ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

Oct 15, 2026, 3:16 PM
އިޓަލީގެ ޓެނިސް ތަރި، ޖަނިކް ސިނާ.

އިޓަލީގެ ޓެނިސް ތަރި، ޖަނިކް ސިނާ.

ރިޔާދު، ސައުދީ އަރަބިއްޔާ (އޮކްޓޫބަރު 15) - ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާ އަށް ދެމުން އަންނަ ހަމަލާތަކާ ގުޅޭ ހަނގުރާމައާ ހެދި، މި މަހު ސައުދީ އަރަބިއްޔާގައި ކުރިއަށްގެންދަން ނިންމާފައި އޮތް ޓެނިސް މުބާރާތް، ސިކްސް ކިންގްސް ސްލޭމް ފަސްކޮށްފި އެވެ. 

މި މަހު 21 އިން ފެށިގެން ތިން ދުވަހަށް ކުރިއަށްގެންދަން ނިންމާފައި އޮތް، ސިކްސް ކިންގްސް ސްލޭމް މުބާރާތުގައި ގްރޭންޑް ސްލޭމް ޓެނިސް މުބާރާތްތައް ކާމިޔާބުކޮށްފައިވާ، ހަ ކުޅުންތެރިން ވާދަކުރަން އޮތެވެ. އެ ކުޅުންތެރިންގެ ތެރޭގައި، ސްޕެއިނުގެ ކާލޯސް އަލްކަރާޒް، އިޓަލީގެ ޖަނިކް ސިނާ، ޖަރުމަނު އަލެކްސަންޑަ ޒްވެރެވް، އޮސްޓްރޭލިއާގެ އަލެކްސް ޑި މިނޯ، އެމެރިކާގެ ޓޭލާ ފްރިޓްޒް އަދި ލާނާ ޓިއެން އެވެ. 

ސިކްސް ކިންގްސް ސްލޭމް ކުރިއަށްގެންދަނީ، ރިޔާދުގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓާ 31 ކިލޯމީޓަރު ދުރުގައި ހުންނަ އޭއެންބީ އެރީނާގަ އެެވެ. މިއީ މި މުބާރާތް ބާއްވަން ނިންމި ތިން ވަނަ އަހަރެެވެ. އިޓަލީގެ ސިނާ  މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރިއިރު، މި އަހަރުގެ މުބާރާތް ފަސްކޮށްފައިވަނީ، ޑިސެމްބަރު މަހު ފަހުކޮޅަށެވެ.  މި ވަގުތަށް ކަނޑައަޅާފައިވާ ތާރީހަކީ، 27-30 ޑިސެމްބަރުގަ އެވެ. 

ޔަމަނުގެ ހޫތީ މޫވްމަންޓާ ދެކޮޅަށް ސައުދީން ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން، ސައުދީގައި ކުރިއަށްދާ ގިނަ އިވެންޓްތަކެއްގެ ޝެޑިއުލަށް އަންނަނީ ބުރު އަރަމުންނެވެ. ސިކްސް ކިންގްސް ސްލޭމް ފަސްކޮށްފައިވާއިރު، ސައުދީގެ މައި ފުޓްބޯޅަ ލީގު، ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ ތިން މެޗެއް ވެސް މިދިޔަ އަންގާރަ ދުވަހު ފަސް ކުރަން ޖެހުނެވެ. 

މީގެ އިތުރުން، ސައުދީގައި ބާއްވަން ނިންމާފައި އޮތް ފޯމިއުލާ 1 ގްރޯން ޕްރީގެ އިވެންޓެއް ވެސް ވަނީ ފަސްކުރަން މަޝްވަރާތަކެއް ކޮށްފަ އެވެ. އަދި، ސައުދީގައި ބާއްވަން ތާވަލުކޮށްފައިވާ ގޮލްފް އިންޓަނޭޝަނަލް އިވެންޓެއްގެ ޝެޑިއުލަށް ވެސް ބަދަލު އަންނާނެ ކަމަށް ބެލެވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބަންގްލަދޭޝްގެ ތަރިން އައިސް ލަންކާ ކަޓުވާލިއިރު، ބޫޓާން ސެމީއަށް

ސާފް ޗެމްޕިއަންޝިޕްގައި ސްރީ ލަންކާ 4-0 އިން ބަލިކޮށް ބަންގްލަދޭޝް ގްރޫޕްގެ އެއްވަނަ ހޯދިއިރު، 18 އަހަރަށްފަހު ބޫޓާން ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައި. ސެމީގައި ބަންގްލަދޭޝް ޕާކިސްތާނާ ބައްދަލުކުރާއިރު، ބޫޓާން ނުކުންނާނީ އިންޑިއާއާ ދެކޮޅަށް.

