އިތުރު ގޮތެއް ނެތިގެން ސިނާ އޮޕަރޭޝަނެއް ކޮށްފި

Nov 25, 2026, 5:04 PM
އިޓަލީގެ ޓެނިސް ތަރި، ޖަނިކް ސިނާ

އިޓަލީގެ ޓެނިސް ތަރި، ޖަނިކް ސިނާ

މިލާން (ނޮވެމްބަރު 25) - ކަކުލަށް ލިބިފައިވާ އަނިޔާ އިން އަވަހަށް ރަނގަޅުވުމަށްޓަކައި، އިތުުރު ގޮތެއް ނެތުމުން، އިޓަލީގެ ޓެނިސް ތަރި، ޖަނިކް ސިނާ އޮޕަރޭޝަނެއް ކޮށްފި އެވެ. 

މިދިޔަ ޖުލައި މަހު، 12 ވަނަ ދުވަހު، ވިމަބްލަޑަން ޓެނިސް ޗެމްޕިއަންޝިޕްގެ ތަށި ދިފާއުކުރި ފަހުން ސިނާ އަށް ރަސްމީ މެޗެއްގައި ކުޅެވިފައިނުވެ އެވެ. އެއީ، ކަކުލަށް ލިބުނު އަނިޔާ އިން ރިކަވާވެގެން އެނބުރި ކުޅުމަށް އަންނަން ކުރި މަސައްކަތުގައި ކުރިއެރުމެއް ލިބިފައިނުވާތީ އެވެ. 

އުމުރުން 25 އަހަރުގެ ސިނާ ބަލަމުން އައީ އޮޕަރޭޝަނެއް ނުކޮށް، ފިޓްވެގެން ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭތޯ އެވެ. އެކަމަކު، އެކަށީގެންވާ ކުރިއެރުމެއް ނުލިބުމުން، އޭނާގެ މެޑިކަލް ޓީމުގެ ލަފާ ހޯދުމަށް ފަހު، ސިނާ ނިންމީ އޮޕަރޭޝަނެއް ކުރުމަށެވެ. 

"މިދިޔަ މަސްތަކުގައި އަހަރެމެން ގަވާއިދުން ރިހެބިލިޓޭޝަން ހެދުމަށް ފަހު، މަޝްވަރާ ކުރަމުން އައީ އޮޕަރޭޝަނަކަށް ނުގޮސް ފިޓްވެގެން އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭތޯ. އެކަމަކު، ދުވަސްތައް ދިގުލައިގެންދިޔައިރު ވެސް ހާލަަތަކަށް ބަދަލެއް ނާދޭ،" ދުނިޔޭގެ ރޭންކިން ދެ ވަނައިގައި އޮތް ސިނާ ބުންޏެވެ. 

މި މަސް ފެށުމުގެ ކުރިން، ސިނާ، ދިން އިންޓަވިއުއެއްގައި ބުނީ، އަމާޒަކީ ޖެނުއަރީ މަހު އޮންނަ އަހަރުގެ ފުރަތަމަ ގްރޭމްޑް ސްލޭމް މުބާރާތް، އޮސްޓްރޭލިއަން އޯޕަން އަށް ރަނގަޅު ފޯމަކަށް އައުމަށް ކަމަށެވެ. އަދި، އެ މަސައްކަތުގައި، އޭގެ ކުރިން މުބާރާތްތަކެއްގައި ކުޅެލައި، ފިޓްނަސް ރަނގަޅު ލެވަލަކަށް ގެންދިއުމުގެ އަމާޒުގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ސިނާ ވަނީ ބުނެފަ އެވެ. 

އެކަމަކު، އޮޕަރޭޝަނެއް ކުރަން ޖެހުމުން، އެ ވިސްނުމުގައި ކުރިއަށްދާން ބަލާއިރު ކުޑަ ލަސްތަކެއް އަންނާނެ އެވެ. ސިނާ ބުނީ، ކޯޓަށް އެނބުރި އަންނަން ކެތްމަދުވެފައި ހުރި ކަމަށާއި ކުޅުންތެރިއަކަށް އެންމެ އުނދަގޫ ދުވަސްވަރަކީ ނުކުޅެ ހުންނަން ޖެހޭ މުއްދަތު ދިގުލައިދިއުން ކަމަށެވެ. 

ޖެނުއަރީ 17 ވަނަ ދުވަހު ފަށާ އޮސްޓްރޭލިއަން އޯޕަން އަށް ސިނާ ފިޓްވާނެ ކަމަށް ބެލެވެ އެވެ. 

ފަސް ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ސިނާ ވަނީ މި ފަހަރުގެ ޓެނިސް ސީޒަނުގައި، މާސްޓާސް 1000 ގެ ޖެހިޖެހިގެން ފަސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެއީ، މާޗް މަހުން ފެށިގެން، މެއި މަހުގެ ނިޔަލަށް ކުރިއަށްދިޔަ މުބާރާތްތަކުގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލްސް އަތުން މޮޅެއް ހޯދައި ބުރު ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އަތުން 1-0 އިން މޮޅުވެ، ބުރު ސްޕޯޓްސް ކްލަބް ވަނީ ތާވަލުގެ ހަތްވަނައަށް ކުރިއަށް ޖެހިލައިފި. މި މެޗުގައި ބުރުން ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެ ޓީމުގެ އާޖެންޓީނާ ފޯވާޑް އެޑުއާޑޯ

