކް، މެންޗެސްޓާ ޔުނައިޓެޑް ކޯޗުކަމުން ވަކިކުރަން ނިންމައިފި

Nov 12, 2026, 3:05 PM
ޔުނައިޓެޑްގެ ކޯޗުގެ މަގާމުން މައިކަލް ކެރިކް ވަކިކުރަން ވަނީ ނިންމައިފައި

ޔުނައިޓެޑްގެ ކޯޗުގެ މަގާމުން މައިކަލް ކެރިކް ވަކިކުރަން ވަނީ ނިންމައިފައި

މެންޗެސްޓާ (ނޮވެމްބަރު 12) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން މައިކަލް ކެރިކް ވަކިކުރަން އެ ކްލަބްގެ ބޯޑުން ނިންމާފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ. 

ސްކައި ސްޕޯޓްސް އިން ރިޕޯޓްކުރާ ގޮތުގައި، ޔުނައިޓެޑުން މިހާރު ވަނީ ކެރިކް މަގާމުން ދުރުކޮށް، މި ވަގުތު އެމެރިކާ ގައުމީ ޓީމުގެ ކޯޗަކަށް ހުރި އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯއާ ޓީމު ހަވާލުކުރަން އަނގަބަހުން އެއްބަސްވުމަކަށް އަތުވެފަ އެވެ. އެކަމަކު، ޕޮޗެޓީނޯ، ޔުނައިޓެޑާ އެކު އެއްބަސްވުމެއްގައި ސޮއިކުރާނީ، ކޮންކަކަފް ނޭޝަންސް ލީގުގައި އެމެރިކާ އިން ހައިޓީއާ ދެކޮޅަށް ކުޅޭ ދެ މެޗަށް ފަހު އެވެ. 

އެމެރިކާގެ ކޯޗުކަމާ 2024 ވަނަ އަހަރު ހަވާލުވި ޕޮޗެޓީނޯ، 2030 ގެ ޖޫންގެ ނިޔަަލަށް އެ ޓީމުގެ ކޮންޓްރެކްޓް އާ ކޮށްފައިވާއިރު، އޭގެ ކުރިން އޭނާ މަގާމުން ވީއްލައި، ކޮންޓްރެކްޓް ނިމުމަކަށް ގެންނަނަމަ ދައްކަންޖެހޭ 10 މިލިއަން ޑޮލަރުގެ ފީގެ ކަންކަމާ ގުޅޭގޮތުން، ޔުނައިޓެޑުން މިހާރު އަންނަނީ އެމެރިކާ ފުޓްބޯޅަ ޖަމިއްޔާއާ އެކު ވާހަކަ ދައްކަމުންނެވެ. 

ޕޮޗެޓީނޯ ވެގެންދާނީ، 2013 ވަނަ އަހަރު އަލެކްސް ފާގަސަން، ޔުނައިޓެޑްގެ ކޯޗުކަމުން ވަކިވެ، ރިޓަޔާކުރި ފަހުން، އެ ކްލަބާ ހަވާލުވާނެ، ދާއިމީ އަށް ވަނަ ކޯޗަށެެވެ. މީގެ ކުރިން، 2022 ވަނަ އަހަރު ޔުނައިޓެޑުން ޕޮޗެޓީނޯއާ އެ ޓީމާ ހަވާލުވުމާ ގުޅޭގޮތުން މަޝްވަރާކުރިއިރު، އެ ފަހަރު އެ ކްލަބުން ޓީމު ހަވާލުކުރީ އެ ފަހަރު އަޔަކްސް ދޫކޮށް އެ ޓީމާ ގުޅުނު އެރިކް ޓެން ހާގްއާ އެވެ. 

ޔުނައިޓެޑުން މި ސީޒަނުގައި މިހާތަނަށް ކުޅުނު 15 މެޗުން މޮޅުވީ ތިން މެޗުންނެެވެ. ހަތް މެޗުން ބަލިވެފައިވާއިރު، ފަސް މެޗު ވަނީ އެއްވަރުވެފަ އެވެ. އިނގިރޭސި ލީގު ކަޕުން ޔުނައިޓެޑް ވަނީ ކަޓައިފަ އެވެ. 

އެންމެ ފަހުން، ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ޔުނައިޓެޑް ވަނީ 4-4 އިން އެސްޓަން ވިލާއާ އެއްވަރުވެފަ އެވެ. މިއާ އެކު، ލީގުގައި އެންމެ ފަހުން ކުޅުނު އަށް މެޗުން ވެސް މޮޅެއް ނުލިބި އޮތް ޔުނައިޓެޑް ވަނީ ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފަ އެވެ. ޔުނައިޓަށް ލީގުގައި 10 މެޗުން ލިބުނު އަށް ޕޮއިންޓާ އެކު އޮތީ 18 ވަނައިގަ އެވެ. 