މުހިންމު ސުވާލަކަށް އުރްބާނީ: "ޖަވާބު ދޭނީ ރާއްޖެ ގޮސްފައި"

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އެއްވެސް ލަނޑެއް ނުޖެހި، ކުޅުނު ދެ މެޗުން ބަލިވެ ރާއްޖެ ކެޓުމާ އުރްބާނީ މަގާމުން ވަކިވުމާ ގުޅޭގޮތުން ކުރި ސުވާލަށް ސީދާ ޖަވާބެއް ނުދީ އުރްބާނީ ބުނީ އެކަމަށް ޖަވާބެއް ދޭނީ މާލެ ގޮސްފައި ކަމަށް.. މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި ރާއްޖެއިން އެންމެ ދަށް ނަތީޖާއެއް ހޯދި ފަހަރު.

އުރްބާނީގެ ދަށް ރެކޯޑާ އެކު ރާއްޖެ ސާފް ޗެމްޕިއަންޝިޕުން ކަޓައިފި

ކޯޗު އިސްތަވާން އުރްބާނީގެ އިރުޝާދުގެ ދަށުން ކުޅުނު ރާއްޖޭގެ ގައުމީ ޓީމު، އެއްވެސް ލަނޑެއް ނުޖެހި އަދި މޮޅެއް ނުލިބި ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުން ކަޓައިފި. މިއީ ރާއްޖެއިން މި މުބާރާތުގައި ވާދަކުރި 13 ފަހަރުގެ ތެރެއިން އެންމެ ދަށް ނަތީޖާ ނެރުނު ފަހަރު.

ބަލިވެ އުޅުމަށް ފަހު 18 ދުވަސް ފަހުން ކޮމްޕެނީ މަސައްކަތަށް

ބަލިހާލަތު ގޯސްވެގެން 18 ދުވަހު ފަރުވާ ހޯދުމަށްފަހު، ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީ އަލުން މަސައްކަތަށް ނުކުމެއްޖެއެވެ. މެނިންޖިއަލް އިރިޓޭޝަނަކަށް ފަރުވާ ހޯދުމަށްފަހު އޭނާ އެނބުރި އައި ނަމަވެސް، ފުރަތަމަ މަސައްކަތް ކުރާނީ އޮފީހުގައި ހުރެގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗެލްސީ ސްޓާފުން ފެންޓަސީ ޕްރިމިއާ ލީގު ކުޅޭތީ އިންޒާރެއް

ޗެލްސީގެ ފޯވާޑް ޖޮއާއޯ ޕެޑްރޯއަށް އަނިޔާވި ޚަބަރު، އެ ޓީމުގެ ކުޅުންތެރިންނާއި ސްޓާފުންގެ ފެންޓަސީ ޕްރިމިއާ ލީގު ޓީމުތަކުން ހާމަވުމާ ގުޅިގެން ކްލަބުން އެކަމުގެ އިންޒާރު ދީފި. މި މައުލޫމާތު ލީކުވީ މެޗުގެ ކުރިން ޕެޑްރޯ ފެންޓަސީ ޓީމުން ބާކީކުރުމުން ކަމަށްވާތީ، ކްލަބުގެ މުހިންމު މައުލޫމާތު ރައްކާތެރިކުރުމަށް ސްޓާފުންނަށް މިހާރު ވަނީ އަންގާފައި

ސްރީ ލަންކާ-ބަންގްލަދޭޝް: ސާފްގެ އާ ސަގާފަތެއް ފެންނާނެ މެޗެއް

މިރޭ ކުޅޭ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބަންގްލަދޭޝް އާއި ސްރީލަންކާ ބައްދަލުކުރާއިރު، ދެ ގައުމުން ވެސް އަމާޒު ހިފާފައިވަނީ ގިނަ އަހަރުތަކަކަށް ފަހު އަލުން ތަށި ހޯދުމަށް. މި ދެ ޓީމުން ވެސް ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ބޭރު ގައުމުތަކުގައި ދިރިއުޅޭ އެ ގައުމުތަކަށް ނިސްބަތްވާ ކުޅުންތެރިންނަށް ފުރުސަތު ދޭ އަދަދު ދަނީ އިތުރުވަމުން

ސާފްގައި އަބަދުވެސް ދަގަނޑޭ އާއި ޗެތުރީގެ ލެގަސީ ދެމިއޮންނާނެ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުތައް ކުރިން ހާއްސަވި އެއް ކަމަކީ ދަގަނޑޭ އާއި ޗެތުރީގެ ވާދަވެރިކަމާ ގުޅިފައިވާ، ތާރީޚީ ގޮތުން މުހިންމު މެޗަކަށް ވާތީ. މި ދެ ކުޅުންތެރިންނަކީ ސާފް ޗެމްޕިއަންޝިޕްގައި ކޮންމެ ކުޅުންތެރިއަކު 23 ގޯލު ޖަހައިގެން، މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ރެކޯޑް ހިއްސާކުރާ ދެ ލެޖެންޑުން.

Newsletter

Get the latest news delivered straight to your inbox