ކޯޓުން ކަނޑައެޅީ އެފްރިކާގެ ޗެމްޕިއަނުންނަކީ ސެނެގާލް ކަމަށް

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ސެނެގާލް އަތުން ތަށި އަތުލައި މޮރޮކޯއަށް ދޭން ކާފް އިން ނިންމި ނިންމުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން ބާތިލްކޮށްފި. ކާސް އިން ނިންމީ ކާފްގެ ނިންމުމަކީ މެޗުގައި ހިނގި ކަންކަމަށް ފުރިހަމައަށް ބެލުމެއް ނެތި ނިންމާފައިވާ ނިންމުމެއް ކަމަށާއި، މުބާރާތުގެ ޗެމް

މަކަރު ހެދިކަމުގެ ތުހުމަތު އޮތަސް ޑި ބްރޭނާގެ އިތުބާރު ސިޓީ އަށް

މާލީ ގަވާއިދުތަކާ ހިލާފުވި ކަމުގެ ތުހުމަތު މެންޗެސްޓާ ސިޓީގެ މައްޗަށް އޮތް ނަމަވެސް، އެ ކްލަބުގެ ވެރިންނަށް ފުރިހަމައަށް އިތުބާރުކުރާ ކަމަށް ކުރީގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ބުނެފިއެވެ. މިހާރު ނަޕޯލީއަށް ކުޅެމުން އަންނަ ޑި ބްރޭނާ މިހެން ބުނީ ޗެމްޕިއަންސް ލީގުގައި ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން، އެ ކްލަބުގައި ހޭދަކުރި 10 އަހަރުގެ ހަނދާންތައް އާކުރަމުންނެވެ.

ޕީއެސްޖީގެ ޑޫއޭ އަށް ސީޒަން ނިމިއްޖެ

ޕީއެސްޖީގެ ހުނަރުވެރި ކުޅުންތެރިޔާ ޑެޒީރޭ ޑޫއޭގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެއެވެ. ނީސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޑޫއޭގެ އޭސީއެލްއަށް ލިބުނު މި އަނިޔާއިން ރަނގަޅުވުމަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެއެވެ. މިއީ މި ސީޒަނުގައި ކަކުލުގެ އަނިޔާގެ ސަބަބުން ޕީއެސްޖީގެ ކުޅުންތެރިއަކަށް ސީޒަން ނިމުނު ދެވަނަ ފަހަރެވެ.

ފީފާގެ ޕްލޭންގައި އޮތީ 96 އަހަރަށް ވޯލްޑް ކަޕް ދޭ ގޮތަށް

ފީފާގެ މުބާރާތްތަކުގެ 21 އިންސައްތަ ހިއްސާ ޕްރައިވެޓް އިންވެސްޓަރަކަށް ވިއްކާލުމަށް ރޭވި 20 ބިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުން، 96 އަހަރަށް ވޯލްޑް ކަޕްގެ މާލީ ކޮންޓްރޯލް ގެއްލޭގޮތަށް އޮތްކަން ލިޔެކިޔުންތަކުން ހާމަވެއްޖެއެވެ. އެމެރިކާގެ ތުރައިވް ކެޕިޓަލްއާ އެކު ކުރިއަށްގެންދަން އުޅުނު މި އެއްބަސްވުން ބޮޑު ޕްރެޝަރަކާ ހެދި މިހާރު ވަނީ ހުއްޓާލާފައެވެ. މި ޑީލްގެ ދަށުން ކޮންމެ 12 އަހަރަކުން ލައިސަންސް އާކުރެވޭ ގޮތަށް މުބާރާތްތަކުގެ ކޮމާޝަލް ރައިޓްސް ބޭރު ބައެއްގެ އަތްމައްޗަށް ދޫކޮށްލުމަށް ވަނީ ރާވާފައެވެ.

ބަންގްލަދޭޝްގައި ޕްރައިމް މިނިސްޓާ ގޯލްޑް ކަޕް ބާއްވަނީ

ބަންގްލަދޭޝްގެ ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި، އަންނަ އަހަރުގެ މާޗް ނުވަތަ އޭޕްރީލް މަހު "ޕްރައިމް މިނިސްޓާ ގޯލްޑް ކަޕް" ގެ ނަމުގައި ބައިނަލްއަގުވާމީ މުބާރާތެއް ބޭއްވުމަށް އެ ގައުމުން އަންނަނީ ރާވަމުން. އޭޝިއާ އާއި ޔޫރަޕްގެ ގައުމުތައް ހިމެނޭހެން ޖުމްލަ އަށް ޓީމު ވާދަކުރާ މި މުބާރާތުގައި، ދެކުނު އޭޝިއާގެ ވީހާވެސް ގިނަ ގައުމުތަކަކަށް ފުރުސަތު ދިނުން

ރާޔާގެ އަނިޔާ އޮޕަަރޭޝަނެއް ކުރަން ޖެހޭހާ ސީރިއަސް އެއް ނޫން

ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާގެ ކޮނޑަށް ލިބުނު އަނިޔާއަކީ އޮޕަރޭޝަނެއް ކުރަންޖެހޭ ފަދަ ސީރިއަސް އަނިޔާއެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި. ރާޔާގެ އަނިޔާ ރަނގަޅުވަމުން އަންނައިރު، އޭނާ ނެތް ވަގުތު ގޯލު ބަލަހައްޓާނީ ތަޖުރިބާކާރު ކީޕަރު ކެޕާ އަރިއްޒަބަލާގާ.

Newsletter

Get the latest news delivered straight to your inbox