ލީގުގައި ބޯންމައުތު އަތުން ޔުނައިޓެޑް 3-0 އިން ބަލިވި މެޗަށް ފަހު، ކްލަބްގެ ހާލަތު ބަދަލުކުރަން ކެރިކަށް ދިނީ ތިން މެޗެވެ. އެއީ، ރޭ އެސްޓަން ވިލާއާ ކުޅުނު މެޗާ ހަމައަށެވެ. އޭގެ ކުރިން، ޗެލްސީ އަތުން ބަލިވިއިރު، ޗެމްޕިއަންސް ލީގުަގައި ރޯމާ އަތުން މޮޅުވި އެވެ. ރޭގެ މެޗުން ވިލާ ކައިރިން ދެ ފަހަރެއްގެ މަތިން ދެ ގޯލުގެ ލީޑަކާ އެއްވަރުކޮށް ޔުނައިޓެޑުން ފަހު ވަގުތާ ހަމައަށް ހިތްވަރު ދެއްކި އެވެ. 

މި ސީޒަން ފެށުމުގެ ކުރިން ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ޔުނައިޓެޑާ އެކު ސޮއިކުރި ކެރިކް މި ވަގުތު އެ ކްލަބުން ދިއުމަކީ އެންމެ ރަނގަޅު ނިންމުން ނޫންތޯ އެހުމުން އޭނާ ބުނީ އެއީ އެކަން ވާނެ ގޮތެއް ނޫން ކަމަށާއި މަގާމުން އިސްތިއުފާ ނުދޭނެ ކަމަށް ބުނެފަ އެވެ. 

ފާގަސަން، 2013 ވަނަ އަހަރު ޔުނައިޓެޑުން ދިޔަ ފަހުން އެ ކްލަބަށް ގެނައި ކޯޗުން މަގާމުން ދުރުކުރުމަށްޓަކައި، ޔުނައިޓެޑަށް ބޮޑު ހޭދައެއް ވަނީ ކުރަން ޖެހިފަ އެވެ. އެ ގޮތުން، ކެރިކް، މަގާމުން ވަކިކ އޭނާގެ ކޮންޓްރެކްޓްގެ ބާކީ މުއްދަތަށް މާލީ ބަދަލެއްގެ ގޮތުގައި 13 މިލިއަން ޑޮލަރު ދޭން ޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި، ކެރިއަށް އެ ވަރު ދީފިނަމަ، ފާގަސަން އަށް ފަހު، ޔުނައިޓެޑާ ހަވާލުވި، ހަތް ކޯޗުން ވަކިކުރަން ޖުމްލަ އެކު ކުރި ހަރަދު 100 މިލިއަން ޑޮލަރަށް ވުރެން އިތުރުވާނެ އެވެ. އެންމެ ބޮޑު ހޭދައެއްކުރަން ޖެހުނީ ހޯސޭ މޮރީނިއޯ ވަކިކުރިއިރު އެވެ. މޮރީނިއޯ އަށް ބަދަލެއްގެ ގޮތުގައި 24 މިލިއަން ޑޮލަރު ދޭން ޖެހުނެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ބަންގްލަދޭޝްގެ ތަރިން އައިސް ލަންކާ ކަޓުވާލިއިރު، ބޫޓާން ސެމީއަށް

ސާފް ޗެމްޕިއަންޝިޕްގައި ސްރީ ލަންކާ 4-0 އިން ބަލިކޮށް ބަންގްލަދޭޝް ގްރޫޕްގެ އެއްވަނަ ހޯދިއިރު، 18 އަހަރަށްފަހު ބޫޓާން ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައި. ސެމީގައި ބަންގްލަދޭޝް ޕާކިސްތާނާ ބައްދަލުކުރާއިރު، ބޫޓާން ނުކުންނާނީ އިންޑިއާއާ ދެކޮޅަށް.

މުހިންމު ސުވާލަކަށް އުރްބާނީ: "ޖަވާބު ދޭނީ ރާއްޖެ ގޮސްފައި"

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އެއްވެސް ލަނޑެއް ނުޖެހި، ކުޅުނު ދެ މެޗުން ބަލިވެ ރާއްޖެ ކެޓުމާ އުރްބާނީ މަގާމުން ވަކިވުމާ ގުޅޭގޮތުން ކުރި ސުވާލަށް ސީދާ ޖަވާބެއް ނުދީ އުރްބާނީ ބުނީ އެކަމަށް ޖަވާބެއް ދޭނީ މާލެ ގޮސްފައި ކަމަށް.. މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި ރާއްޖެއިން އެންމެ ދަށް ނަތީޖާއެއް ހޯދި ފަހަރު.

އުރްބާނީގެ ދަށް ރެކޯޑާ އެކު ރާއްޖެ ސާފް ޗެމްޕިއަންޝިޕުން ކަޓައިފި

ކޯޗު އިސްތަވާން އުރްބާނީގެ އިރުޝާދުގެ ދަށުން ކުޅުނު ރާއްޖޭގެ ގައުމީ ޓީމު، އެއްވެސް ލަނޑެއް ނުޖެހި އަދި މޮޅެއް ނުލިބި ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުން ކަޓައިފި. މިއީ ރާއްޖެއިން މި މުބާރާތުގައި ވާދަކުރި 13 ފަހަރުގެ ތެރެއިން އެންމެ ދަށް ނަތީޖާ ނެރުނު ފަހަރު.

ބަލިވެ އުޅުމަށް ފަހު 18 ދުވަސް ފަހުން ކޮމްޕެނީ މަސައްކަތަށް

ބަލިހާލަތު ގޯސްވެގެން 18 ދުވަހު ފަރުވާ ހޯދުމަށްފަހު، ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީ އަލުން މަސައްކަތަށް ނުކުމެއްޖެއެވެ. މެނިންޖިއަލް އިރިޓޭޝަނަކަށް ފަރުވާ ހޯދުމަށްފަހު އޭނާ އެނބުރި އައި ނަމަވެސް، ފުރަތަމަ މަސައްކަތް ކުރާނީ އޮފީހުގައި ހުރެގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗެލްސީ ސްޓާފުން ފެންޓަސީ ޕްރިމިއާ ލީގު ކުޅޭތީ އިންޒާރެއް

ޗެލްސީގެ ފޯވާޑް ޖޮއާއޯ ޕެޑްރޯއަށް އަނިޔާވި ޚަބަރު، އެ ޓީމުގެ ކުޅުންތެރިންނާއި ސްޓާފުންގެ ފެންޓަސީ ޕްރިމިއާ ލީގު ޓީމުތަކުން ހާމަވުމާ ގުޅިގެން ކްލަބުން އެކަމުގެ އިންޒާރު ދީފި. މި މައުލޫމާތު ލީކުވީ މެޗުގެ ކުރިން ޕެޑްރޯ ފެންޓަސީ ޓީމުން ބާކީކުރުމުން ކަމަށްވާތީ، ކްލަބުގެ މުހިންމު މައުލޫމާތު ރައްކާތެރިކުރުމަށް ސްޓާފުންނަށް މިހާރު ވަނީ އަންގާފައި

ސްރީ ލަންކާ-ބަންގްލަދޭޝް: ސާފްގެ އާ ސަގާފަތެއް ފެންނާނެ މެޗެއް

މިރޭ ކުޅޭ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބަންގްލަދޭޝް އާއި ސްރީލަންކާ ބައްދަލުކުރާއިރު، ދެ ގައުމުން ވެސް އަމާޒު ހިފާފައިވަނީ ގިނަ އަހަރުތަކަކަށް ފަހު އަލުން ތަށި ހޯދުމަށް. މި ދެ ޓީމުން ވެސް ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ބޭރު ގައުމުތަކުގައި ދިރިއުޅޭ އެ ގައުމުތަކަށް ނިސްބަތްވާ ކުޅުންތެރިންނަށް ފުރުސަތު ދޭ އަދަދު ދަނީ އިތުރުވަމުން

ސާފްގައި އަބަދުވެސް ދަގަނޑޭ އާއި ޗެތުރީގެ ލެގަސީ ދެމިއޮންނާނެ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުތައް ކުރިން ހާއްސަވި އެއް ކަމަކީ ދަގަނޑޭ އާއި ޗެތުރީގެ ވާދަވެރިކަމާ ގުޅިފައިވާ، ތާރީޚީ ގޮތުން މުހިންމު މެޗަކަށް ވާތީ. މި ދެ ކުޅުންތެރިންނަކީ ސާފް ޗެމްޕިއަންޝިޕްގައި ކޮންމެ ކުޅުންތެރިއަކު 23 ގޯލު ޖަހައިގެން، މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ރެކޯޑް ހިއްސާކުރާ ދެ ލެޖެންޑުން.

Newsletter

Get the latest news delivered straight to your inbox